ގާސިމް އެދުނީ ޖޭޕީގެ އުވާލާ އެންމެން ޕީއެންސީއަށްދާން، ޕާޓީން ދޮގުކުރޭ

ޕީއެންސީގެ ރައީސް، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން، ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ "އެފަދަ އެއްވެސް މައުލޫމާތެއް ނެތް" ކަމަށެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީ އުވާލައި ޕާޓީގެ މެމްބަރުން ކޮންގްރެސް ޕާޓީ / ޕީއެންސީއަށް ދާން ރޭ ބޭއްވި ކައުންސިލް ބައްދަލު ވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކައުންސިލުގެ ހިޔާލަކަށް ހުށަހެޅުއްވި ކަމަށް ބައެއް މެންބަރުން ވިދާޅުވަމުން ދަނިކޮށް އެ ވާހަކަތައް ޖޭޕީން ދޮގު ކޮށްފި އެވެ.

މި ވާހަކަތަކާ ގުޅިގެން "މި" ނޫހުން ގާސިމް އިބްރާހިމަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވެސް ޖަވާބެއް ނުދެއްވަ އެވެ. އެކަމަކު ކައުންސިލުގެ އެހެން ބައެއް މެންބަރުން "އެއީ ހައްގު ތެދު" ކަމަށް ވިދާޅުވަނިކޮށް ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވަނީ ވާހަކަފުޅު އަނބުރާލައްވާފަ އެވެ. 

ކައުންސިލަށް ފަހު ފެތުރިފައި އޮތް އަޑަކީ ޖޭޕީ އުވާލައި، ކޮންގްރެސް ޕާޓީ / ޕީއެންސީއާ ގުޅުމާ މެދު ކައުންސިލް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ބައްލަވަން ގާސިމް ހުށަހެޅުއްވި ކަމަށެވެ. އަދި ކައުންސިލުގެ ގިނަ މެމްބަރުން އެކަމާ ދެކޮޅު ހެދުމުން އެ ހުށަހެޅުމަށް ރޭގެ ބައްދަލުވުމުގައި ބަހުސެއް ނުކުރެވުނެވެ. 

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު ވިދާޅުވީ އެފަދަ ހުށަހެޅުމެއް ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށާއި އެއީ ބައެއް މެމްބަރުންނަށް "މާނަ ކުރެވުނު" ގޮތެއް ކަމަށެވެ. އެކަމަކު "އެއީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ، ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީއަކާއެކު ކުރިޔަށް ދާނީތޯ އާއި ނޫނީ ޕާޓީއަކާއެކު ކޯލިޝަނެއް ހަދައިގެން އިންތިހާބަށް ދާނީތޯ ކަމަށެވެ. އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ދެފަރާތަކުން ހުށަހަޅާގައިވާ ކަމަށެވެ. 

އިތުރަށް އޭނާ ވިދާޅުވީ އެކުގައި މަސައްކަތް ކުރުމަކީ ޑިމާންޑަކާއި ނުލައި ދިން އެޗަކަށް މަސައްކަތް ކުރުން ކަމަށެވެ. ކޯލިޝަނަކާއެކު ދިއުމަކީ ޝަރުތާއެކު ދިއުން ކަމަށެވެ.

އަލިސޯލިހު އަދި ވިދާޅުވީ ކައުންސިލުގައި ނިންމާފައި ވަނީ ކޯލިޝަނެއް ހަދައިގެން މަޖިލީހުގެ އިންތިހާބަށް ދާން ކަމަށާއި އެއީ ކޮންބަޔަކާ އެކުގައިތޯ ނިންންމާނީ ކޮމެޓީއަކުން 7 ދުވަހުގެ ތެރޭގައި ކަމަށެވެ. އެ ކޮމެޓީ ޗެއާ ކުރައްވަނީ މެންބަރު އަލީ ހުސައިން ކަމަށެވެ. 

އަލީ ސޯލިހުގެ ވާހަކަ ތަފާތު ވެފައިވި ނަމަވެސް ޖޭޕީ އުވާލާ ހިޔާލަކަށް ގާސިމް އެއްސެވީ ޕީއެންސީގެ ރައީސާއި ޗެއާޕާސަނާއެކު މަޝްވަރާތަކެއް ކުރެއްވުމަށް ފަހުގައި ކަމަށް ބުނެވެ އެވެ. 

އަބްދުއްރަހީމް ވިދާޅުވީ - ނަމަވެސް ޕީއެންސީގެ ރައީސް، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން، ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ "އެފަދަ އެއްވެސް މައުލޫމާތެއް ނެތް" ކަމަށެވެ.

މިދިއަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމަށް ލިބި ވަޑައިގަތީ 5,000 ވޯޓެވެ. އޭގެ ފަހުން ދެ ދަވަނަ ބުރުގައި އެ ޕާޓީ ވެސް ގާސިމް ވެސް ވަކި ކޮޅަކަށް ނާރުއްވަވަ އެވެ. ނަމަވެސް، އެކި މެންބަރުން ރައީސް މުއިއްޒުއަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.