މީ އަލަށް އަންނަ ކުންފުނި އެމްޑީން ؛ ފަރިތަ މޫނުތަކެއްނު

ސަރުކާރުގައި ތިރީހަކަށް ކުންފުނި އޮވެއެވެ. އޭގެ ތެރެއިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްލެވެނީ 23 ކުންފުންޏެވެ. އެ ކުންފުނިތަކަށް އައްޔަން ކުރާ ގިނަ ބޭފުޅުންނަކީ ވަރަށް ފަރިތަ ބޭފުޅުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މި ދެ ތިން ދުވަހު ހިނގާނެ އަދި ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ ވެސް ކަމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިންގެ ޑިރެކްޓަރުން (އެމްޑީ) އިން އައްޔަން ކުރައްވާނެ ބޭފުޅުންނާއި އެ ބޭފުޅުންގެ ނަންތަކަށެވެ. އެފަދަ ބައެއް ލިސްޓްތައް މިހާރު އާންމު ވެގެން ވެސް އެބަ އުޅެ އެވެ.

ސަރުކާރުގައި ތިރީހަކަށް ކުންފުނި އޮންނަ އިރު މައިގަނޑު 23 ކުންފުންޏެއް އޮވެއެވެ. އޭގެ ތެރޭގައި އޭ ކަޓަގަރީ އާއި ބީ ކެޓަގަރީ އަދި ސީ ކެޓަގަރީގެ ކުންފުނިތައް ހިމެނެ އެވެ. އެ ކުންފުނިތަކަށް އަލަށް ހަމަޖައްސާ އެމްޑީންގެ ނަންތަކުގެ ލިސްޓްތައް އުޅޭ އިރު، ރައީސް މުއިއްޒު އަލަށް އެކުލަވައިލެއްވި ޕްރައިވެޓިޒޭޝަން އެންޑް ކޯޕޮރައިޓަޒޭޝަން ބޯޑު (ޕީސީބީ) އަށް އޭގެ ބައެއް ނަންތައް މިހާރު ފޮނުއްވާފައި ވާ ކަމަށް "މި" ނޫހަށް ވަނީ ކަށަވަރުވެފައެވެ.

އަލަށް ސަރުކާރުގެ ކުންފުނިތަކާ ހަވާލުވެ ވަޑައިގަންނަވާ ބޭފުޅުންގެ ލިސްޓްތަކުގައި އަންހެން ހަ ބޭފުޅަކަށް ފުރުސަތު ދެއްވާފައި ވެއެވެ. އެއީ ޕީއެސްއެމާއި އާސަންދަ އާއި އެމްޓީޑީސީ އާއި އެންސްޕާ އާއި ޓްރޭޑް ނެޓް އަދި އެމްއެމްޕީއާރްސީ އެވެ.

އެމްޑީންނަށް ވަޑައިގަންނަވާ އަންހެން ބޭފުޅުން

  •  ޓްރޭޑް ނެޓް: ސައީދާ އުމަރު
  •  ޕީއެސްއެމް: ޒީނާ ޒާހިރު
  •  އެމްޓީޑީސީ: ހައްވާ ޝިއުނާ
  •  އެންސްޕާ: ހީނާ ވަލީދު
  •  އެމްއެމްޕީއާރްސީ: އާމިނަތު ސޫޒަން / އައިޝަތު ސުހައިލާ | މި ތަނުން ކޮންމެވެސް އެއް ބޭފުޅެއް
  •  އާސަންދަ: އާމިނަތު ޒީނިއާ

ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ސަރުކާރެއްގައި މަގާމުތަކުގައި ތިއްބަވާނީ ރައްޔިތުން ފަހުރުވެރިވާނެ ނަތީޖާ ނެރެދެވޭ ފަދަ ޓީމެއް ކަމަށާއި އުންމީދު ކުރައްވާ ގޮތަށް އަދި ރައްޔިތުން އެ މަނިކުފާނުގެ ކިބައިން އެދޭ ގޮތަށް މަސައްކަތް ކުރެވޭވަރުގެ ޓީމެއް ކަމަށެވެ. އަދި އަންހެން ބޭފުޅުންނަށް ފުރުސަތު ދެއްވާނެ ކަމަށެވެ. 

މައިގަނޑު 23 ކުންފުނީގެ އެމްޑީން

  • 1.ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) - ހަމްދާން ޝަކީލް
  • 2.އައިލެންޑް އޭވިއޭޝަން - އިބްރާހިމް އިލްޔާސް
  • 3.އެންސްޕާ - ހީނާ ވަލީދު
  • 4.އެމްއޭސީއެލް - އިބްރާހިމް ޝަރީފް
  • 5.މޯލްޑިވް ގޭސް - އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ)
  • 6.އާރުޑީސީ - އަލީ ޒުހައިރު
  • 7.އެފްއެސްއެމް - އިސްމާއިލް ސުހައިލް
  • 8.ފެނަކަ - މުއާޒު މުހައްމަދު ރަޝީދު (މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު)
  • 9.އެސްޓީއޯ - ޑރ. ސިމާދު ސައީދު
  • 10.އާރްއޭސީއެލް - އަހުމަދު މުބީން (ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު)
  • 11.އެމްޕީއެލް - މުހައްމަދު ވަޖީހު އިބްރާހިމް
  • 12.އެމްއެމްޕީއާރްސީ - އައިމިނަތު ސޫޒަން / އައިޝަތު ސުހައިލާ | މި ތަނުން ކޮންމެވެސް އެއް ބޭފުޅެއް
  • 13.މިފްކޯ - ސަމާހު ރަޝީދު
  • 14.ވެމްކޯ - މުޖުތަބާ ޖަލީލް
  • 15.ޓްރޭޑްނެޓް މޯލްޑިވްސް ކޮމްޕެނީ ލިމިޓެޑް (ޓީއެމްސީއެލް) - ސައީދާ އުމަރު
  • 16.އާސަންދަ - އާމިނަތު ޒީނިޔާ
  • 17.އެމްޑަބްލިޔުއެސްސީ - އަބްދުލް މަތީން މުހައްމަދު
  • 18.އެމްޓީސީސީ - ޒިޔާދު
  • 19.ޕީއެސްއެމް - ޒީނާ ޒާހިރު
  • 20.އެމްޓީޑީސީ - ހައްވަ ސިއުނާ
  • 21.ހައްޖު ކޯޕަރޭޝަން - މުހައްމަދު ޝަކީލް
  • 22.އާބަންކޯ - ފަޒުލް ރަޝީދު (ފެލިދޫ ދާއިރާ މެންބަރު)
  • 23.ސްޓެލްކޯ - ހުސެއިން ފަހުމީ

ރައީސް މުއިއްޒު މިހާރު ވަނީ ޕީސީބީ އެކުލަވާލައްވާފަ އެވެ. ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ އެ ބޯޑް، ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ އަކުރު (ހ) ބަޔާން ކުރާ ބޯޑެކެވެ. 

ޕީސީބއަށް މެމްބަރުން އައްޔަން ކުރުމާއި ވަކި ކުރުމުގެބާރު ލިބެނީ ރައީސަށެވެ. އެކަމަކު، ޕީސީބީ އަށް އައްޔަން ކުރާ މެމްބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ އެވެ

ކޮމެންޓް

1
450
ހުދާ
11 months ago

ތާކުންތާކު ނުޖެހޭ މީހުންވެސް މަދެއްނޫންތީގަ. ކުރިން އޮތްވަރަށްވުރެ ބޮޑަށް ބައެއް ކުންފުނި ތައް ފުނޑޭނެ ޔަގީން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.