ވަޒީރުންނަށް ރުހުން ހޯދާ މައްސަލަ ކޮމެޓީއަށް

ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވާފައިވާއިރު، ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ދަނީ މަޝްވަރާ ކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ ކެބިނެޓް --

މިދިޔަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަން ކޮށްފައިވާ 22 ބޭފުޅުންގެ ނަން، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ރައީސް ޑރ. މުއިއްޒު ފޮނުއްވާފައި ވަނީ އިއްޔެ އެވެ.

މިއަދުގެ ޖަލްސާގައި ރައީސްގެ ސިޓީ އިއްވުމުން ރައީސް ވަނީ މައްސަލަ ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވާލާފަ އެވެ. 

ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވާފައިވާއިރު، ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ދަނީ މަޝްވަރާ ކުރަމުންނެވެ. އެއީ މިހާތަނަށް ބައެއް މިނިސްޓަރު އަމަލު ކުރައްވަމުންދާ ގޮތުންނެވެ.

އެންމެ ގިނަ މެންބަރުންގެ ރޫހު ހުރީ މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނާއި، މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދާއި މިނިސްޓަރު އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑޮކްޓަރު އަލީ ހައިދަރު އަހްމަދަށް ރުހުން ނުދިނުމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ބައެއް އާ މިނިސްޓްރީތަކާއި އަދި ކުރިން ހުރި މިނިސްޓްރީތަކުގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.