ސެޓަލައިޓް މެސެޖާއެކު އައިފޯން 14 އާންމުންނާ ހަމައަށް

އައިފޯން 14 ގެ މޮޑެލްތަކާ އެކު އެޕަލް އިން ސްމާޓްފޯން މާކެޓްގައި ވާދަވެރިންގެ އަތް ނުފޯރާ ހިސާބަށް ދެމިގެންފި އެވެ. އައިފޯން 14 ޑިޒައިން ކޮށްފައި ވަނީ ޒަމާނަށް ވުރެ ކުރިއަށް ވިސްނައިގެންނެވެ. އެޕަލް އަކީ "ސްމާޓްފޯން ފޮ ހިއުމަން" -- އިންސާނުން ބޭނުންކުރަން ސްމާޓްފޯން އުފައްދާ ކުންފުންޏެކެވެ.

ކެޕްޝަން: އައިފޯން 14 އެޕަލް އިން ފަރުމާކޮށްފައި ވަނީ ލޮލަށް ފެންނަ ގޮތަށް ވުރެ އަޑި ރީތިކޮށް

އައިފޯން 14 އަށް ބަލާލާފައި އެއީ އައިފޯން މަރުކާގެ އާ އައިފޯނެއް ކަމަށް ބުނަން ދަތިވެދާނެ އެވެ. އައިފޯނުގެ އެހެން މޮޑެލްތަކާ މެދު ވެސް މި ބީދައިން ބުނެވުން އެކަށީގެންވެ އެވެ. އެހެން ނަމަވެސް، ބޭރުފުށުން ލޮލަށް ފެންނަ ސިފައަށް ވުރެ ބޮޑަށް އެޕަލް އިން އައިފޯން 14 ވަނީ ބާރުގަދަ ކޮށްފަ އެވެ. އައިފޯން 14 ގައި އަޅައިގަންނަ ތަންކޮޅަކަށް ފާހަގަ ކުރެވެނީ އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސްގައި، ނޮޗްގެ ބަދަލުގައި އިންނަ "ޑައިނަމިކް އައިލޭންޑް" އެވެ.

އައިފޯން 14 ރޭގައި އާންމު ކުރަމުން ހަތަރު މޮޑެލްއެއް ދައްކާލި އެވެ. އެއީ އައިފޯން 14 އެވެ. އަދި އައިފޯން 14 ޕްލަސް، އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް އެވެ. އައިފޯން 14 އަކީ މި މަރުކާގައި އެންމެ އަގު ހެޔޮ އައިފޯނެވެ. އައިފޯން 14 ޕްރޯ މެސް އެންމެ އަގުު ބޮޑު އައިފޯނެވެ.

އައިފޯނުގެ އަގުތަކާ އެއްފަދައިން ފޯނުގެ މޮޅުކަން ވެސް އެ ތަރުތީބުން ކުރި ހޯދަ އެވެ. އެހެން ނަމަވެސް ހުރިހާ މޮޑެލްއަކަށް ވެސް އެއްގޮތް ފީޗާތަކެއް ވެސް ވަނީ ތައާރަފު ކޮށްފަ އެވެ. އައިފޯން 14 އަދި އައިފޯން 14 ޕްލަސްގައި އާ ޗިޕެއް ނުހިމަނަ އެވެ. މި ދެ ފޯނުގައި ހިމަނާފއި ވަނީ މިދިޔަ އަހަރު އައިފޯން 13 ގައި ހިމެނި، އޭ15 ބަޔޮނިކް ޗިޕެވެ.

އެޕަލް އޭ16 ބަޔޮނިކް ޗިޕް ލިބިފައި ވަނީ އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް އަށެވެ. އައިފޯން 14 ގެ މޮޑެލްތަކަށް ޚާއްސް ފީޗާއެއް ގޮތުގައި ސެޓެލައިޓް މެދުވެރިކޮށް އެސްއޯއެސް މެސެޖް ފޮނުވުން ހިމެނެ އެވެ. އެއީ ފޯނުގެ ރޭންޖް ނެތް ތަންތަނުގައި އެހީއަށް ބޭނުންވެއްޖެ ނަމަ އަތަށް ފަސޭހަ ފީޗާައަށް ވާނެ އެވެ.

އެޕަލް ގަޑީގެ ސީރިޒް 8

އައިފޯން 14 ގެ އިތުރުން އެޕަލް ވޮޗް ސިރީޒް 8 ގައި ކްރޭޝް ޑިޓެކްޝަން ވެސް ވަނީ ހިމަނާފަ އެވެ. އެއީ އެކްސިޑެންޓެއް ވެއްޖެ ނަމަ އެހީ ހޯދުމަށް އަންގައިދޭ ފީޗާއެކެވެ. އެޕަލުން އައިފޯން 14 ގެ މޮޑެލްތައް ލޮލަށް ފެންނަ ގޮތަށް ވުރެ ފޯނުން ކުރެވޭ ބޭނުންތަކަށް ވަނީ އިސްކަން ދިފަ އެވެ. ވަރަށް ގިނަ ފީޗާތަކާ އެކު ކޮންމެ ފީޗާއެއް ވެސް ލައްކަ ދިގުކޮށް ލިޔެވިދާނެ އެވެ.

އެޕަލް ގަޑިތައް ވެސް ކުދި ބަދަލުތަކުން ޑިޒައިނަށް ކުދި ބަދަލު ގެނެސްފަ އެވެ. އަދި މުޅިން އާ ސިފައެއް ގޮތުގައި އަކުރުތައ ބޮޑެތިކޮށް ވަނީ ލޮލަށް ފަސޭހަ ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.