ވާނުވާގައި ތިބި ތިމަރަފުށީ ޒުވާނުންގެ މައްސަލަ ބަންޑާރަ ނައިބުގެ ސަމާލުކަމަށް

އަދި، ރައީސް ޑރ. މުއިއްޒު ވަނީ ހައްގު ނޫން ގޮތުގައި ޖަލުގައި އަދަބު ލިބޭ މީހުންނަށް އޭގެ ބަދަލު ލިބޭނެ ގާނޫނެއް މިހާރު ރާއްޖޭގައި ނެތްކަން ފާހަގަ ކުރައްވައި، އެފަދަ ގާނޫނެއް އެކުލަވާލައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް، އަރިހުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް --

ޓެރަރިރަޒްގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބި ތ. ތިމަރަފުށީގެ ފަސް ޒުވާނުންގެ މައްސަލަ ބަންޑާރަ ނައިބް އަހުމަދު އުޝާމްގެ ސަމާލުކަމަށް، އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ގެންނަވައިފި އެވެ.

ރިޔާޒް މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ފަސް ޒުވާނުން ޖަލުގައި ތިބޭތާ ތިން އަހަރުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އަދި، ޝަރީއަތުން ގޮތެއް ނުނިމި މި މައްސަލަ ދިގުލައިގެން ދާތީވެ އެކަން ބަންޑާރަ ނައިބުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

"ވާނުވާ" ޖެހުން ނިމުމަކަށް ގެންނެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ވެސް ރިޔާޒްގެ ޕޯސްޓްގައި ހަނދާންކޮށްދީފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރައީސް މުއިއްޒު ވަނީ ތިމަރަފުއްޓަށް ވަޑައިގެން، ޝަރުއީ ދާއިރާއަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ވާނުވާ ނިޒާމް އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި އިސްލާހާއެކު ވާނުވާ ބަންދުގައި އެންމެ ގިނަވެގެން ބެހެއްޓޭނީ 48 ގަޑިއިރަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އަދި، ރައީސް ޑރ. މުއިއްޒު ވަނީ ހައްގު ނޫން ގޮތުގައި ޖަލުގައި އަދަބު ލިބޭ މީހުންނަށް އޭގެ ބަދަލު ލިބޭނެ ގާނޫނެއް މިހާރު ރާއްޖޭގައި ނެތްކަން ފާހަގަ ކުރައްވައި، އެފަދަ ގާނޫނެއް އެކުލަވާލައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.
 
ރިޔާޒް އިޝާރާތް ކުރެއްވި މައްސަލައިގައި ބަޔަކު ބަންދުކޮށްފައި ވަނީ، ތިމަރަފުށީގައި އަމިއްލައަށް ބޮމެއް ތައްޔާރުކޮށް، ގޮއްވާލަން ރޭވުމާއި، ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ އުކުޅުތައް ދަސްކުރި ކަމަށް ބުނެ އަދި ތިމަރަފުށީގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ފަދަ ކްލާސްތައް ހިންގި ކަމަށް ބުނެ ދައުލަތުން ދައުވާކޮށްފައިވާ މައްސަލައިގަ އެވެ.

މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ، ތިމަރަފުށީ ފެހިވިދުވަރު، އަބްދުﷲ ޝަރީފާއި އެރަށު ކެނެރީގޭ އަލީ މުނީޒާއި އެރަށު އަސުރުމާގޭ މުހައްމަދު އާސިރާއި އެރަށު ސައިމާ، ސަމާމު ޝަރީފްގެ މައްޗަށެވެ. އޭގެ އިތުރުން، ރ. މަޑުއްވަރީ ބީޗްހައުސް އަބްދުﷲ އިމާދާއި ރ. ކަނދޮޅުދޫ ފެހިިވިލާ، އަލީ އަދުހަމް މުހައްމަދު އަދި ނ. ކުޑަފަރީ ރޯޒްމީޑް، އިބްރާހިމް ލޫތުގެ މައްޗަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.