ބޮޑު ގުނުމެއް ދިގު މާޒީއެއް ؛ ކޮންމެ މީހެއް މުހިންމު

ރާއްޖޭގެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ރާވައި ހިންގަން ބޭނުންވާ އެންމެ އަސާސީ މައުލޫމާތަކީ އެ ތަނެއްގެ އާބާދީގެ މައުލޫމާތެވެ. ރަށްރަށުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އާބާދީ ގުނުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. ހިދުމަތްތައް ރާވައި ކަނޑައަޅަނީ އެ ތަނެއްގެ އާބާދީ އަށް ބިނާ ކޮށެވެ. ބޯހިމެނުމަކީ ބޮޑު ގުނުމަކަށް ވަނީ އެހެންވެ އެވެ.

ބޯހިމުމަކީ ތަރައްގީގެ އެންމުހިންމު އެއް ފިޔަވަޅު: ބޯހިމެނުމަކީ މާ މުހިންމު ކަމެއް ކަމަށް ނުދެކޭ މީހުން އަދިވެސް ރާއްޖޭގައި އުޅޭ

މާލޭ ދަރުބާރުގޭގައި މައި މަރުކަޒެއް ހަދައި ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ އެންމެ ބޮޑު ގުނުމުގެ ގޮތުގައި ބޯހިމެނުމަށް 4300 އަށްވުރެ ގިނަ އެނިއުމަރޭޓަރުން އިއްުޔެ ވަނީ މުޅި ރާއްޖެއަށް ފެތުރިގެންފަ އެވެ. މި ބޮޑު ގުނުމުގައި ވެރިރަށް މާލޭގައި އެކަނި ވެސް 1،800 އެނިއުމަރޭޓަރުން ހުރިހާ އޮޅިއެއް ގިރާ ކުރާން ދާނެ އެވެ، ދަރުބާރުގެއާއެކު ގްރޭޓާ މާލެ ސަރަހައްދުން ހުޅުމާލެ އަދި ވިލިމާލޭގައި ވެސް މަރުކަޒުވެފައި ވެއެވެ. ދެ ހާސް ސާދަ ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ބާއްވާ ފުރަތަމަ ބޯހިމެނުމުގައި ރާއްޖޭގައި ދިރިއުޅޭ ގިނަ ގައުމުތަކުގެ ބަސް އެނގޭ މީހުން ބައިވެރިވެ އެވެ ސެޕްޓްމެބަރު 25، 2022 އާ ހަމައަށް އޮންނަ މި ބޮޑު ގުނުމުގެ ޝިއާރަކީ "އަހަރެން ވެސް ބައިވެރިވާނަން" އެވެ.

ސްޓެޓިސްޓިކްސްގެ އަޖުމަ ބަލައިލުމުގެ ސެންސަސް ޕްރޮގްރާމްގައި މީހެއްގެ އަތުން މައުލޫމާތު ހޯދަނީ -- ސްޓެޓިސްޓިކްސް ބިއުރޯ

ބޯހިމަނަނީ ކީއްކުރަން ހެއްޔެވެ؟

ބޯހިމެނުމުގެ ފައިދާއަކީ ގައުމީ ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ލިބުމެވެ. ސިޔާސަތުތައް ކަނޑައެޅިފައި ހުރީ އަދި ހިދުމަތްތައް ދެވެނީ އެންމެ އެކަށީގެންވާ ގޮތަށް ކަން ނުވަތަ ނޫންކަން ދެނެގަނެވެ އެވެ. އާބާދީގެ އަދަދާއި ވިހާ މަރުވާ އަދަދާއި ސަރުކާރު މުވައްޒަފުންނަށް ލިބޭ އާމްދަނީ އާއި ރަށްރަށުގައި ހުރި ގެދޮރުގެ އަދަދު ވެސް ސަރުކާރަށް އެނގެން ޖެހެ އެވެ. ބޯހިމެނުމުގެ ހަގީގީ ނަތީޖާ ހާސިލު ކުރެވޭނީ އާބާދީގެ މައުލޫމާތުތައް ފުރިހަމައަށް ހޯދައިގެނެވެ. އަދި ތެދު މައުލޫމާތު ދީގެނެވެ. ބޯހިމެނުމުގައި ދޮގު މައުލޫމާތު ދޭ ނަމަ، ފެނިގެން ދާނީ އެ ތަނެއްގެ ހަގީގީ ތަސައްވުރެއް ނޫނެވެ.

ބޯހިމެނުމުގައި ބައިވެރިވާ އެނިއުމެރޭޓަރުންތަކެއް: މިފަހަރު 4000 އަށް ވުރެ ގިނަ އެނިއުމަރޭޓަރުން ބައިވެރިވާނެ
  •  މުޅި ރާއްޖެއަށް 4300 އެނިއުމަރޭޓަރުން
  •  އަތޮޅުތަކުގައި 2000 އަށްވުރެ ގިނަ އެނިއުމަރޭޓަރުން
  •  ބިދޭސީ 40 އެނިއުމަރޭޓަރުން
  •  ދަރުބާރުގެއިން ފީލްޑަށް 1،500 އެނިއުމަރޭޓަރުން
  •  ހުޅުމާލެ އިން 200 އެނިއުމަރޭޓަރުން
  •  ވިލިމާލޭން 80 އެނިއުމަރޭޓަރުން
  •  އެނިއުމަރޭޓަރުންގެ ފާހުގައި ކިޔުއާރު ކޯޑް ހުންނާނެ

އެއްކުރާނެ ބައެއް މައުލޫމާތު

  •  ދިރިއުޅޭ ތަނުގެ މައުލޫމާތު | ދިރިއުޅޭ ތަނުގެ ބޮޑުމިން
  •  މީހުންގެ އުފަން ތާރީހު | މީހުންގެ ތައުލީމީ ފެންވަރު
  •  އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް | ފުރަތަމަ ކައިވެނި ކުރި އުމުރު
  •  އަންހެނުން، ދަރިންގެ އަދަދާއި ފުރަތަމަ ދަރިފުޅު ލިބުނު އުމުރު

ދޭހާސް ސާދަ ވަނަ އަހަރުގެ ބޯހިމެނުން / ބޮޑު ގުނުމުގެ ނަތީޖާ ބުނާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402،071 އެވެ. އެކަމަކު ސްޓެޓިކްސް ބިއުރޯގެ އަންދާޒާއަށް ބަލައި އެކުލަވާލި ނަމްބަރު ފޮތް ދައްކާ ގޮތުން މި 2022 ނިމޭއިރު ރާއްޖޭގައި 579،330 މީހުން ދިރި އުޅޭނެ އެވެ. އެ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ

ރާއްޖޭގެ އާބާދީގައި ހިމެނޭ ބިދޭސީންގެ މައުލޫމާތު ވެސް ބޯހިމެނުމުގައި އެއް ކުރާނެ

އިހުއްސުރެ ރާއްޖޭގައި އޮތް ބޯހިމެނުން

ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ގުނައި ބޯހިމަނަ އެވެ؛ ހޯދާއިރު 1573 ވަނަ އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ އާބާދީގެ ރަޖިސްޓަރީތައް ބަލަހައްޓައި ހެދި އެވެ. އަދި 17 ވަނަ ގަރުނުގެ ތެރޭ ރޯދަ މަސް ފެށުމުގެ ތިން ދުވަސް ކުރިން ފިތުރު ޒަކާތް ހައްގުވާ މީހުން ދެނެގަތުމަށް ހުރިހާ ރަށެއްގައި ދިރިއުޅޭ ކުދިބޮޑު އެންމެންގެ ލިސްޓެއް ނަގަ އެވެ. އަދި 1779 އާއި 1889 އާ ދެމެދުގެ ދިވެހިންގެ އާބާދީގެ 15 އަހަރާއި 60 އަހަރުގެ މީހުންގެ އަދަދު ހިސާބު ކުރެ އެވެ. އެކަމަކު ރަސްމީ ވެގެން ފުރަތަމަ ރާއްޖޭގައި ބޯހިމެނުމެއް ހިންގީ މީގެ 111 އަހަރު ކުރީން 1911 ވަނަ އަހަރު އެވެ. މި ރިކޯޑްތައް ފެންނާން އެބަހުއްޓެވެ. މާނައަކީ ރާއްޖޭގެ ބޯހިމެނުމާއި އަދި ބޯހިމެނުމާ ގުޅޭ ކަންކަން ހިންގުމުގައި ދިގު ތާރީހެއް ރާއްޖޭގައި ރެކޯޑް ކުރެވުފައި ވެއެވެ.

އިއްޔެ އިން ފެށިގެން ރާއްޖޭގައި އަނެއްކާވެސް އެފަދަ ބޮޑު ގުނުމެއް ހިންގާއިރު ޝިއާރުގެ ގޮތުގައި އޮތް "އަހަރެންވެސް ބައިވެރިވާނަން" ހިންގާލުމަށް ބޯ ހިމެނުމުގެ މާޒީގެ ރޮނގު މައްޗަށް ދިއުން ރަނގަޅެވެ.

މި އަހަރު ބޯހިމެނުގެ ބައެއް މައުލޫމާތު ހިމަނައިގެން ހަދާފައިވާ އިންފޮގްރެފިކްސްއެއް

އިއްޔެ އިން ފެށިގެން ރާއްޖޭގައި އަނެއްކާވެސް އެފަދަ ބޮޑު ގުނުމެއް ހިންގާއިރު ޝިއާރުގެ ގޮތުގައި އޮތް "އަހަރެންވެސް ބައިވެރިވާނަން" ހިންގާލުމަށް ބޯ ހިމެނުމުގެ މާޒީގެ ރޮނގު މައްޗަށް ދިއުން ރަނގަޅެވެ.

ރާއްޖޭގައި ފުރަތަމަ ބޯހިމެނުން 111 އަހަރު ކުރީން

  •  އަސާސީ މައުލޫމާތާއެކު ފުރަތަމަ ރާއްޖޭގައި ބޯހިމެނީ 1911 ގައި
  •  އޭގެ ފަހުން ކޮންމެ 10 އަހަރަކުން އެއް ފަހަރު ރާއްޖޭގައި ބޯހިމެނި
  •  ރާއްޖޭގައި ބޯހިމެނީ ލަންކާގައި ބޯހިމަނަން ބޭނުންކުރި ސުވާލުތައް ތަރުޖަމާކޮށްގެން
  •  ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބޯހިމެނުން މެދުކެނޑުނު
  •  އަލުން ބޯހިމަނަން ފެށީ 1946 ގައި
  •  1953 އާއި 1957 ގައި ބޯހިމެނި
  •  1972 އާ ހަމައަށް އަހަރަކު އެއް ފަހަރު ބޯހިމެނި
  •  އޭގެ ފަހުން 1974 އަދި 1977 ގައި ބޯހިމެނި

ގޮތް ބަދަލުވީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން

ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، 1969 އިން 1974 އަށް ރާއްޖޭގައި ހިންގި ބޯހިމެނުންތަކުގައި ގޭބިސީތަކުގައި ދިރިއުޅޭ ވަކިވަކި މީހުންގެ މައުލޫމާތު ހޯދި އެވެ. އޭގެ ތެރޭގައި މީހުންގެ ޖިންސާއި އުމުރާއި ލިޔަންކިޔަން ދަންނަ ނުދަންނަ މިންވަރާއި ތައުމީލީ ފެންވަރާއި ކާވެނީގެ ހާލަތާއި އަދާކުރާ ވަޒީފާ، އާމްދަނީ ހޯދާ ގޮތާއި އުފަންވާ ކުދިންގެ އަދަދު ފަދަ މައުލޫމާތު ހިމެނެ އެވެ.

ކޮންމެ ފަސް އަހަރަކުން ބޯހިމަނަން ނިންމީ 1977 އިގެ ފަހުން

ދެހާސް ހަވަނަ އަހަރާ ހަމައަށް ބޭއްވި ހުރިހާ ބޯހިމެނުމެއްގައި ވެސް ހޯދާފައިވަނީ ދިވެހިންގެ މައުލޫމާތު އެކަންޏެވެ. އޭރު ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތެއް ނުހިމަނަ އެވެ. އިއްޔެ ރާއްޖޭގައި ބޯހިމެނުމެއް ހިންގާން އެ ފެށި ގޮތަށް މިޒަމާނަށް ފައްތާއިގެން ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާން ފެށީ ޔޫއެންއެފްޕީގެ އެހީއާއެކު، 1977 ވަނަ އަހަރު އެވެ. ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބޯހިމަނަން ނިންމީ 1977 ގައި ބޭއްވި ބޯހިމެނުމުގައި ލިބުނު މައުލޫމާތަކީ ގައުމުގެ ކުރިމަގު ރޭވުމަށް މުހިންމު މަސައްކަތެއްކަން ސަރުކާރަށް އެނގުމުންނެވެ

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން 1978 ވަނަ އަހަރު ފަށައި ފުރަތަމަ ފަހަރަށް ބޯހިމެނީ 1985 ގައެވެ. ދެން 1990، 1995 އަދި 2000 ވަނަ އަހަރު ބޯހިމެނި އެވެ. އަދި 2005 ވަނަ އަހަރު ބާއްވަން އޮތް ބޯހިމެނުން 2004 ގެ ސުނާމީ ހާދިސާއާ ގުޅިގެން 2006 ވަނަ އަހަރަށް ބަދަލުކުރި އެވެ. އަދި 2000 އާއި 2006 ގެ ދެ ބޯހިމެނުމުގައި، ވޯކްޕާމިޓްގައި ރާއްޖޭގައި އޭރު ތިބި ބިދޭސީންގެ އަދަދު ގުނާފައިވެ އެވެ. ނަމަވެސް އެ މީހުންގެ ފަރުދީ އެއްވެސް މައުލޫމާތެއް ނުނަގަ އެވެ. 2006ގައި ބޯހިމެނި އިރު ރާއްޖޭގެ އާބާދީގައި ތިބީ 298،968 މީހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.