ރައީސް މުއިއްޒު ރައީސުލްޖުމްހޫރިއްުޔާ ކަމުގެ ހުވާ ކުރައްވާ އެ މަނިކުފާނުގެ ރިޔާސީ ދައުރު ފައްޓަވާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ. އެ މަނިކުފާނު ހުވާ ކުރެއްވުމުގެ ދަރުބާރު ޖަލްސާ އޮންނާނީ މާލޭގެ ޖުމްހޫރީ މައިދާނުގަ އެވެ.
ރާއްޖެއަށް ހަމަޖެހުން ބޭނުންވާ ކަމަށާއި ގައުމު ކުރިއެރުވުމަށް ރާއްޖޭގެ އެންމެން އަކަތިގަނޑަކަށްވެ އެކުގައި ކުރިޔަށް ދިއުމަށް އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ގޮވާލައްވައިފި އެވެ.
ރާއްޖޭހެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނުގެ ފަރާތްޕުޅުން މިއަދު ވަނީ ވީޑިއޯ މެސެޖެއް އާންމު ކުރައްވާފަ އެވެ.
ރާއްޖޭގެ ޖުމްހުރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.
ނަމަވެސް 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ވޯޓް ސުޕްރީމް ކޯޓުން ބާތިލުކޮށް އަލުން ވޯޓް ނަގަން ޖެހުމުން އޭރު އޮތް ސަރުކާރުގެ ދައުރު ސުޕްރީމް ކޯޓުން ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް ދަމާލައި ދިނުމުން އޭގެ ފަހުން އިންތިހާބުވެ ވަޑައިގެންނެވި ރައީސުން މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާ ރިޔާސީ ދައުރު ފައްޓަވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. -- އަލުން ނޮވެމްބަރު 11 އަށް ރުޖޫއަވުމަށް ގާނޫނީ ހައްލެއް ރައްުޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުން ހޯދައިދީފައެއް ނުވެއެވެ.
އިންތިހާބީ ރައީސް / ރައީސް މުއިއްޒުގެ އެ ވީޑިއޯ މެސެޖްގައި ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވުމާއެކު ވިދާޅުވީ "ޖުމްހޫރީ ވެރިކަމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެން ދާނީ ރައްޔިތުންނާ ސަރުކާރާ ގުޅިގެން ގައުމު އިސް ކޮށްގެން މަސައްކަތްތަކެއް ކުރެވިގެން" ކަމަށެވެ.
މުއިއްޒުގެ މެސެޖްގައި ދިވެހިރާއްޖެ މިއަދާ ހަމައަށް އާއިރު އަދި ރާއްޖޭގައި މި އޮތް ޖުމްހޫރީ ނިޒާމް މިއަދާ ހަމައަށް ގެނެސް ދިނުމުގައި މަސައްކަތް ކުރެއްވި ހުރިހާ ރައީސުންނާއި ހުރިހާ ކެބިނެޓެއްގައި ހިމެނި ވަޑައިގެންނެވި ވަޒީރުންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާ އެފަދައިން ދިވެހިރާއްޖެ މިހިސާބަށް ގެނެސް ދިނުމުގައި / ޖުމްހޫރީ ވެރިކަން މިހިުސާބަށް ގެނައުމުގެ މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުނަންށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ޝުކުރު ދަންނަވާ ކަމަށެވެ.
ރައީސް މުއިއްޒު އަދި ވިދާޅުވި އެވެ:
"އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ބޭނުންވޭ... ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ އެހެންވީމާ މިގޮތުގައި ކުރިޔަށް ދިއުމަށް ހުރިހާ ބޭފުޅުނަށް މި ދުވަހުގެ ތަހުނިޔާ އަރިސް ކުރަމުން އިލްތިމާސް،"
ރައީސް މުއިއްޒު ރައީސުލްޖުމްހޫރިއްުޔާ ކަމުގެ ހުވާ ކުރައްވާ އެ މަނިކުފާނުގެ ރިޔާސީ ދައުރު ފައްޓަވާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ. އެ މަނިކުފާނު ހުވާ ކުރެއްވުމުގެ ދަރުބާރު ޖަލްސާ އޮންނާނީ މާލޭގެ ޖުމްހޫރީ މައިދާނުގަ އެވެ.
ރައީސް މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އަދި ރާއްޖޭގެ އަށް ވަނަ ރައީސެވެ. އަދި ރައީސް މުއިއްޒަކީ ރާއްޖޭގެ ތާރީހުގައި ވެރިރަށް މާލޭގެ އިންތިހާބީ މޭޔަރަކު ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ފުރަތަމަ މޭޔަރު ވެސް މެއެވެ.