މޫސުމާ ބެހޭ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށީގެން ނ އަތޮޅަށް ބޯކޮށް ވާރޭ ވެހި، ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް ރީންދޫ ސަމާލު ނެރެފަ އެވެ. މި ސަމާލު މިރޭ 9:00 އާ ހަމަޔަށް އޮންނާނެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ރީންދޫ ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށީގެން ނ އަތޮޅަށް ބޯކޮށް ވާރޭ ވެހި، ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް ރީންދޫ ސަމާލު ނެރެފަ އެވެ. މި ސަމާލު މިރޭ 9:00 އާ ހަމަޔަށް އޮންނާނެ އެވެ.
އުތުރުގެ އަތޮޅުތަކަށް ރީންދޫ ސަމާލު ނެރެފައި މިވަނީ މިއަދު ހެނދުނު ހަމަ މި ސަރަހައްދަށް ހުދު ސަމާލު ނެރުމަށްފަހު އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، މާލެ ސަރަހައްދަށް ކަނޑާއި ވައި ގަދަ އެވެ. މާލެ ސަރަހައްދުގައި އިރުއުތުރާއި އިރުން ގަޑިއަކު ހަތް މޭލާއި 17 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަދި، ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދު ކަމަށް އެ އޮފީހުން ބުންޏެވެ.