ރާއްޖޭގެ މަންޓާ ބޭރަށް | ދަތުރު ފުޅާކޮށް އިންޑިއާގެ ބެންގަލޫރަށް

މަންޓާ އެއާއިން ބުނީ ދާލު އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެތަނުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ފުޅާ ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އެ މަސައްކަތް ނިމޭނީ 2025 ގަ އެވެ.

މަންޓާގެ ފްލައިޓެއް އެއާޕޯޓުގައި: އިންޓަނޭޝަނަލް އޮޕަރޭޝަންތަށް އަންނަ އަހަރު ފަށާނެ

ރާއްޖޭގެ އަމިއްލަ އެއާލައިން، މަންޓާ އެއާއިން އިންޑިއާގެ ބެންގަލޫރަށް އަންނަ އަހަރުގެ ކުރީކޮޅު ދަތުރުރައް ފަށާނެ ކަމަށް ބުނެފި އެވެ. 

އިންޑިއާގެ ނޫހަކަށް މަންޓާ އެއާގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު މައުމޫން (މާނު) ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނިން ބެންގަލޫރު އޮޕަރޭޝަން ފަށަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. 

އަދި މަންޓާގެ ފްލައިޓުތަށް އަޅަން ފަށާނީ އެ މަހުގެ 26 ވަނަ ދުވަހު އެވެ. މި ދަތުރުތަށް އޮންނާނީ މަންޓާ އެއާގެ މައި ހަބް ކަމަށްވާ ދާލު އެއާޕޯޓުންނެވެ. 

މައުމޫން ވިދާޅުވެފައިވާ ގޮތުގައި ބެންގަލޫރަށް ދަތުރު ފެށުމުގެ އެއް ބޭނުމަކީ ކޮވިޑުގެ ބަލާއާފަތަށް ފަހު ދަތުރުފަތުރަށް އައި ބަދަލުތަކާއެކު އިންޑިއާފަދަ ކައިރި މަންޒިލްތަކުން ރަނގަޅު ނަތީޖާއެއް ފެންނަން އޮތުމެވެ. އެގޮތުން އެ މުއްދަތުގައި އެ ގައުމުން 240،000 ޓޫރިސްޓުން އައިކަން މާނު ފާހަގަ ކުރައްވަ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރު ތެރޭގައި މަންޓާއިން އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިން އަށް ދަތުރު ފެށުމުގެ ޕްލޭން ތަކެއް ވެސް އެބައޮތެވެ. އަދި އެކަށީގެންވާ ބޮޑު މަންތިންދާ ބޯޓެއް ގެނެސް ނިއުދިއްލީ އާއި މުންބާއީ އަށް ދަތުރުތަށް ފުޅާ ކުރުމުގެ ޕްލޭނެއް އޮތްކަން ވެސް މާނު ފާހަގަ ކުރެއްވި އެވެ، 

"ދާލު އެއާޕޯޓް އެކްސެޕެންޑް ކުރަން ކުރަމުންދާ މަސައްކަތް 2025 ގައި ނިމުމުން އެއާބަސް އޭ321 ގައި ހިދުމަތް ދެވޭނެ،" މާނު ވިދާޅުވި އެވެ. 

މަންޓާ އެއާއިން އެ ކުންފުނީގެ އިންޓަނޭޝަނަލް ދަތުރުތަށް ފަށަން އުޅޭކަން މީގެ ކުރިން ވަނީ އިއުލާނެއް ކޮށްފަ އެވެ. 

މަންޓާ އެއާގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު މައުމޫން

މަންޓާ އެއާގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މުބީން ޖަލީލު "މި" ނޫހަށް މިއަދު ވިދާޅުވީ އެ ދަތުރުތަށް ފަށަން ރާވާފައިވަނީ ދާލު އެއާޕޯޓުން ކަމަށާ އެކަމަށްޓަކައި ރޭގައި މާކެޓިން އިވެންޓެއް ވެސް ބެންގަލޫރުގައި ބާއްވާފައިވާ ކަމަށެވެ. 

"މަސައްކަތް ކުރަމުން މި ގެންދަނީ އަންނަ އަހަރުގެ ޖެނުއަރީ ފަހުކޮޅު ދަތުރުތަށް ފެށޭ ތޯ؟ އެކަމަށް ޕާޓްނަރުނާއެކު މި ދަނީ ތައްޔާރު ވަމުން،" މުބީން ވިދާޅުވި އެވެ. 

މަންޓާ އެއާ - މަންޓާ އެއާގައި 21 މަތިންދާ ބޯޓެއް އޮވެ އެވެ. މީގެތެރޭގައި ހިމެނެނީ 17 ސީޕްލޭން އާއި ތިން އޭޓީއާރު މަތިންދާ ބޯޓެވެ. އަދި އެ ކުންފުނިން ދަނީ އަންނަ އަހަރު ފަސް ބޯޓެއް ހޯދަން މަސައްކަތް ކުރަމުންނެވެ. މަންޓާއިން މިވަގުތު އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަނީ ދ. ކުޑަހުވަދު އާއި ބ. ދަރަވަންދު އާއި އައްޑޫގެ އިތުރުން ހއ. ހޯރަފުއްޓަށެވެ.

ކޮމެންޓް

1
450
ވަހީދު
9 months ago

ރާއްޖޭގެ ގައުމީ އެއާރ ލައިންއަކަށް ކަމެއް ނުވެޔޭނު. މަންޓާއަށް އިންޓަރނޭޝަނަލް ދަތުރު ތައް ފެށުމަކީ ދިވެހިރާއްޖެ އަށްލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.