ބޮން ގޮއްވާލި ސައިކަލުގެ އިންޖީނާއި ޗެޗިސް ނަންބަރު ހުރީ ފޮހެލާފައި

އެ ނަންބަރުތަކަކީ ސައިކަލު ދެނެގަތުމަށް ބޭނުންކުރާ ނަންބަރުތަކެއްކަން ކުރީގެ އޮފިސަރު ފާހަގަކުރި އެވެ. މި ނަންބަރު ހުންނާނީ ސައިކަލުގައި ކަނޑައިގެން ނަގާފަ އެވެ. އެތަންތަން ގާނައިގެން ނަންބަރު ފޮހެލާފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަޝީދަށް ހަމަލާދިނުމަށް އައިއީޑީ ހަރުކުރި ސައިކަލު ގޮއްވާލާފައި --

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމަށް ބޮން ހަރުކުރި ސައިކަލުގެ މައުލޫމާތު ފޮނުވުމުގެ ގޮތުން އޭގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ފޮހެލާފައިވާ ކަމަށް ހެކިވެރިޔަކު ކޯޓުގައި ބުނެފި އެވެ.

މި މައްސަލާގައި ދައުވާ ލިބެނީ

  •  ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު
  •  މއ. ފޭރުގޭ، މުޖާޒް އަހްމަދު
  •  ނ. މަނަދޫ ނޫރީގޭ، އަލީ ހައިޝަމް
  •  ގއ. ވިލިނގިލި ހުދުރުވާގޭ ފަހުމީ އަލީ
  •  އއ. މާޅޮސް އަސަރީގޭ، މުހައްމަދު ނާޒިމް
  •  މ. ކުދެހިގެ އިސްހާގު

މޭ 6، 2021 ގެ ރޭ ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ ވޭވް ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް މެދުވެރިކޮށް ގޮއްވާލައިގެންނެވެ. އެ ސައިކަލަކީ މި މައްސަލައިގައި ދައުވާ ލިބޭ ތަހުމީނުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ސައިކަލެވެ. މި ސައިކަލަކީ 2018 ވަނަ އަހަރު މީހަކު އަތުން ގަނެފައިވާ ސައިކަލެކެވެ.

މި މައްސަލައިގައި މިއަދު ހެކިބަސް ދީފައި ވަނީ މި ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ފޮހެލާފައި ވާތީ އެ ނަންބަރުތައް ރިކަވާ ކުރި ފުލުސް އޮފިސަރެވެ. މިހާރު އެ ވަޒީފާއިން ކެނޑިފައިވާ ކުރީގެ އޮފިސަރު ކޯޓުގައި ބުނެފައި ވަނީ އެ ދެ ނަންބަރު ފުހެވިގެން ދާނީ ގަސްތުގައި އެކަން ކޮށްގެން ކަމަށެވެ. 

އެ ނަންބަރުތަކަކީ ސައިކަލު ދެނެގަތުމަށް ބޭނުންކުރާ ނަންބަރުތަކެއްކަން ކުރީގެ އޮފިސަރު ފާހަގަ ކުރި އެވެ. މި ނަންބަރު ހުންނާނީ ސައިކަލުގައި ކަނޑައިގެން ނަގާފަ އެވެ. އެތަންތަން ގާނައިގެން ނަންބަރު ފޮހެލާފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ސައިކަލު ތަހުމީނަށް ވިއްކި މީހާގެ ހެކިބަސް ނަގާފައިވެ އެވެ. އޭނާ އެދުވަހު ބުނެފައި ވަނީ ސައިކަލު ތަހުމީނުގެ ނަމަށް ރަޖިސްޓްރީ ވެސް ކޮށްދިން ކަމަށެވެ. ނަމަވެސް އޭނާއަށް ކޯޓުގައި އިން ތަހުމީނު ފާހަގަ ކުރާކަށް ނޭނގުނެވެ.

ދެން ހެކިބަސް ދީފައި ވަނީ ރައީސް ނަޝީދުގެ ހަށިކޮޅުން އޭޑީކޭ ހޮސްޕިޓަލުން ނެގި ތަކެތި ފޮޓޯ ނެންގެވި ފުލުހުންގެ އޮފިސަރެވެ، އޭނާ ބުނީ ނަޝީދުގެ ހަށިކޮޅުން ނަގާފައިވާ 10 ރޭޒާފުށް ހިމެނޭ ފަސް ދަޅެއްގެ ފޮޓޯ ނަގާފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ހަށިގަނޑުން އިތުރަށް ނަގާފައިހުރި ޕްލާސްޓިކް ކަމަށް ބެލެވޭ އެއްޗަކާއި ކަށިކޮޅުތަކެއްކަން ބެލެވޭ އެއްޗެއް އަޅާފައި ހުރި ދަޅުތަކެއްގެ ފޮޓޯ ނެގި ކަމަށް ވެސް ބުންޏެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 20 އަދި 24 ވަނަ ދުވަހު ކަމަށް އަޑުއެހުން ނިންމާލަމުން ގާޒީ ސޮފްވަތު ހަބީބް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.