ވޯލްޑް ބޭންކް ބުނީ ރާއްޖޭގެ ދަރަނި ކުޑަކުރުމުގެ ރޭވުންތައް ފޭލިވެއްޖޭ

ރާއްޖޭން މާލީ ޑެފިސިޓް ކުޑަކުރުމުގެ ޕްލޭންތައް އޮތްއިރު، މިހާތަނަށް ރާއްޖެއިން ކަނޑައެޅި އަމާޒުތައް ހާސިލް ނުކުރެވިފައި ވާއިރު، މެދު ރާސްތާގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށް ވުރެ މަތީގައި ހުންނާނެ ކަމަށެވެ،

ވޯލްޑް ބޭންކް: ރާއްޖޭގެ ދަރަނީގެ ހަލަތާމެދު ކަންބޮޑުވޭ

ރާއްޖޭން މާލީ ޑެފިސިޓް ކުޑަ ކުރުމުގެ ޕްލޭންތަކެއް އަބަދު ވެސް އޮވެ އެވެ؛ މި ވާހަކަ މިދިޔަ ފަސް އަހަރު ވެސް ގަދަޔަށް ދެއްކި އެވެ. އެކަމަކު އެކަން ހާސިލް ނުވެ ވަނީ ފެއިލްވެފަ އެވެ. އެކަން ހާމަކުރީ ވޯލްޑް ބޭންކުންނެވެ. 

ވޯލްޑް ބޭންކުން އެންމެފަހުން ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ބުނެފި އެވެ. މިދިޔަ މަހު އާންމުކުރި، "ބެޓެން ޑައުން ދަ ހެޗަސް" ރިޕޯޓްގައިވާ ގޮތުން ރާއްޖޭން މާލީ ޑެފިސިޓް ކުޑަކުރުމުގެ ޕްލޭންތައް އޮތްއިރު، މިހާތަނަށް ރާއްޖެއިން ކަނޑައެޅި އަމާޒުތައް ހާސިލް ނުކުރެވިފައި ވާއިރު، މެދު ރާސްތާގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބުނެފައިވެ އެވެ. 

ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ އެންމެ ބޮޑު ޑިވްލޮޕްމަންޓް ޕާޓަރު ކަމަށްވާ ވޯލްޑް ބޭންކް އިން ބުނީ އަހަރުގެ ކުރީކޮޅު ސަރުކާރުން މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ރޭޓް ބޮޑު ކޮށްފައި ވިޔަސް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް، ހާއްސަކޮށް ސަބްސިޑީ އަށް ގެންނަން މި އަހަރަށް ރޭވި އިސްލާހުތައް ލަސްވެފައި ވާތީ، ހާއްސަކޮށް ހަރަދު ކުޑަކުރުމަށް ވިސްނައިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށެވެ. 

ވޯލްޑް ބޭންކުން އަޅަން ގޮވާލާ ފިޔަވަޅުތަށް

  •  ގައުމީ ހެލްތު އިންޝުއަރެންސް ޕްރޮގްރާމް ކަމަށްވާ އާސަންދައަށް އިސްލާހީ ބަދަލުތައް ގެނައުން
  •  ހަކަތަ އާއި ކާބޯތަކެތީގެ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ބެލެހެއްޓުން
  •  ސަބްސިޑީއަކީ މީހުންނަށް އެކަނި ދެވޭ ސަބްސިޑީގެ ނިޒާމަކަށް ހެދުން
  •  ތަރައްގީގެ މަޝްރޫއުތައް ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކު އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރެވޭކަން ކަށަވަރުކޮށް ޕަބްލިކް އިންވެސްޓްމަންޓް އޮނިގަނޑެއް ގާއިމް ކުރުން
  •  އާމްދަނީ އިތުރުކުރަން ޓެކްސް ބޭސް ފުޅާކުރުން
  •  ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބޭނެ ވަސީލަތްތައް އެކަށައެޅުން
  •  ހަމަހަމަ ޓެކްސްގެ އުސޫލުތައް ކުރިއެރުވުން

އެ ބޭންކުން ބުނީ ރާއްޖޭގެ ރިއަލް ޖީޑީޕީ 2023 ވަނަ އަހަރު 6.5 ޕަސެންޓުގައި އަދި 2024 އިން 2025 އަށް އެވްރެޖްކޮށް 5.4 ޕަސެންޓް ގައި ކުރިއަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އިތުރުވަމުންދާ ހަރަދުތަކާއި ދަރަނި ބޮޑުވުމާއި ބޭރުގެ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.