އެހާތަނަށް ރައީސް މުއިއްޒު ދިރިއުޅުއްވާނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު -- މާފަންނު ދިމްޔާތު ގައެވެ. ވަރަށް އުސްކޮށް އިމާރާތް ކޮށްފައިވާ އެ ގެކޮޅަކީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ފުރިހަމަ ކޮށްފައިވާ އިމާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު -- މުލިއާގެއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދިރިއުޅުއްވުން ބަދަލު ކުރައްވާނީ ޑިސެންބަރު ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ރަސްމީ ގެކޮޅަކީ މުލިއާގެ އެވެ. މުލިއާގެ އިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ނިކުމެވަޑައިގަތުމާ އެކު ގެކޮޅު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ރައީސް ސޯލިހްގެ ދެކަނބަލުން ވަނީ ދައުރު ހަމަވުމުގެ ހަފްތާ އެއްގެ ކުރީން މުލިއާގެ އިން ނިކުމެވަޑައިގެންފައެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް ދެތީން ހަފްތާގެ ތެރޭގައި މުލިއާގެ މަރާމާތު މުޅީން ނިންމާލެވޭނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންނެވޭނެ ކަމަށް ލަފާ ކުރެވެނީ ޑިސެންބަރު މަހުގެ މެދުތެރޭގައި ކަމަށެވެ.
އެހާތަނަށް ރައީސް މުއިއްޒު ދިރިއުޅުއްވާނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު -- މާފަންނު ދިމްޔާތު ގައެވެ. ވަރަށް އުސްކޮށް އިމާރާތް ކޮށްފައިވާ އެ ގެކޮޅަކީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ފުރިހަމަ ކޮށްފައިވާ އިމާރާތެކެވެ.
ރައީސްގެ ތިން ބޭފުޅުން ތިއްބަ އެވެ. އެއީ އަންހެން ބޭފުޅަކާއި ފިރިހެން ދެ ބޭފުޅުންނެވެ. އުމުރުން 18 އަހަރު ނުވާތީ ރައީސްގެ ބޭފުޅުން އުޅުއްވާނީ އެމަނިކުފާނާ އެކު މުލިއާގޭގައެވެ.
ހާދަބޮޑަކަށް ތިޔަތަން ވެސްހަލާކު ކޮލިޔޭ އުތަ ތިޔަވަރަ މަރާމާތުކުރަން ޖެހެތީ