ހަތަރު ދުވަސް؛ ފަހްމީ މަގާމުން ވަކި ކުރައްވައިފި

"މި" ނޫހަށް އެނގިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ އެ މަގާމުން ފަހުމީ ވަކި ކުރައްވާފައެވެ. އެކަން ސަރުކާރުގެ އިސް އޮފިޝަލަކު ޔަގީން ކޮށް ދެއްވި އެވެ.

މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް އައްޔަނު ކުރެެެއްވި މުހައްމަދު ފަހުމީ ހަސަން

މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް އައްޔަނު ކުރެެެއްވި މުހައްމަދު ފަހުމީ ހަސަން އެ މަގާމުން ވަކި ކުރައްވައިފި އެވެ. 

ފަހުމީ އެ މަގާމަށް އައްޔަނު ކުރައްވާ ފަތްކޮޅު ދެއްވީ މީގެ ހަތަރު ދުވަސް ކުރީންނެވެ.

"މި" ނޫހަށް އެނގިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ އެ މަގާމުން ފަހުމީ ވަކި ކުރައްވާފައެވެ. އެކަން ސަރުކާރުގެ އިސް އޮފިޝަލަކު ޔަގީން ކޮށް ދެއްވި އެވެ.

ފަހުމީ މަގާމުން ވަކިކުރެއްވި ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ވިދާޅުވީ ފަހުމީ މަގާމަށް އައްޔަނު ކުރައްވާ ވަކި ކުރެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރާއި އިހްތިޔާރުގެ ދަށުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

މަގާމު ދެއްވިތާ ހަތަރު ދުވަސް ފަހުން ފަހުމީ މަގާމުން ވަކިކުރެއްވިއިރު ފަހުމީ ވަކިކުރުމަށް ގޮވާލާ ސޯޝަލް މީޑިއާ ގައި ބަޔަކު ޝުއޫރުފާޅު ކޮށްފައިވެއެވެ. ސިވިލްސާވިސް ކޮމިޝަންގެ ރައީސަކަށް ހުންނެވި ދުވަސްވަރު ފަހުމީގެ މައްޗަށް އަންހެން މުވައްޒިފަކަށް / މުވައްޒިފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އޮވެ އެވެ.

ރައީސް މުއިއްޒު، ފަހުމީ އަށް މަގާމު ދެއްވުމުން ބައެއް މީހުން ވަނީ އެ ވާހަކަތައް އައު ކޮށް ސޯޝަލް މީޑިއާ އަަށް ނެރެފައެވެ.

ފަހުމީ ވަކިކުރުމާއި އެކަމާ ގުޅުމެއް އޮތް ކަމެއް ސާފެއް ނުވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.