ބ. ކަމަދޫގައި ހުޅުވި ކްލާކްސް ހޮޓާ ނިސްބަތް ވަނީ ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން ދަ ހޯކްސް ކުންފުންޏަށެވެ. މި ހޮޓާ މެނޭޖް ކުރާނޫ އިންޑިއާގެ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ކްލާކްސް އެގްޒޮޓިކާއިންނެވެ.
ހޮޓަލުގެ މަތީގައި ތިބޭއިރު ކަނޑުގެ ވަށައިގެންވާ ރީތި މަންޒަރު ފެންނަ ގޮތަށް ހަދާފައިވާ ކްލާކްސް އެގްޒޮޓިވާ ކަމަދޫ ހޮޓާ ހުޅުވައިފި އެވެ.
ކަމަދޫގައި ހުޅުވި ކްލާކްސް ހޮޓާ ނިސްބަތް ވަނީ ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން ދަ ހޯކްސް ކުންފުންޏަށެވެ. އަދި މި ހޮޓާ މެނޭޖުކޮށް ބަލަހައްޓާނީ ލަގްޒަރީ ހޮޓާތައް މެނޭޖުކޮށް ބަލަހައްޓާ އިންޑިއާ ކުންފުންޏެއް ކަމަށްވާ ކްލާކްސް އެގްޒޮޓިކާ ކުންފުނިންނެވެ.
ހޮޓާ މެނޭޖު ކުރުމުގައި 100 އަހަރުގެ ތަޖުރިބާކާރު މި ކުންފުންޏަކީ 90 އަށްވުރެ ގިނަ ހޮޓާ މެނޭޖުކޮށް ބަލަހައްޓަ އެވެ.
ޔުނެސްކޯއިން ހިމާޔަތް ކޮށްފައިވާ ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގައި ހަދާފައިވާ މި ފުރިހަމަ ހޮޓަލުގައި ތިން ބާވަތެއްގެ ކޮޓަރިތައް ހުރެ އެވެ.
މި ހޮޓަލުގައި ހުންނަ ޑުލެކްސް ސީވިއު ކޮޓަރިތަކުގެ ސައިޒަކީ 399 އަކަފޫޓެވެ. ކަމަދޫ އައިލެންޑްގައި ހުންނަ މި ޕްރީމިއަމް ރޫމްތަކަކީ ބޮޑު ދެ މީހުންނާއި ކުޑަ ދެ ކުދިންނަށް ހިތް ފަސޭހަކޮށް ތިބެލެވޭނެ ޖާގަ އޮވެ އެވެ. އަދި އެގްޒެކެޓިވް ސީވިއު ވިތް ރޫމްއަކީ 420 އަކަފޫޓުގެ ބޮޑު ކޮޓަރިއެކެވެ. އަދި 730 އަކަފޫޓުގެ ޕެންތް ހައުސް ވިތް ޓެރަސް ފަރުމާކޮށްފައި ވަނީ ވަށައިގެންވާ މަންޒަރު ފެންނަ ގޮތަކަށެވެ.
ކްލާކްސް އެގްޒޮޓިކާ ކަމަދޫ ހޮޓަލުގައި ދެ ރެސްޓޯރެންޓެއް ހުރެ އެވެ. ރެސްޓޯރެންޓްތަކުގެ ތެރެއިން ދަ ބްރިޖްގެ ނަން ދީފައިވާ ރެސްޓޯރަންޓަކީ މަލްޓި ކުޒީން ރެސްޓޯރެންޓެކެވެ. މީގެ އިތުރުން މިތަނުގައި އައުޓްޑޯ ޕޫލްއަކާއި ލައުންޖް އޭރިއާއެއް އަދި ޕޫލް ޑެކް ލައުންޖެއް ވެސް ހުރެ އެވެ.