މީހުން އެބައުޅޭ ؛ އެކަމަކު އަޝްރަފު ކަހަލަ ރަހުމަތެއް ކޮބާ؟

ހުޅުމާލެ ދެކުނަށް މީހުންތަކެއް ނުކުމެ އެބައުޅެ އެވެ؛ އެކަމަކު އަޝްރަފު ކަހަލަ ރަހުމަތެއް ދެން ކޮބައި ހެއްޔެވެ؟

ރަހުމަތުﷲ އަޝްރަފު: ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނަށް ވާދަ ކުރައްވާނެ

ނުކުމެ މީހުންތަކެއް އެބައުޅެ އެވެ؛ އެކަމަކު ރައްޔިތުންގެ މަޖިލިސް / "މަޖިލިސް 20" ގައި ހުޅުމާޅެ ދެކުނުގެ ރައްޔިތުން ތަމްސީލު ކުރެއްވުމަށް މިއަށްވުރެ ރަނގަޅު ހިދުމަތަތްތެރިޔަކު ކުރިމަތިލައިގެނެއް އަދިއަކު ނޫޅެ އެވެ. ހުޅުމާލެ ދެކުނަށް އެންމެ ފަރިތަ އެ ދާއިރާގެ ޒުވާނުންނާއި އިސް ރަށްވެހިންނާއި އަންހެނުންނާއި މުޅި ކޮމިއުނިޓީ ތެރަށް އެންމެ ބޮޑަށް ވަދެ، ގުޅިވަޑައިގެން އެ މީހުންގެ ޝަކުވާ އަޑު އައްސަވާން މިހާތަނަށް ހިންގަވާތަން ފެނިފައި ވަނީ މި ރަހުމަތުﷲ އަޝްރަފެވެ. 

މިއީ ހުޅުމާލެ ދެކުނުގެ ދާއިރާގެ ރައްޔިތުންގެ މެދުގައި ލޯތްބެއް އޮތް ބޭފުޅެކެވެ. އަޝްރަފު ވެފައި ވަނީ އެ ދާއިރާއާ ލައްވާލި "ރަހުމަތަ" ކަށެވެ. ދެން އޮތީ ސިޔާސީ ގޮތުން އަޝްރަފު ޓެސްޓް ވުމެވެ. 

މަންމާގެ ފަރާތުން ބ. ގޮއިދޫއަށް އަޝްރަފު ދެ އެވެ. އަދި ބައްޕާގެ ފަރާތުން މާލޭގެ މަސްއޮޑި އާއިލާއަށް އޭނާގެ ނިސްބަތް ލެނބެ އެވެ. ހުޅުމާލޭ ދެކުނާ އަޝްރަފު ލައްވާލައިގެން އުޅެނީ "މަޖިލިސް 20" ގެ އިންތިހާބާ ދިމާވާތީއެއް ނޫނެވެ. ހުޅުމާލެ ދެކުނަށް، މުޅި ހުޅުމާލޭގެ ކަންކަމާ އޭނާ ދުވެވަޑައިގަންނަވާތާ އަދި އެ ރަށާއި ރަށްވެހިންނާ ފަރިތަވެ ވަޑައިގެންފައިވާތާ ދިގު ޒަމާނެއް ހިނގައިފި ވެއެވެ. މުޅި ހުޅުމާލެއަށް ހާއްސަކޮށް ހުޅުމާލޭ ދެކުނުގެ މީހުނަށް އަޝްރަފު ފަރިތަވެ، ގޮތްފޮތާއި ބާވަތް ދަސްވެ، ދެމެދުގައި ލޯތްބެއް އޮންނަތާ ވެސް 15 އަހަރު ވެއްޖެ އެވެ.

ބިޒްނެސް މެނޭމެންޓާއި ހިއުމަން ރިސޯސްގެ ދާއިރާއިން މޭލޭޝިއާ އާއި އޮސްޓްރޭލިއާގައި މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ އަޝްރަފުގެ އެންމެ ހާއްސަ "ސްކިލް ސެޓަ"ކީ އެންމެންގެ އުދާހާއި ވާހަކަ އަޑު އައްސަވާ "ކޮމަން މީހާ" އަށް ވުމެވެ. "ލީޑަރަކަ" ށް ވެ ވަޑައިގަތުމެވެ. ވަގުތު ދެއްވުމާއި އެންމެނަށް ފަހިވާ ގޮތަށް ބަދަލު ގެނެސް ދެއްވާން ހުއްޓާ ނުލައި އެކަމަކާ ހިފުމެވެ.

އަޝްރަފު އެއާޕޯޓްގައި މުވައްޒަފުންނަށް އިންހައުސް ތަމްރީނު ދެއްވުމުގައި

ހުުޅުމާލޭ ދެކުނު ލީޑް ކޮށް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވަން ދާއިރާގެ ރައްޔިތުން ބޭނުން ވަނީ ވެސް އެފަދަ ބޭފުޅެއް އަދި ލީޑަރަކެވެ. އަބަދުވެސް އެ މީހުނަށް ބަލައިލެވޭ ގުޅައިލެވޭ އަތުގައި ހިފައިލެވޭ އެކުވެރިޔަކަށް ހުންނަވާނެ ބޭފުޅެކެވެ. އެ ޝަރުތު މިއަށް ވުރެ ބޮޑަށް ހަމަވާ ބޭފުޅަކު އެ ދިމާއަށް ނުކުމެގެނަކު ނޫޅުއްވަ އެވެ. -- ނުކުމެ މީހުންތަކެއް އެބައުޅެ އެވެ.

ކުރީގެ މާލޭ އިންގްލިޝް ސްކޫލާއި ކުރީގެ އެސްއީސީއަށް ފަހު އަޝްރަފު ވަޑައިގަތީ އާއިލީ ބޭބެ، ދުނިިޔެ ތެރެއަށް ނުކުމެ ވަޑައިގެން މި ޒަމާނާއެއް އެއްގޮތަށް ވިޔަފާރި ކުރައްވާ މަތީ ފެންވަރުގައި ވިޔަފާރި ފުޅާ ކުރައްވާފައިވާ ރާއްޖޭގެ އާ ޒަމާނުގެ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ އަރިހަށެވެ. މަސައްކަތުގެ އަހުލާގާއި ތަޖުރިބާ ހޯއްދަވާށެވެ.

އޭގެ ފަހަށް މެލޭޝިއާ އާއި އޮސްޓްރޭލިޔާގެ ކްއީންސް ލޭންޑް ޔުނިވާސިޓީން ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވައިގެން އަޝްރަފު ރާއްޖެ ވަޑައިގަތީ ފުރިހަމަ ތަމްރީނަކާއެކު އެވެ. ދުވަސްކޮޅަކު ޔުނިވާސަލްގެ ވަޒީފާއެއްގައި ހުންނެވުމަށް ފަހު ގައުމީ ހިދުމަތުގައި އޭނާ "ދުއްވައިގަތް" ޒަމާން އައީ 2009 ގައި އެމްްއޭސީއެލްއާ ގުޅިވަޑައިގެންނެވި ހިސާބުގަ އެވެ.

އެއާޕޯޓް އެމްޕްލޯއިމެންޓް ރިލޭޝަން މެނޭޖަރެއްގެ ގޮތުގައި އަޝްރަފު މަސައްކަތް ފެއްޓެވި އިރު އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތީ ސިކުނޑީގެ ތަރައްގީ ބިނާ ކުރުމާއި ކަންކަމާމެދު ދެކޭ ގޮތަށް ބަދަލުތައް ގެނައުމުގެ މަސައްކަތް "ގްރައުންޑު" ވެފައި އޮތުމެވެ. އެއާޕޯޓުން އަޝްރަފާ ހަވާލު ކުރީ އެ ޓާސްކެކެވެ. އޭނާގެ ސްކިލް ސެޓް ބޭނުން ކުރައްވައިގެން ސްޓާފް މޯޓިވޭޝަނަށް ބަދަލެއް ގެންނާށެވެ. 

އަޝްރަފު ދާއިރާގެ އިންތިހާބުގެ ޕްރައިމަރީ ލިޔުން ޕާޓީގެ ޗެއާޕާސަނާ ހަވާލު ކުރައްވަނީ

އަދި ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރެއްގެ ގޮތުގައި އެއާޕޯޓްގެ ޕީއާރާއި މީޑީއާގެ ކަންކަމާއެކު މުޅި އެއާޕޯޓް ހިފައިން މީޑިއާ ނުކުންނަވާށެވެ. ކޯޕަރޭޓް ގަވަންނެސް ތަޖުރިބާއާއެކު އެ މަސައްކަތްތައް ކުރައްވާން ޖެހި ވަޑައިގަތީ އެއާޕޯޓް އެފަދަ "ފްރޮންޓް ލީޑަރަ"ކަށް އަދި ހިނގާ ފަހި ދުލަކަށް ވެސް ވަރަށް ބޮޑަށް ބޭނުންވެފައި އޮއްވަ އެވެ.

"އެއާޕޯޓް އޮތީ ވަރަށް ބޮޑަށް މީޑިއާއަށް ބޭނުން ވެފައި އެ ދަނޑިވަޅުގައި އޭރުގެ އެމްޑީ އެދި ވަޑައިގަތުމުން އަޅުގަނޑު ދެންނެވީ ކުރެވޭނޭ ބަދަލު ވެސް ގެނެވޭނޭ... އަޅުގަނޑުގެ ރަސްމީ މަގާމުގެ އިތުރުން ވަކި ޓައިޓަލްއެއްގައި މިޑިއާ ޕީއާރް ކަންކަން ވެސް ހިންގީ،" އޝަރަފު ވިދާޅުވި އެވެ.

ނޮވެމްބަރު 2009 ގައި އަޝްރަފު ހަވާލުވެ ވަޑައިގަތީ ވެސް އެއާޕޯޓްގައި އޮތް އުނދަގޫ މަސައްކަތެއް ހަންމަތަ ކުރައްވާށެވެ. މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަން ގްރިވާންސްގެ މަގާމަށް އޭނާ ވަޑައިގަތީ ކުންފުނީގެ ހުރިހާ މަރުހަލާއެއްގައި އޮތް އަރައިރުމާއި މައްސަލަތައް މެނޭޖްކޮށް ގްރިވާންސްތައް ހޭންޑުލް ކުރައްވާށެވެ.

"އެފަދަ ކަންކަން ހައްލު ނުވެ ކުންފުނިތަކުގައި ބޮޑުވަމުން ބޮޑުވަމުން ގޮސް ފަޅައިގެން ދަނީ އެއަށް ޓެކްލް ނުކުރެވި އޮއްވާ... އެއާޕޯޓްގައި ވެސް މުވައްޒަފުންނާ ސެކްޝަންސްތަކާއި ވެރިންގެ މެދުގައި އަރައިރުން އުފެދި ރަނގަޅު ނުކުރެވި ކުންފުނީގެ މިސްރާބު ގެއްލި ފޯކަސް އެހެން ދިމާއަކަށް ދާން ފެށުމުން އެކަމާ އުޅެން ޖެހުނީ، ކަންދިމާ ކުރި ގޮތުން އެ މަސައްކަތާ ހަވާލުވެ ފުރަތަމަ އެކަން ކުރީ އަޅުގަނޑު، އަދި އެއީ ރާއްޖޭގެ ކުންފުންޏެއްގައި އެބާވަތުން މަސައްކަތް ކުރާން މީހަކު ހާއްސަ ކުރި ފުރަތަމަ ފަހަރު ކަމަށް ވެސްވޭ،" އޭނާ ވިދާޅުވި އެވެ. 

އަޝްރަފު އެއާޕޯޓްގައި މަސައްކަތް ކުރެއްވެވި އިރު ދޮވެމި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޚު ދައްކަވަނީ

އެންމެ ފުރަތަމަ ކުންފުންޏެއްގައި ކޭޝްލެސްކޮށް ހެލްތު އިންޝުއަރެންސް ދޭން ފެށީ އެއާޕޯޓްގަ އެވެ. އޭރު ގިނަ މީހުނަކަށް ވާނުވާއެއް ނޭނގެ އެވެ. އޭގެ ސަބުން ވަރަށް ގިނަ މައްސަލަތައް އެއާޕޯޓްގައި ކުރިމަތިވަމުން ދިޔަ އެވެ. އެ މައްސަލަތައް ހައްލު ކުރާން ޖެހުނީ އަޝްރަފާ އެވެ. ކުރެއްވެވި އެ މަސައްކަތުގެ ފައިދާ މުޅި އެއާޕޯޓަށާއި މުވައްޒަފުންނަށް ކުރި އެވެ.

"އެކަމާ އަޅުގަނޑު ހިތްހަމަ ޖެހޭ، އެއީ ވަރަށް ބައިވައިރު އިޝޫސްތައް ހުރެ އެއާޕޯޓަށް އޮތީ އުނދަގުލެއް ވެފައި ހިތްހަމަ ނުޖެހުމާއި ޝަކުވާ ބައިވަރު، އެހުރިހާ ގްރީވަންސް ތަކަށް ޓެކްލްކޮށް މުވައްޒަފުންނާ އެކީގައި ވަގުތު ހޭދަކޮށް ޝަކުވާ އަޑު އަހާ ހައްލު ހޯދައިދޭން މީހަކަށް އަޅުގަޑު ވެގެން އުޅުނީ،"

އެ މަސައްކަތުގައި އަޝްރަފު އުޅުއްވެވި އިރު ވެސް 2500 އެއްހާ މުވައްޒަފުންގެ "އާބާދީއެއް" އެއާޕޯޓްގައި އޮތެވެ. އެ އެންމަކީ އެކި ފިކުރުގެ އެކި މިޒާޖުގެ އެކި އުމުރުގެ މީހުނެވެ. އެކި މީހުންގެ އުދާސް ހުރީ އެކިވަރުގަ އެވެ. އޭރުވެސް އެއާޕޯޓްގައި ވެރިންނާއި ލީޑަރުން އުޅުއްވެވި އެވެ. އެކަމަކު މި މައްސަލަތަކާ ކުރިމަތި ލެއްވެވީ އަޝްރަފެވެ.

މަޖިލީހުގެ ހުޅުމާލޭ ދުކުނުގެ ޝަކުވާތައް އެގޮތަށް އަޑު އައްސަވާ އެ ޝަކުވާތަކަށް ފަރުވާ ހޯއްދެވުމަކީ އަޝަރަފަށް އެހައި އުނދަގޫ ކަމަކަށް ނުވާނެ އެވެ. 

އަޝްރަފު ވިދާޅުވަނީ މިހެނެވެ: "ބަދަލެއް ގެންނަން އިސްލާހެއް ކުރަން މީހަކު ނުކުންނަންޏާ އެކަމާ ދެކޮޅުވާ މީހުން ގިނަ ވާނެ، ހިތްހަމަ ނުޖެހުނު ވެސް ބޮޑުވާނެ އަބަދުވެސް އަލަށް ފަށާއިރު ޗޭންޖަކީ ގިނަ ބަޔަކު ބިރު ގަންނަ ކަމެއް. ގެންނަ ބަދަލު ޖެހެނީ ކިޔައިދީ ހޭލައްވާ ހާނުންވާން. އިސްލާހަށް މީހުން ރުހޭން ފަށަނީ ބަދަލު އައިސް ހަމަޖެހުމުން، އަޅުގަނޑު މިހާތަނަށް މަސައްކަތް ކުރި ކޮންމެ ތަނެއްގައި އެކަން ކާމިޔާބު ކުރެވުނު... މަޖިލީހުގެ ދާއިރާއެއް އެގޮތަށް މެނޭޖް ކުރުމަކީ މެނޭޖޭބަލް މީހަކަށް މާ ދަތިކަމަކަށް ނުވާނެ، އެ މީހާ ފިލައިގެން ފޯނު ނުނަގާ އުޅޭކަށް ވެސް ނުޖެހޭނެ،"

އަޝްރަފު ވިދާޅުވި ގޮތުގައި އެ ތަޖަރިބާތައް ކުރައްވާ އޭނާ ކަންކަން ހާސިލު ކުރެއްވެވީ ދައްޗާއި ތުރާލުގަ އެވެ. ހައްލު ހޯއްދަވަން މައިގަނޑު ކަމަކަށް ކުރެއްވެވި ކަމަކީ އެކުގައި ވަގުތު ހޭދަކޮށް ޝަކުވާ އަޑު އައްސަވާ ހައްލު ހޯދައިދެވެން އޮތް މިންވަރެއް ވިދާޅުވެ ދެއްވައި އެ މަސައްކަތް ކުރެއްވުމެވެ. 

"އެހެން ހުންނަ ހިއުމަން މެންޓަލިޓީސްތައް ބަދަލު ކުރަން ޖެހޭނީ އަދި އެކަން ރައްޔިތުންނަށް އެޕްލައި ކުރީމާ ބަދަލު އާދޭ ވިސްނުން ފުރޮޅޭ،" އޭނާ ވިދާޅުވި އެވެ.

ޖީއެމްރުން އެއާޕޯޓާ ހަވާލުވެ ބަދަލުތައް ގެނައި އިރު އެ މީހުން ރީޓައިން ކުރަން ބޭންވި ރަނގަޅު، އަދި ގޮތް ހުރި ދިވެހިންގެ ބަޔަކު ވެސް ތިއްބެވެ. އޭގެ ތެރޭގައި އަޝްރަފު ހިމެނި ވަޑައިގަތެވެ. ސިޔާސީ ބަދަލާއެކު ޖީއެމްއާރު ބޭރު ކޮށްލުމުން އެމީހުން ފައިބައިގެން ދިޔައިރު. އެ މީހުންގެ ބިޒުންސް މޮޑެލްގެ ތެރެއިން ގެނައި ރަނގަޅު އެއްކަމަކީ ޑީއުޓީ ފްރީ ފިހާރަތައް ވަކި ކޮށްލުމެވެ. ޖީއެމްއާރަށް ފަހު ދެން އެއާޕޯޓަށް އަރާ ވަޑައިގަތް ވެރިން ވެސް ހިންގި ޖީއެމްރާރުގެ އެ މޮޑެލަށެވެ.

އެ ހިސާބުން ޑިއުޓީ ފްރީގެ އެޗްއާރާ ހަވާލުވާން ޖެހި ވަޑައިގަތީ އަޝްރަފެވެ. އެ ބަދަލުގައި 2016 ވަނަ އަހަރު ޑިއުޓީ ފްރީ ހިންގެވުމަ އޭނާ ހަވާލުވެ ވަޑައިގެންނެވި އިރު 300 އަށް ވުރެ ގިނާ މުވައްޒަފުން ބަލަހައްޓާ ތަމްރީނު ދޭން ހަމައެކަނި ޖެހެނީ އެއް ނޫނެވެ. އެ އެންމެނަކީ އެކި ގައުމުން އައިސް ތިބި ތަފާތު ނަސްލުތަކުގެ އެ މިޒާޖުގެ މީހުނެވެ. ކޮންމެ މީހަކު މެނޭޖް ކުރަން ޖެހެނީ ވަކި ގޮތަކަށެވެ. ވާހަކަ ދައްކަން ޖެހެނީ ވަކި ރާގަކަށެވެ. ޑިއުޓީ ފްރީ ކަސްޓަމަރުންނަކީ ދުނިޔޭގެ އެތަން މިތަނުން އަންނަ މީހުނަށް ވާތީ ޑަިއރެކްޓްލީ ކޮމިއުނިކޭޓް ކުރަން ތިބެނީ އެކި ގައުމުތަކުގެ މުވައްޒަފުންނެވެ. އަޝްރަފަށް ޖެހެނީ އެންމެން އުނގެނި އެ މީހުން މެނޭޖް ކުރާށެވެ.

"އިންސާނުން މެނޭޖް ކުރުމަކީ އާދައިގެ ކަމެއް ނޫން. އެ ޗޭންޖް ގެނަން ކުރެވުނު މަސައްތަކީ ވަރަށް ބޮޑު ޗެލެންޖެއް އަދި ވަރަށް ބޮޑު އެހައި ރީތި ވެސް މަސައްކތެއް، އަޅުގަނޑު ހަމަ ހިތަށް އަރަނީ ހުޅުމާލޭ ދެކުނު ތަމްސީލު ކުރުން ވެސް އަދި މަޖިލީހުގެ އެހެން ދާއިރާއެއް އެހެން ބޭފުޅަކު ތަމްސީލު ކުރުން ވެސް ވާނީ މިފަދަ މަސައްކަތަކަށޭ. ތަފާތަކަށް ވަނީ ދައުލަތަކުން އަދި ސަރުކާރަކުން އެމީހުނަށް ބޭނުންވާ ކަންކަން ފަހިކޮށްދޭ އެ މީހުންގެ އަޑު އިއްވާ މީހާއަކީ އަޅުގަނޑުކަން ގަބޫލު ކުރެވޭ ވަރަށް ބުނެ ދިނުން،"

ރައީސް އަބްދުﷲ ޔާމީންގެ ދައުރަށް ފަހު އެއާޕޯޓުން ފާބައި ވަޑައިގެން އަޝްރަފު ބޮޑަށް މަސައްކަތް ކުރެއްވީ ޕީޕީއެމާއި ކޮންގްރެސް ޕާޓީ -- ޕީއެންސީގެ ސިޔާސީ ޕްލެޓްފޯމްގެ ތެރޭގަ އެވެ. ދެން ވިޔަފާރި ޕާޓްނަރާއެކު އަމިއްލަ ވިޔަފާރިއަށް ވަގުތު ދެއްވެވި އެވެ. ރިސޯޓް ސަޕްލައި އާއި ރިސޯޓް ލޭންޑް ސްކޭޕިން އާއި ރިއަލްއެސްޓްޓްގަ އެވެ. 

އަޝްރަފު ވިދާޅުވި ގޮތުގައި ކިޔަވައި ޕްރެކްޓިސްކޮށް ތަޖުރިބާ ހޯދިއަސް ޑިސިޝަން މޭކިން މަގާމުތަކަށް ދާން ރާއްޖޭގައި ފުރުސަތު ލިބެނީ ކުރިޔަށް ނުކުމެލައި ސިޔާސީ ގޮތުން އިންޓްރެސްޓް ފާޅުކޮށް ލީޑަޝިޕް ވެސް ދައްކައިގެނެވެ. އަދި ޕޮލިޓިކަލް އެފިލިއޭޝަނެއް ވެސް އޮންނަން ޖެހެ އެވެ، ރާއްޖޭގެ ކަންކަމާއި ނަމްބަރު އޮތް ގޮތުން އެއީ ގަބޫލު ކުރަންޖެހޭ ވެސް ހަގީގަތެކެވެ. 

އަޝްރަފާއި އޭނާގެ އާއިލާ: އަޝްރަފަކީ އަބަދުވެސް މީހުންގެ މީހެއް

މީގެ ކުރީން 2017 ގައި ވެމްކޯގެ ބޯޑްގައި ވެސް އިންނެވި އަސްރަފް ވަނީ ވެމްކޯގައި ހުންނެވި އިރު ވެސް ރައްޔިތުންނަށް ދިމާވާ ވަރަށް ގިނަ އަސާސީ ކަންކަން ހައްލު ކުރެއްވުމުގައި ވަގުތު ދެއްވާފަ އެވެ. އޭނާ ވެމްކޯއިން ވަކި ކުރީ ވެމްކޯގެ ޗެއާމަން ކުނފުނީގެ ހިންގުމުގެ ތެރެއަށް ވަދެ ވަޑައިގަންނަވަން ބޯޑްގައި ކުރި މަޝްވަރާތަކާ ދެކޮޅު ހެއްދެވުމުންނެވެ. އެ ހިސާބަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވަކާލު ކުރެއްވުމަށް ޝައުގުވެރިވެ ވަޑައިގެންނެވި ހިސާބެވެ.

"އަޅުގަނު ކުރިމަތިލާ ދާއިރާ ހުޅުމާލެ ދެކުނު ނުވަތަ ސީދާ މުޅި ހުޅުމާލެ ފޯކަސްއަށް ލައިގެން ހުޅުމާލޭގެ ޒުވާނުންނާއި ވިޔަފާރި ކޮމިއުނިޓީއާ އަޅުގަޑާ އޮންނަ ގުޅުމާއެކު، ހުޅުމާލޭގައި ހުރި ހައްލު ކުރަން ޖެހޭ ކަންކަން ހައްލު ކުރުމަށ އަޑު އުފުލަން ޖެހޭ ކަންތައްތަކުގައި ފައިޓަރަކަށް ވުމަށް އަޅުގަނޑު ޝައުގުވެރިވި ހިސާބަކީ އެއީ،" އޭނާ ވިދާޅުވި އެވެ.

އަޝްރަފު ދެކެ ވަޑައިގަންނަވާ ގޮތުން އިދާރީ ދާއިރާއެއްގެ ތަރައްގީއާ އިމްޕްރޫވްމަންޓަކީ ނިމޭކޮޅެއް އޮންނަ ކަމެއް ނޫނެވެ. އަބަދުވެސް އޭރަކަށް ގެންނަންޖެހޭ އިމްޕްރޫވްމަންޓަށް ދާއިރާ އޮންނާނީ ބޭނުންވެފަ އެވެ. އަޑު އުފުލާން ހިގާނެ މީހަކަށް ބޭނުންވެ އެވެ. އެ ފަދަ މީހަކަށް ވެވެނީ ސިޔާސީ ވެގެނެވެ. ގާނޫނު ހަދާ މަޖިލީހަށް ވަދެގެނެވެ.

"މިއީ އެނބުރޭ ފުރޮޅެއް، މި ފުރޮޅާއެކު ހުޅުމާލޭ ރައްޔިތުންގެ ހާލަތު ހިފައިގެން ފުރޮޅޭނެ މީހަކު ބޭނުންވޭ ދާއިރާއަށް،"

އަޝްރަފު ވިދާޅުވީ ހުޅުމާލޭ ދެކުނު އަދި މުޅި ހުޅުމާލޭގެ ޒުވާނުން ވަރަށް ގިނަ އެހައި ބޮޑެތި އުންމީދުތަކެއް ކުރެ އެވެ. ވަރަށް ބައިވަރު ރިކްއެސްޓް ކުރެ އެވެ. އެކަމަކު އެ ޒުވާނުންނާ އަޅައި ނުލުމުން ތިބީ ބިކަ ވެފަ އެވެ. އެ މީހުނަށް ފައިސާ ލިބޭނެ ގޮތެއް ނެތެވެ. އާމްދަނީ ހޯދާނެ މަގެއް ނެތެވެ. އެ ހުރިހާ އެންމެނަކީ ޓައީ އަޅައިގެން ނުކުންނާނެ މީހުނަށް ނުވާތީ އެ މީހުން ބޭނުން ވަނީ ފުރުސަތުތައް އެނގޭށެވެ. ހިނގާންވީ މަގު ދައްކައިދޭށެވެ. 

އަޝްރަފާއި އޭނާގެ އާއިލާ: އަޝްރަފަކީ އަބަދުވެސް މީހުންގެ މީހެއް

"އަޅުގަނޑު ބަލާލިއިރު ގިނަ ޒުވާނުންނަށް ވަޒީފާއެއް އޮތް ކަން ވެސް ނޭނގޭ އެކަމަށް އެހީވާން އަޅުގަނޑު މި އަންނަނީ. އެ ކަމަށް ވަކާލާތު ކުރަން ޒުވާނުންގެ ސްކިލް ސެޓަށް އިމްޕްރޫވްމަންޓް ގެނެސް ދޭން މި އަންނަނީ. މި އެންމެނަކީ ވަރަށް އިންޓެލިޖެންޓް، ތުނުފިލިކަމުގެ ލެވެލް ވަރަށް މަތީ ކުދީން. އެމީހުނަށް ބޭނުން ވަނީ ފުރުސަތު އެ މަސައްކަތްކޮށް ބިކަވެފައި ތިބި ޒުވާނުން ޖޯޝް ހުރި ޒުވާނުންނަށް ބަދަލު ކުރަން އަޅުގަނޑު މި އަންނަނީ. މިހެން އެ މަސައްކަތް މީހަކު ނުކުމެ ނުކުރާތީ ގޭންތަކުން އެ މީހުންގެ އަތުގައި ހިފަނީ،"

އޭނާ ވިދާޅުވި ގޮތުގައި ނަފުސާނީ މައްސަލަތައް ބޮޑުވެ މަސައްކަތުގެ އަހުލާގު ގެއްލި ވައި ވެފައިވާ ކޮމިއުނިޓީއެއް ދާއިރާއެއްގައި ބޮޑުވެ ފުޅާ ވަނީ އެ މައްސަލަތައް ހައްލު ކުރުމަށް މައިގަނޑު އަމާޒެއް ހިފައިގެން ބޫޓަށް އަރައި ލީޑަރަކު ތެދުވެ ދުއްވައި ނުގަންނާތީ އެވެ.

"އަޅުގަނޑު ނުދައްކަން ފުޓްސަލް ދަނޑާ ބާސްކެޓް ކޯޓްގެ ވާހަކައެއް މީހުން އުފައްދާ ތަކެތި ޖޫސްޕެޓީ ކޮތަޅުން ރަނގަޅު ޕެކިންނަށް ގެންދާ ވާހަކައެއް. އެކަން ކަމަކީ ކޮންމެހެންވެސް ކުރާން ޖެހޭ ކަންކަން. އެއާހިލާފަށް އަޅުގަނޑުގެ ފޯކަސް އޮތީ ފުރަތަމަ ސިކުނޑި ބިނާކޮށް ދުރު ރާސްތަށް އަމާޒު ހިފާ ބޮޑު ބަދަލެއް ގެނައުން ޔޫތު އެންޕަވާކޮށް ޑިވެލޮޕްކޮށް ހުނަރުވެރި ބަޔަކަށް ހެދުން. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހޯދުން... އެއީ އިކޮނޮމީގެ ބެކްބޯންކޯއަކީ ވެސް." އޭނާ ވިދާޅުވި އެވެ. " އަޅުގަނޑަކީ މީހުންގެ މީހެއް އަޅުގަނޑަކީ ސިކުނޑި ބިނާ ކުރުމުގައި އުޅޭ ހިތްވާ މީހެއް، ވަރަށް ބޮޑަށް މީހުނާ އިންޓަރެކްޓް ވޭގެން ވާހަކަ ދައްކައިގެން ޝަކުވާ އަޑު އަހައިގެން އެމީހުނާއެކުގައި ހުންނަން ބޭނުން ވެގެން އަންނަ މީހެއް."

ހުޅުމާލެ ދެކުނަށް މީހުންތަކެއް ނުކުމެ އެބައުޅެ އެވެ؛ އެކަމަކު އަޝްރަފު ކަހަލަ ރަހުމަތެއް ދެން ކޮބައި ހެއްޔެވެ؟ 

ކޮމެންޓް

1
450
ހުޅުމާލޭ ދެކުނު
11 months ago

ހުޅުމާލޭ ދެކުނަށް ތީ އެއްގޮތަކަށްވެސް ޗޮއިސްއެއްނޫން. އިއްޔެ މެންދުރު ހުޅުމާލެއަށް ފުންމާލައިގެން ގޮޑީގެ ގެ ބޭނުމުގައި ކިތަންމެ ދަޅައެއް ދެއްކިޔަސް އިރާދަ ކުރެއްވިއްޔާ ތިޔަކަމެއް ނުވާނެ. އަދި މަށާ މަގޭ އާއިލާގެ ބަސްވިކޭ މީހަކު ވެސް ތިމީހަކާ ކައިރިއެއް ނުވާނެ. ތިމީހަކު ނެގުމަށް ވުރެ މާރަނޅު ގޮތްގޮތް ހުޅުމާލެއަށް އެބައޮތް. ފުރަތަމަ މުސާރަކޮޅު ދޭންތިބި މީހުން ހޯދާ އެމީހުންގެ ކަންކަން ނިންމިއްޔާ މާތާހިރުވާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.