ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު ހަ މަހަށް އިތުރުކޮށްދޭން ނިންމައިފި

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހަރަދު 9.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

އެމްޓީސީސީ އިން ރަށެއްގައި މަސައްކަތް ކުރަނީ : މަޝްރޫއުތައް ނިންމުމުގައި އެމްޓީސީސީގެ ދައުރު ބޮޑު -- އެމްޓީސީސީ

ސަރުކާރުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް އެ މަޝްރޫއުތައް ނިންމަން ދީފައިވާ މުއްދަތު ހަ މަސް ދުވަހަށް އިތުރު ކޮށްދޭން ފިނޭންސް މިނިސްޓަރީން ނިންމައިފި އެވެ.

އެ މިނިސްޓަރީން މިއަދު ގެޒެޓްކުރި ސާކިއުލާއެއްގައި ބުނެފައި ވަނީ، ކޮންޓްރެކްޓަރުންނަށް އިތުރު ހަ މަސްދުވަހުގެ މުއްދަތު ދޭން ނިންމާފައި ވަނީ ކޮވިޑުގެ ހާލަތުގައި ކުރިމަތިލާންޖެހުނު ދަތިތަކަށް ލުއި ހޯދައިދޭން ވެގެން ކަމަށެވެ.

އެ ލުއި ދޭން ނިންމާފައި ވަނީ 2020 ގައި ކޮވިޑުގެ ހާލަތު އިއުލާނު ކުރި ފަހުން، އަދި މި އަހަރު މޭ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ސޮއި ކޮށްފައިވާ މަޝްރޫއުތަކަށެވެ.  

މިނިސްޓްރީން ބުނީ އަދި މުއްދަތު އިތުރު ކުރާނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުއެއްގައި ބައިވެރިވެފައިވާ ކޮންޓްރެކްޓަރުން، އެ ފަރާތުގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރަން ބޭނުންވާ މުއްދަތު ހަ މަސް ދުވަހަށްވުރެ، އިތުރު ނުވާ ގޮތަށް މި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮންޓްރެކްޓެއް ހިންގާ އޮފީހެއްގައި އެދެންވާނެ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ އޮފީހަކާއި ގުޅިގެން އެފަދައިން އެދޭ ކޮންޓްރެކްޓަރުންނަށް މުއްދަތު އިތުރު ކޮށްދީ، އެއްބަސްވުންތައް އަޕްޑޭޓް ކުރުމަށްވެސް ސާކިއުލާގައި އެދިފައި ވެއެވެ. 

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހަރަދު 9.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.