މި ދެ ބޭފުޅަކީ ވެސް ރައީސް މުއިއްޒުގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ. މުއިއްޒުގެ ދިފާއުގައި ކުރެއްވި މަސައްކަތްތަކާ އެކު ރަމީޒު ވަނީ ކުރީން ޕީޕީއެމުން ވެސް ވަކިވެވަޑައިގެންފައެވެ. މިހާރު ހުންނެވީ ޕީއެންސީ ގައެވެ.
މާލެ ސިޓީ ކައުންސިލް މެންބަރުންގެ ގޮތުގައި ތިއްބެވި އާދަމް ރަމީޒާއި އަބްދުﷲ ނާސިރު މެންބަރު ކަމުން އިސްތިއުފާ ދެއްވައިިފި އެވެ.
މި ދެ ބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނީ މާދަމާ ރައީސް މުއިއްޒުގެ ޒައާމަތު ފައްޓަވާއިރު ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަތުމަށެވެ. އެނގިފައިވާ ގޮތުގައި ދެ ބޭފުޅުން ވެސް އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމަށެވެ.
މި ދެ ބޭފުޅަކީ ވެސް ރައީސް މުއިއްޒުގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ. މުއިއްޒުގެ ދިފާއުގައި ކުރެއްވި މަސައްކަތްތަކާ އެކު ރަމީޒު ވަނީ ކުރީން ޕީޕީއެމުން ވެސް ވަކިވެވަޑައިގެންފައެވެ. މިހާރު ހުންނެވީ ޕީއެންސީ ގައެވެ.
މާލެ ސިޓީ ކައުންސިލް މެންބަރުންގެ ގޮތުގައި ތިއްބެވި އާދަމް ރަމީޒާއި އަބްދުﷲ ނާސިރު މެންބަރު ކަމުން އިސްތިއުފާ ދެއްވުމުން އެ ދެ މެންބަރުން ތަމްސީލު ކުރި ދެ ދާއިރާގެ މެންބަރު ކަން ހުސްވާނެ އެވެ. އަދި ރައީސް މުއިއްޒު، މާދަމާ މަގާމުގެ ހުވާ ކުރެއްވުމާ އެކު މާލެ ސިޓީގެ މޭޔަރުގެ މަގާމު ވެސް ހުސްވާނެ އެވެ.
އެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބައި އިލެކްޝަން ބާއްވާނެ އެވެ.
އާ ސަރުކާރާ އެކު މަޖިލީހުން ވެސް ބައެއް ގޮނޑިތައް ހުސްވާނެ އެވެ. ނަމަވެސް އެކަށީގެންވާ މުއްދަތެއް ނެތުމުން އެ ދާއިރާތަކުގެ ބައި އިލެކްޝަނެއް ނުބާއްވާނެ އެވެ.