ވިނަރެސް ފްލެޓަށް ގަނޑުކޮށް ފައިސާ ދައްކަން ނުވަ މީހުން އެދުނު

މި ފްލެޓުތަށް ގަންނަ ފަރާތްތަކަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާ ގޮތަށް 25 އަހަރަށް ބަހާލެވެ އެވެ.

ވިނަރެސް ފްލެޓުތަށް : ވިއްކަނީ ގަންނަން ފަސޭހަކޮށް އަގުހެޔޮކޮށް - ޕީއެސްއެމް

ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބުނެ، ވިއްކުން ހުއްޓާލާފައިވާ ވިނަރެސް ފްލެޓްތައް ގަންނަން އެއްފަހަރާ ފައިސާ ދައްކާ ހަލާސް ކުރަން ނުވަ މީހަކު އެދުނުކަން އެނގިއްޖެ އެވެ. 

ގިނަ ލުއިތަކާއެކު ވިނަރެސް ފްލެޓު ވިއްކަން ހުޅުވާލިތާ ބައި ގަޑިއިރު ތެރޭގައި ހުޅުވާލި ހުރިހާ ފްލެޓަކަށް ވަނީ ހުށަހެޅުން ލިބިފަ އެވެ. އެނގިފައިވާ ގޮތުގައި ނުވަ ފަރާތަކުން ވަގުތުން ފައިސާ ދައްކަން އެދުނެވެ. އަދި ބާކީހުރި ފަރާތްތަކަކީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކަން ފްލެޓު ބުކްކުރި މީހުނެވެ.

ވިނަރެސް ޓަވަރުތަކުގައި ބާކީ ހުރި ފްލެޓްތަކުގެ ތެރެއިން ވިއްކަން ހުޅުވާޅީ 123 ފްލެޓެވެ. މި ފްލެޓުތަކަށް 1،000 ގިނަ ހުށަހެޅުން ލިބިފައިވަނިކޮށް ވިނަރެސް ޕޯޓަލް ހުއްޓުނު ކަމަށް ބުނެ އާބަންކޯ އިން ވަނީ ފްލެޓު ވިއްކުން ހުއްޓާލާފަ އެވެ. 

އޭގެފަހުން މިއަދު ވަނީ ވިނަރެސް ފްލެޓްތައް ވިއްކުން މަޑުޖައްސާލާފައިވާ ކަމަށް ބުނެފަ އެވެ. އާބަންކޯ އިން މިއަދު ބުނީ ފްލެޓްތައް ވިއްކަން އެޕްލޮކޭޝަން ފޯމު ހުށަހެޅުމަށް ހުޅުވާލި ވަގުތު ޕޯޓަލްއަށް ދިމާވި މައްސަލަތަކާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި، އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެޕާޓްމެންޓްތައް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"... ވީމާ، ދެންނެވުނު ޓެކްނިކަލް މައްސަލަތަށް ހައްލުކުރުމަށްފަހު ވިނަރެޝް މަޝްރޫއުއިން އެޕާޓްމެންޓް ބައްލަވައި ގަތުމަށް ފުރުސަތު ހުޅުވާލާނެ ތާރީހެއް މި ކޯރަޕޭޝަނުން އިއުލާނު ކުރާނެ ކަމުގައި ދަންނަވަން،" އާބަންކޯ އިން ބުންޏެވެ.

ވިނަރެސް ފްލެޓުތަކަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ސޯޝަލް ހައުސިން ސްކީމް "ހިޔާ" ފްލެޓު މަޝްރޫއުގެ ބައެކެވެ. ވިނަރެސްގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓެވެ. މީގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކާނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެ ގުނަވާނެ އެވެ.
ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑަޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެ އެވެ.

ވިނަރެސް ފްލެޓް ކުރުކޮށް

  •  މަސައްކަތް ކުރީ ޗައިނާގެ ސީމެގް ކުންފުނި
  •  މަޝްރޫއުގައި ޖުމްލަ 1،344 އެޕާޓްމަންޓް
  •  ޖުމްލަ 10 ބުރީގެ ޓަވަރު
  •  މިއީ 883 - 902 އަކަފޫޓުގެ އެޕާޓްމަންޓްތަކެއް
  •  މަޝްރޫއުގެ މެރީނާ ވިއުގައި 172 އެޕާޓްމަންޓް
  •  އެޕާޓްމަންޓްތައް ވިއްކީ 2.6 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދު
  •  ޕާކިން ފެސިލިޓީ
  •  ފިހާރަތަކާއި ޖިމް ހިމެނޭ
މި ވިއްކަނީ ކޮން ފްލެޓެއް؟ - އާބަންކޯ އިން މިފަހަރު ވިއްކަން ހުޅުވާލާފައިވަނީ ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންނަށް ހާއްސަ އިނާޔަތްތަކެއް ދީފައިވެ އެވެ. އެގޮތުން އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން ހަ ޕަސެންޓަށް މިދިޔަ މަހު ތިރި ކުރި އެވެ.

މި ބަދަލާއެކު 25 އަހަރުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ފްލެޓް ގަންނަ މީހުންނަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ވަރު ކުޑަވެގެން ދިޔަ އެވެ. އަދި ޑައުންޕޭމަންޓް 300،000-500،00ރ. އާ ދެމެދުގެ އަދަދަކަށް ދަށްވެ، މަހުން މަހަށް ދައްކައިގެން ފްލެޓު ގަންނަ މީހުންނަށް މަހަކު 13،000ރ. އާއި 17،000ރ. އާ ދެމެދުގެ އަދަދެއް ދެއްކުމުން ފްލެޓު ލިބޭނެ ގޮތް ހަމަޖެހިގެން ދިޔަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.