އައިއެސްގެ ރާއްޖޭގެ ލީޑަރު ކަމަށް ދައުލަތުން ބުނާ އަމީން 27 އަހަރަށް ޖަލަށް

އަމީންގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް މިހާތަނަށް ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން ޖަލުގައި ދެން ހޭދަ ކުރާން ޖެހޭނީ 23 އަހަރާއި ނުވަ ދުވަސް ކަމަށް ގާޒީ އަލީ އާދަމް އިއްވި ހުކުމްގައި ވެއެވެ.

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރާ އަމީން: 27 އަހަރަށް ޖަލަށް ލާން ވަނީ ހުުކުމްކޮށްފައި -- މި

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ދައުލަތުން ތުހުމުހަތު ކުރާ މުހައްމަދު އަމީންގެ މައްޗަށް ސިއްރުކޮށްގެން ހިންގި ޝަރީއަތް ނިންމާ 27 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ދައުލަތުން އަމީންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުގެ އެ ދެ ދައުވާ އާއި ކުރާ ތުހުމަތުތަކަށް އަމީން އިންކާރު ކޮށްފަ އެވެ.

"ސެންސިޓިވް" ވާހަކަތަކެއް ދައްކަން ހުރުމުން، ދިފާއީ ވަކީލުން އެދިގެން ސިއްރުން ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުންތައް ނިންމާ މިއަދު ހުކުމް ކުރީ ދެ ދައުވާ ވެސް ސާބިތުވާ ކަމަަށެވެ. ކޯޓުން މިހާރު ވަނީ ހުކުމް ވެސް އާންމުކޮށްފައެވެ.

  •  ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ - 10 އަހަރަށް ޖަލަށް
  •  ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ - 17 އަހަރަށް ޖަލަށް

އަމީންގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް މިހާތަނަށް ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން ޖަލުގައި ދެން ހޭދަ ކުރާން ޖެހޭނީ 23 އަހަރާއި ނުވަ ދުވަސް ކަމަށް ގާޒީ އަލީ އާދަމް އިއްވި ހުކުމްގައި ވެއެވެ.

ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަމުންދިޔަ ކަމުގެ ތުހުމަތު އަމީންގެ މައްޗަށް އޮވެއެވެ. މިއަދުގެ ހުކުމް ގައި އެކަން ސާބިތުވާ ކަމަށް ބުނެފައިވެއެވެ. އަދި އޭނާ ހަނގުރާމަތަކަށް ފޮނުވި ބައެއް މީހުންގެ ނަންތައް ހިމަނާފައިވެއެވެ.

އަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަަލައިގަ ވެސް ތުހުމަތު ކުރި މީހެކެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން ޓެރަރިސްޓެއް ގޮތުގައި ކަނޑައަޅައި ލޭބަލް ކޮށްފައިވާ މީހުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.