މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 8:30 އިން މެންދުރު 12:30 އާ ހަމައަށް، ހއ. އަތޮޅުން ފަށައި ތ. އަތޮޅަށް ވައިޓް އެލާޓެއް ނެރެފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އުތުރާއި މެދު އަތޮޅު ތަކުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވެ ތިބެން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެދެފި އެވެ.
މެޓް އޮފީހުން ބުނީ މިއަދު ހަވީރު 6:00 އާ ހަމައަށް އުތުރާއި މެދު އަތޮޅުތަކުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އެ އޮފީހުން ބުނީ އެ ވަގުތާ ހަމައަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެނެ ހޭއިރު، އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.
އަދި ކަނޑުތައް މިއަދު އާދައިގެ ވަރަކަށް މަޑުވެފައި އެކަމަކު އަންނަ ވިލާގަނޑުގައި ގަދަވާނެ އެވެ.
މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 8:30 އިން މެންދުރު 12:30 އާ ހަމައަށް
ހއ. އަތޮޅުން ފަށައި ތ. އަތޮޅަށް ވައިޓް އެލާޓެއް ނެރެފަ އެވެ.