"ކެނެރީގެ އިން ނުކުތް ޑިމޮކްރަސީގެ އަސްލު ސޫރަ. ފިނޑި ލަދު ކުޑަ ދެބެން،" ރައީސް ނަޝީދާއި ކޮއްކޯފުޅު އީވާ އަށް އިޝާރާތް ކުރައްވާ މޫސާ އަލިމަނިކު ވިދާޅުވި އެވެ.
ގާނޫނާއި އުސޫލުތައް މުގުރުމު ގައި އިޒްރޭލްގެ ހަރުކަށި / އަނިޔާވެރި ޒަޔަނިސްޓް ބެންޖަމިން ނަތަންޔާހޫއަށް ވުރެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ކުރީގައި ކަމަށް އާރުޑީސީގެ އެމްޑީ މޫސާ އަލީ މަނިކު ވިދާޅުވެއްޖެ އެވެ.
އޭނާގެ ފާޑުކިޔުން، ރައީސް ނަޝީދަށް އަމާޒު ކުރެއްވީ އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދަން ހުރަސް އަޅާ މައްސަލާ ގައެވެ.
މޫސާ އަލިމަނިކު ވިދާޅުވި ގޮތުގައި ވެއްޓެމުން ވެއްޓެމުން ގޮސް ރައީސް ނަޝީދު މިހާރު ވެއްޓިފައި ވަނީ ރައީސް މައުމޫނަށް ވުރެ ދަށަށެވެ. އަދި އެމަނިކުފާނު ކުރީން އުޅުއްވީ ޑިމޮކްރަސީގެ މާސްކެއް އަޅުއްވައިގެން ކަމަށާ އެ މާސްކު ނެއްޓި މިއަދު އަސްލު ސޫރަ ފެންނަން ފަށާފައިވާ ކަމަށެވެ.
"ޑިމޮކްރަސީގެ މާސްކު ނެއްޓި އަސްލު ސޫރަ ފެނުނުއިރު ސުބުހާނަﷲ ނަތަންޔާހޫ އަށް ވުރެ ގާނޫނާއި އުސޠލު މުގުރުމުގައި [ރައީސް ނަޝީދު] ހުރީ ކުރީ ގައި،"
އޭނާ އަދި ވިދާޅުވީ ނަޝީދު މިހާރު ހުންނެވީ ވޯޓަކަށް އަހާލާނެ ހިތްވަރު ނެތި ފިއްލަވައިގެންނެވެ.
މޫސާ އަލިމަނިކު ވަނީ ބޭރުކޮށްލާފައިވާ ގަރާރެއްގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ މިއަދު އޮތް މަޖިލީހުގެ ދެވަނަ ޖަލްސާ ނިންމާލުމުން އީވާ އަށް ވެސް ފާޑު ވިދާޅުވެފައެވެ.
"ކެނެރީގެ އިން ނުކުތް ޑިމޮކްރަސީގެ އަސްލު ސޫރަ. ފިނޑި ލަދު ކުޑަ ދެބެން،" ރައީސް ނަޝީދާއި ކޮއްކޯފުޅު އީވާ އަށް އިޝާރާތް ކުރައްވާ މޫސާ އަލިމަނިކު ވިދާޅުވި އެވެ.