އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު މިދިއަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.
އއ. އުކުޅަހުގައި ޖަލްސާއެއް ކުރަން މިރޭ އެމްޑީޕީގެ ގައުމީ މަޖިލިސް އެއްވަނީ އެވެ. މި ބައްދަލުވުން ބާއްވާއިރު ގައުމީ މަޖިލީހުގެ މަޝްވަރާ ބައްދަލުވުންތަކެއް މިއަދު ވެސް އެ ރަށުގައި ކުރިޔަށް އެބަދެ އެވެ.
އެމްޑީޕީގެ ކުރިއަށް އޮތް ހަރަކާތްތައް ރާވަން ބާއްވާ އެ ޖަަލްސާތައް އުކުޅަހުގައި ބާއްވަނީ ހާއްސަ ނިންމުމަކާއެކުއެއް ނޫނެވެ.
މިރޭ އުކުޅަހުގައި ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައެއް ނުގަންނަވާނެ އެވެ. އެއީ ޕާޓީގެ އިތުރު އެއްވެސް މަގާމެއް ފުރުއްވަމުން ނުގެންދަވާތީ އާއި ވެރިކަމުގެ ދައުރު ނިމުން އިސް ލީޑަރުގެ ޒިންމާ ވެސް ނެތުމުންނެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު މިދިއަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.