އިސްލާމް ވުމަށް ފަހު ރައިސް ވަނީ ޓިކްޓޮކްގައި "ވޯލްޑް ރިލިޖަން ބުކް" ގެ ނަމުގައި ކުލަބެއް އުފައްދާފަ އެވެ. އޭނާ ބޭނުން ވަނީ އިސްލާމް ދީނާ މެދު އުފައްދާ ނަފުރަތާއި އަދި މުސްލިމުންދާ ދޭތެރޭ ދެކޭ ގޮތް، ބަދަލު ކުރުވާށެވެ.
އެމެރިކާގެ މަޝްހޫރު ޓިކްޓޮކް ތަރިއެއް އަދި އިންފުލުއެންސަރެއް ކަމަށްވާ މޭގަން ރައިސް އިސްލާމް ވެއްޖެ އެވެ.
ޓިކްޓޮކްގައި އިންފުލުއެންސް ބޮޑު ކަމުން މޭގަން އަކީ މިހާރު ވަރަށް މަޝްހޫރު ތަރިއެކެވެ. އޭނާ ކުއްލި ގޮތަކަށް އިސްލާމްވީ މިދިޔަ ހުކުރު ދުވަހު އެވެ. ރައިސް އިސްލާމްވުމާ އޭނާއަށް ވަރަށް ގިނަ ބަޔަކު މަރުހަބާ ކިޔައި ހެދި އިރު އޭނާއަށް ދުރަށް ވެސް ބަޔަކު ދިޔަ އެވެ.
ރައިސް ބުނެފައިވާ ގޮތުގައި އޭނާ އިސްލާމް ދީން ހިޔާރު ކުރި މައިގަނޑު ސަބަބަކީ ކީރިތި ގުރުއާން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނަނީ ފަލަސްތީނުގެ ރައްޔިތުން އިސްލާމް ދީނު މަތީގައި ކުރާ ހިތްވަރާއި ދައްކާ ސާބިތުކަން އެއީ އޭނައަށް ލިބުނު ހިތްވަރެއް ކަމަށެވެ. އޭނާ ބުނީ އިސްލާމް ދީނަކީ އެންމެ ސާފު އެންމެ މާތް އެންމެ ރީތި ދީން ކަމަށެވެ.
އިސްލާމް ވުމަށް ފަހު ރައިސް ވަނީ ޓިކްޓޮކްގައި "ވޯލްޑް ރިލިޖަން ބުކް" ގެ ނަމުގައި ކުލަބެއް އުފައްދާފަ އެވެ. އޭނާ ބޭނުން ވަނީ އިސްލާމް ދީނާ މެދު އުފައްދާ ނަފުރަތާއި އަދި މުސްލިމުންދާ ދޭތެރޭ ދެކޭ ގޮތް، ބަދަލު ކުރުވާށެވެ.
ހުރިހާ މަޢުލޫމާތެއް ރަނގަޅުތޯ؟
މިކަހަލަ އާޓިކަލެއް ލިޔާއިރު އޭގައި ބުނާ މީހާގެ މައުލޫމާތު ހޯދާލަން އިތުރަށް ބޭނުންވާނެކަން އެނގެންވާނެ. މީނަގެ ޓިކްޓޮކް އެކައުންޓްގެ ލިންކު މިއާއިއެކު ލިޔެލިނަމަ މުސްލިމުންގެ ތެރޭގައި މީނަ ފޮލޯކުރާހިތް މިހާރު އޮންނާނެތީ އެބޭނުންވާނެ