ރައީސްގެ ދެކަނބަލުން މުލިއާގެ އިން ނިކުމެވަޑައިގެންފި

ނޮވެންބަރު 17، 2018 ގައި ރައީސް ސޯލިހް ފެއްޓެވި އެމަނިކުފާނުގެ ރިޔާސީ ދައުރު ނޮވެންބަރު 17، 2023 ނިޔަލަށް ހަމަވާނެ އެވެ. ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ނަމަވެސް އެމަނިކުފާނަށް އިންތިހާބު ކާމިޔާބުވެވަޑައި ނުގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަހްމަދު މުލިއާގޭގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގެކޮޅު -- މުލިއާގެ އިން މިއަދު ރަސްމީކޮށް ނިކުމެވަޑައިގެންފި އެވެ.

ނޮވެންބަރު 17، 2018 ގައި ރައީސް ސޯލިހް ފެއްޓެވި އެމަނިކުފާނުގެ ރިޔާސީ ދައުރު ނޮވެންބަރު 17، 2023 ނިޔަލަށް ހަމަވާނެ އެވެ. ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ނަމަވެސް އެމަނިކުފާނަށް އިންތިހާބު ކާމިޔާބުވެވަޑައި ނުގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެެއްވުމަށް ފަހު ރައީސް ސޯލިހާއި މެޑަމް ފަޒްނާ ވަނީ މުލިއާގެ އަށް ދިރިއުޅުން ބަދަލު ކުރައްވާފައެވެ. ސަރުކާރުގެ އިސް އޮފިޝަލަކު "މި" ނޫހަށް ދެންމެ ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ ދެކަަނބަލުން މިހާރު ވަނީ މުލިއާގެ އިން ނިކުމެވަޑައިގެންފައެވެ. އެނގިފައިވާ ގޮތުގައި ރައީސް ސޯލިހް މުލިއާގެ ރަސްމީކޮށް ދޫކޮށްލެއްވީ މިއަދު ނަމަވެސް މީގެ ދެތީން ހަތަރު ދުވަސް ކުރީން ފެށިގެން އެމަނިކުފާނު ވަނީ މުލިއާގެ އިން ބަދަލުވެވަޑައިގެންގައެވެ.

ރައީސްގެ ދެކަނބަލުން މިހާރު ދިރިއުޅުއް ވަނީ އަނބިކަނބަލުންގެ އާއިލީ ގެކޮޅު -- މާފަންނު ސަނީ އަށެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަގާމުގެ ހަވާލު ކުރެއްވުމަށް ދެން އޮތީ ހަފްތާ އެއްގެ މުއްދަތެވެ. މާފަންނުގައި ވަރަށް އުސްކޮށް އިމާރާތް ކޮށްފައިވާ ދިމްޔާތަކީ ރައީސް މުއިއްޒުގެ ގެކޮޅެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމަށް އެމަނިކުފާނު ދިރިއުޅުއްވާނީ ވެސް މުލިއާގޭގެ އެވެ.

ގެކޮޅަށް ބައެއް ބަދަލުތައް ގެނައުމާއި އާބާތުރަފިލުވުމުގެ މަަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ ގޮތުން ވަޑީންގެ ޓީމަކާއި އެހެނިހެން މަސައްކަތްތަކަށް ހާއްސަ ޓީމަކުން މިހާރު ގެންދަނީ އާ ރައީސަށް މުލިއާގެ ތައްޔާރު ކޮށްދެއްވަމުންނެވެ.

ރައީސް ސޯލިހްގެ ކުރީން ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން ވެސް މުލިއާގޭގައި ދިރިއުޅުއްވި އެވެ. ރައީސް ވަހީދު ދިިރިއުޅުއްވީ ހިލާލީގޭގައެވެ. ރައީސް ޔާމީން ވެސް ފަހުން ދިރިއުޅުއްވީ ހިލާލީގޭގަ އެވެ. ހިލާލީގައި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ދިރިއުޅުއްވި އެވެ. އަދި ނިމޭން މިދާ ސަރުކާރުގެ ނާއިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވަނީ ވެސް ހިލާލީގޭގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގެކޮޅު -- މުލިއާގެ އިން މިއަދު ރަސްމީކޮށް ނިކުމެވަޑައިގެންނެވިއިރު ރައީސް ސޯލިހްގެ ވިސްނުންފުޅު ހުރީ ގާނޫނީ ތަންދޭނަމަ ނޮވެންބަރު 11 ވަނަ ދުވަހު އާ ރައީސުލްޖުމްހޫރިއްޔާއަށް ހުވާ ކުރެއްވުމުގެ ފުރުސަތު ދެއްވުމަށެވެ. ނަމަވެސް ބަންޑާރަ ނާއިބުގެ ލަފާފުޅު އެގޮތަށް ލިބިވަޑައިނުގަތެވެ.

ކޮމެންޓް

1
450
ހައްޖަ
10 months ago

ކުޑަ އިރު މީހުންބުނޭ މުލިއާގޭގަ ހުނަންނީ ރަން ފާހާނާ ތައްޓެކޭ. ވަރަށް ބޭނުން ވަދެ ބަލާލަން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.