"ވީއައިއޭ މަޝްރޫއުގެ ކްރިޑިޓް ދޭން ޖެހޭނީ ރައީސް ޔާމީނަށް"

ޗައިނާ އާއި މެދުއިރުމަތީގެ ފަންޑިން އެޖެންސީތަކުން ފަންޑު ހޯދައިގެން 2016 ވަނަ އަހަރު ވީއައިއޭގެ އަގު ބޮޑު މަޝްރޫއު ފައްޓަވައި ތަރައްގީ ކުރައްވަން ފެއްޓެވީވ ރައީސް ޔާމީނެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު

މިހާރު ފެންނަން އެ އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ބިޔަ މަޝްރޫއުގެ ކްރެޑިޓް ދޭން ޖެހެނީ ރައީސް ޔާމީނަށް އަބްދުލްގައްޔޫމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރާއިދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ވައްޑޭ އަކީ ރައީސް ޔާމީނާއި ޕީޕީއެމާއި ޕީއެންސީގެ ފިކުރާ، ހިޔާލު ތަފާތު އެމްޑީޕީގައި 18 އަހަރު ހުންނެވުމަށް ފަހު މިހާރު ޑިމޮކްރެޓްސްގައި ހުންނެވި ސިޔާސީ ލީޑަރެކެވެ. 

"މިހާރު ފެންނަން މިއޮތް އެއާޕޯޓް މަޝްރޫއުގެ ކްރެޑިޓް ދޭންޖެހެނީ ރ. ޔާމީނަށް ކަމަށް ދެކެން،" ވައްޑޭ މިއަދު އެކްސްގައި ވިދާޅުވި އެވެ.

ފަހަކަށް އައިސް އެމްޑީޕީއަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ވައްޑޭ ވީއައިއޭގެ އަގު ބޮޑު މަޝްރޫއުގެ ކްރެޑިޓް ރައީސް ޔާމީނަށް ދެއްވީ ވީއައިއޭ ޕްރޮޖެކްޓް ނިންމަން ބޭނުންވާ ފައިސާއަށް 1.2 ބިލިއަން ރުފިޔާ ޔޫއޭއީގެ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ) ން ހަމަޖެއްސީ ރައީސް ސޯލިހުގެ ސަރުކާރުން ކަމަށް ސަރުކާރުން ބުނުމުންނެވެ. 

ސަރުކާރުން އެހެން ބުނި އިރު އެ ފައިސާ ހަމަ ޖެހުނީ ޔޫއޭއީގެ ވެރިންނާއި ސަރުކާރުގެ މެހުމާންދާރީގައި އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީއަށް ވަޑައިގެން އެކަމަށް އެދި ވަޑައިގަތުމުންނެވެ. އަންނަ އަހަރުގެ ޕީކް ސީޒަނަށް އެއާޕޯޓް ނިންމަން އެ މަނިކުފާނު ވަނީ އަޒުމު ކަނޑައަޅުއްވާ އެ މަސައްކަތް ފައްޓަވާފަ އެވެ.

ޗައިނާ އާއި މެދުއިރުމަތީގެ ފަންޑިން އެޖެންސީތަކުން ފަންޑު ހޯދައިގެން 2016 ވަނަ އަހަރު ވީއައިއޭގެ އަގު ބޮޑު މަޝްރޫއު ފައްޓަވައި ތަރައްގީ ކުރައްވަން ފެއްޓެވީ ރައީސް ޔާމީނެވެ. 

ކޮމެންޓް

1
450
ވޮޑަމުއްލާ
10 months ago

ނުޖެހޭ ދޭކަށް. މޮޔަވީތަ!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.