ކުއްލިއަކަށް ފުލުހުންގެ ފައިނޭންސް ޑިޕާޓްމަންޓުގެ ވެރިޔާ މަސްއޫލިއްޔަތުން ދުރުކޮށްފި

"މި" ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ ލީޑަޝިޕްގައި ދެންނެވީ މިފަދަ ވަގުތެއްގައި އޮފިސަރުންނަށް އެހާ ބޮޑު ޕްރޮމޯޝަނެއް ދީ އެހާ ހަރަދެއް ކުރުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.

ޗީފް އިންސްޕެކްޓަރު އަހުމަދު މުހައްމަދު

ކުއްލިއަކަށް ދޭން ފެށި ޕްރޮމޯޝަންތަކާ ދެކޮޅު ހެއްދެވުމުން ފުލުހުންގެ ފައިނޭންސް ޑިޕާޓްމަންޓުގެ ވެރިޔާ ޗީފް އިންސްޕެކްޓަރު އަހުމަދު މުހައްމަދު މަގާމުގެ މަސްއޫލިއްޔަތު ތަކުން ދުރު ކޮށްފި އެވެ. 

އަހުމަދު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރު ކުރީ އިއްޔެ އެވެ. އޭނާއަށް މިހާރު އަންގާފައި އޮތީ ހަމައެކަނި ހާޒިރީގައި ސޮއިކުރުން ފިޔަވައި އިތުރު ކަމެއް ނުކުރާށެވެ.

އޭނާގެ މައްޗަށް އެ ފިޔަވަޅު އެޅީ ވެރިކަން ބަދަލުވާ މަރުހަލާގައި ފުލުހުންގެ ހިދުމަތުގެ ތެރެއިން ވަކި ބަޔަކަށް ޕްރޮމޯޝަން ދޭން އެ ހިދުމަތުން ނިންމުމުން އެކަން ކުރިއަށް ނުގެންދާން އޭސީސީން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަށް ކޮށްފައި އޮއްވާ ވެސް ޕްރޮމޯޝަން ކުރިޔަށް ގެންދާތީ އެކަމާ ދެކޮޅު ހަދައިގެނެވެ.

އޭނާ މަސްއޫލިއްޔަތުން ދުރު ކުރި ކުރުމުގެ ކުރީން ޕްރޮމޯޝަން ކުރިއަށް ނުގެންދަން އޭސީސީގެ އަމުރެއް އޮއްވާ ފައިނޭންސް ޑިޕާޓްމަންޓުން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަން އުޒުރުވެރިވާ ކަމަށް ލީޑާޝިޕަށް އޭނާ ދެންނެވި ކަމަށް ވެއެވެ. 

"މި" ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ ލީޑަޝިޕްގައި ދެންނެވީ މިފަދަ ވަގުތެއްގައި އޮފިސަރުންނަށް އެހާ ބޮޑު ޕްރޮމޯޝަނެއް ދީ އެހާ ހަރަދެއް ކުރުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ. 

ފުލުހުންގެ ހިދުމަތުން މިކަމާ އަދި ވާހަކައެއް ނުދައްކަ އެވެ.

އޭނާ އެކަހެރި ކުރި އިރު، ރޭ ފުލުހުންނަށް ދިން އަދި މިރޭ ދޭން ނިންމާފައިވާ ޕްރޮމޯޝަން ތަކަކީ މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖައްސާފައިވާ ޕްރޮމޯޝަންތަކެއް ކަމަށް ބުނެ، ފުލުހުންގެ ގިނަ ބަޔަކަށް ޕްރޮމޯޝަން ދިނުން ވަށައި ޖައްސާން އެ ހިދުމަތުން މަސައްކަތް ކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލުވާން ދެ ދުވަހަށް ވެފައި ވަނިކޮށް އަވަސް އަރުވާލައިގެން ރޭ ވަނީ ގިނަ އަދަދެއްގް ފުލުސް އޮފިސަރުންނަށް ޕްރޮމޯޝަން ދީފަ އެވެ އަދި މިރޭ ވެސް ގިނަ އަދަދެއްގެ އޮފިސަރުންނަށް ޕްރޮމޯޝަން ދޭ ހަފުލާއެއް އިސްކަންދަރު ކޮށީގައި ބާއްވަ އެވެ. ދެ ރޭ މަތީން 100 އަށްވުރެ ގިނަ އޮފިސަރުނަނަށް ޕްރޮމޯޝަން ދެ އެވެ.

އެކަމާ ގުޅިގެން މިއަދުގެ ވަރަށް ހެނދުނުން ފެށިގެން ނޫސްވެރިން ސުވާލު ކުރަމުން ދަނިކޮށް މެންދުރުވެފައި ހުއްޓާ މީޑީއާއަށް މެސެޖެއް ފޮނުވައިގެން ފުލުހުން ބުނީ "ޕްރޮމޯޝަން ތަކަކީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް" ކަމަވެ.

އަދި އެ މެސެޖްގައި ބުނެފައި ވަނީ "ޕްރޮމޯޝަން އޭރު ހަވާލު ނުކުރީ ރިޔާސީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ." ކަމަށެވެ. މީގެ އިތުރުން ބުނީ އެ ޕްރޮމޯޝަން ތަކަކީ އެ ހިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތަށް، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޮމޯޝަން ތަކެއް ކަމަށެވެ.

ފުލުހުންގެ ހިދުމަތުން އެހެން ބުނި އިރު މި ޕްރޮމޯޝަން ދީފައި ވަނީ އެފަދައިން ޕްރޮމޯޝަންތައް ދިނުން މަޑުޖައްސާލަން އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ދުރާލައި އެކަމަށް އެދިފައި އޮއްވަ އެވެ. އަދި އެންޓިކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ވެސް ހިލާފަށެވެ.

ރޭ އޮތް ބައްދަލުވުމެއްގައި ފުލުހުންގެ އެއް ބަޔަކަށް ވަނީ ޕްރޮމޯޝަން ދީފަ އެވެ. ރޭ ޕްރޮމޯޝަން ދީފައި ވަނީ އެސިސްޓެން ކޮމިޝަނާގެ މަގާމާއި ޗީފް ސްޕްރިންޓެންޑެންޓުންގެ މަގާމުގައި ތިއްބެވި ފުލުސް އޮފިސަރުންނަށެވެ. އެ ގޮތުން ރޭ އެސިސްޓެންޓް ކޮމިޝަނާ ކަމަށް ހަތް ބޭފުޅަކު ޕްރޮމޯޓް ކުރި އިރު ގިނަ އަދެއްގެ އެހެން ފުލުސް އޮފިސަރުންނަށް ޕްރޮމޯޝަން ދީފައި ވެއެވެ.

"މި" ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ޕްރޮމޯޝަން ދިނުމުގެ ބައްދަލުވުމެއް މިރޭ ވެސް އިސްކަންދަރު ކޮށީގައި ބާއްވާނެ އެވެ. ޕްރޮމޯޝަނުގެ މި ދެ ބައްދަލުވުމުން 100 އަށް ވުރެ ގިނަ ފުލުހުންނަށް ޕްރޮމޯޝަން ދޭނެ އެވެ. އޭގެ ތެރޭގައި ޗީފް އިންސްޕެކްޓަރުންނާއި ސަބް އިންސްޕެކްޓަރުންނާއި އިންސްޕެކްޓަރުންގެ ރޭންކްތައް ވެސް ހިމެނެ އެވެ.  

އެސިސްޓެންޓް ކޮމިޝަނާ ކަމަށް ޕްރޮމޯޓް ކުރީ

  • 1.ޔޫނުސް ސޮބާހު
  • 2.އާސިމް އަބްދުﷲ
  • 3.މުހައްމަދު ރަޝީދު
  • 4.އަހްމަދު ޝަމީމް
  • 5.މުހައްމަދު ބަޝީރު
  • 6.ހުސައިން ރަޝީދު
  • 7.މޫސާ އަލީ
  •  އެސިޓެންޓް ކޮމިޝަނާ ކަމށް: 7 އޮފިސަރުން ޕްރޮމޯޓް ކުރި
  •  ޗީފް ސްޕްރިޓެންޑެންޓްގެ ރޭންކަށް 8 އޮފިސަރުން ޕްރޮމޯޓް ކުރި
  •  ޗީފު އިނިސްޕެކްޓަރުންގެ ރޭންކަށް 53 ފުލުހަކު ޕްރޮމޯޓް ކުރި

މި ޕްރޮމޯޝަންތައް ދޭން ފެށި އިރު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ޝަރަފުވެރި ކަމާއެކު ވަކިވެވަޑައިގަންނަވާނީ މިއަދު އެވެ. ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ސޮއިކޮށް ފުލުހުންގެ ކޮމާންޑްތަކަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވާ ގޮތުން ސީޕީ ހަމީދު މި މަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ޝަރަފުވެރި ކަމާއެކު ވަކިވެވަޑައިގަންނަވާނެ އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ހަމީދު، ފުލުސް ވަޒީފާއިން ވަކި ކުރެެއްވި އެވެ. އެއީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް އާންމު ކުރެެއްވުމުގެ ތުހުމަތު ގައެވެ. ފުލުހުންގެ އެތެރޭގެ ކަންކަމާއި ސިއްރު މައުލޫމާތު ހަމީދު، އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއާ ހިއްސާ ކުރުމުގެ ތުހުމަތު އޮވެއެވެ. އެނާ އަނބުރާ ފުލުހަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ފެށުމުންނެވެ. -- ހަމީދަކީ ރައީސް ސޯލިހްގެ އަނބިކަނބަލުންގެ ކޮއްކޯފުޅުގެ ފިރިކަލުންނެވެ.    

ކޮމެންޓް

1
450
ދީވާނާ ހިތް
1 year ago

ޑރ މުއިޒަށް ޖެއްސުން ކުރަންވެގެން ކުރާކަން ކަން. މިހެން ކަން ކުރުމުން ދެން ޑރ މުއިޒަށް ފަހުން މިއަށް ބަދަލެއް ނުގެނެވޭނެން އެހަދަނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.