މި ލިސްޓުގައި ގިނައިން ހިމެނެނީ އިންޑިއާގެ ކުންފުނިތަކެވެ. އެންމެފަހުން މި ލިސްޓަށް އެޑްވެފައިވަނީ ވީއައިއޭ ޓާމިނަލް ތަރައްގީ ކުރާ ދެ ކުންފުންޏެކެވެ.
ރާއްޖޭގައި ބިޔަ މަޝްރޫއު ހިންގާ ކުންފުނިތަކަށް އިންކަމް ޓެކްސްގެ އިސްތިސްނާ ދޭން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުގެ މަތިން އެ ލިސްޓަށް 23 މަޝްރޫއެއް އަރުވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެކުލަވައިލި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (އިންކަމް ޓެކްސް ގާނޫނު) ން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލާ މި ލިސްޓުގައި މިހާރު ގިނައިން ހިމެނެނީ ރާއްޖޭގައި ބިޔަ މަޝްރޫއުތަށް ހިންގާ ފޮރިން އިންވެސްޓްމަންޓް ތަކެވެ.
މި ކުންފުނިތަކުގެ ލިސްޓުގައި މިހާރު 23 މަޝްރޫއެއް ހިމަނާފައިވާއިރު މިދިޔަ ވެރިކަމުގައި ގިނައިން މަޝްރޫއު ހިންގާފައި ވަނީ އިންޑިއާގެ ކުންފުނިތަކާއެކުގައި ކަމަށްވާތީ މަޝްރޫއު ލިސްޓުގައި މުޅިން ވެސް ހިމަނާފައި ވަނީ އިންޑިއާގެ ކުންފުނިތަކެވެ.
މި ލިސްޓަށް އެންމެ ފަހުން ވެރިކަން ބަދަލުވި ފަހުން އެޑްވެފައި ވަނީ ރާއްޖޭގައި މިހާރު ހިންގާ އެންމެ ބިޔަ މަޝްރޫއުގެ މަސައްކަތް ކަމަށްވާ ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލް އަޅާ ސައަުދީ ބިންލާދިން ކުންފުންޏާއި މި މަސައްކަތުގެ އަމަލީ ބައިގައި ހަރަކާތްތެރިވާ ކުންފުނި ޗައިނާ ހާބަރު އިންޖިއަރިން ކުންފުންޏެވެ.
އިންކަމް ޓެކްސް އިސްތިސްތާ ކުރަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (އިންކަމް ޓެކްސް ގާނޫނު) ގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ޓެކްސް އިސްތިސްނާ ދިނުމުގެ ބާރުގެ ދަށުންނެވެ. މިކަމަށް ގޮތެއް ނިންމާނީ ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއްގެ ލަފަޔާއި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.
މި ގަވާއިދުގައިވާ ގޮތުން އިންކަމް ޓެކްސް އިސްތިސްނާ ދިނުމުގައި ތިން ކަމަށް ބަލާނެ އެވެ. އެއީ އިސްތިސްނާގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރާއި އިސްތިސްނާ ދިނުމުން އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރާނެ ފައިދާ އާއި ގެއްލުން ހިމެނެ އެވެ.
ކޮނބާ 11 އަހަރު ވަންދެން އަދިވެސް ޓެކްސް މާގުކޮށްދޭ ސިފައިންގެ ފުލެޓްތަކާ ފުލުހުންގެ ފުލެޓްތަކުގެ ވާހަކަ ނުލިއުނީ ކީއްވެ؟