އޮކްޓޯބަރު: ހާދާލުން ގްރީން ފަންޑަށް ލިބުނީ ސުމެއް

ރާއްޖޭގެ ގައުމީ ގްރީން ފަންޑަށް މިދިޔަ އަހަރު ޓެކްހުގެ ގޮތުގައި 69 މިލިއަން ލިބުނުއިރު، އެ ފަންޑުން 78 މިލިއަން ވަނީ ހަރަދު ވެސް ކޮށްފައި ވެއެވެ.

ހދ. ގައި ހިންގާ ހަމައެކަނި ރިސޯޓް ކަމަށްވާ ހޮނޑާފުށި -- ބުކިން ޑޮޓްކޮމް

މިދިޔަ ފަސް އަހަރާއި އޭގެ ކުރީ ފަސް އަހަރު އަދި އޭގެ ކުރިން ވެސް ހދ. ގައި ރިސޯޓް ހަދަން މަސައްކަތް ކުރި އެވެ. އެކަމަކު އަދިވެސް އެ ސަރަހައްދުގައި ރިސޯޓެއް ހެދޭ ގޮތެއް ނުވެ އެވެ. އެހެންވެ އެ އަތޮޅުގައި އޮންނަނީ އެންމެ ރިސޯޓެކެވެ. ނަތީޖާއަކީ އެ އަތޮޅުން ގްރީން ފަންޑަށް މިދިޔަ މަހު އެންމެ ލޯ ލާރީއެއް ވެސް ލިބިފައެއް ނެތެވެ.  

ގްރީން ޓެކުހުގެ ފައިސާ ޖަމާވާ ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުގައި އެ އަތޮޅުން ފަންޑަށް ޖުމްލަ ލިބިފައި ވަނީ  122,789.8 ރުފިޔާ އެވެ. އެއީ މި ސަރަހައްދުގައި ހުރި ގެސްޓްހައުސްތަކުން ލިބުނު އެއްޗަކާއި ހޮޓަލުން ލިބުނު ގްރީން ޓެކުހެކެވެ. އެ އަތޮޅުގައި ހިންގަނީ ޔޮޓް ޓްއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ހިންގާ ހޮނޑާފުށި އައިލެންޑް ރިސޯޓް އެކަންޏެވެ. 

އޮގަސްޓުގައި ގްރީން ފަންޑް

  •  އޮގަސްޓް މަހުގެ ޖުމްލަ - 69.5 މިލިއަން
  •  އޮގަސްޓް މަހު ހަރަދު ކުރީ - 78 މިލިއަން
  •  މި އަހަރުގެ މިހާތަނަށް ގްރީން ފަންޑަށް ލިބުނީ - 686 މިލިއަން
  •  ގްރީން ފަންޑުން ހަރަދުކޮށްފައި ވަނީ - 436 މިލިއަން
  •  ޖުމްލަ ބެލެނެސަކީ އެއް ބިލިއަން
ގްރީން ޓެކްސް - ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަ ކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.