ވިނަރެސް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ. އަދި ހިޔާ ފްލެޓްތަކުން ފްލެޓް ދޫކޮށްލި މީހުނާއި، ސީލައިފާއި ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު މީހުން ހިމެނެ އެވެ.
ހުޅުމާލޭގެ ހިޔާއަވަށުގައި ތަރައްގީ ކޮށްފައިވާ "ވިނަރެސް" ފްލެޓްތަކުން ބާކީ ވެގެން މިއަދު ވިއްކުމަށް ހުޅުވާލި ހުރިހާ ފްލެޓްތަކެއް ވިކި ހުސްވެއްޖެ އެވެ.
އާބަންކޯއިން ބުނީ ވިނަރެސް ޓަވަރުތަކުގައި ބާކީ ހުރި ފްލެޓްތަކުގެ ތެރެއިން ބާކީ ވެގެން މިއަދު ވިއްކަން ހުޅުވާޅީ 123 ފްލެޓެވެ. އެ ހުރިހާ ފްލެޓަކަށް ފުރުސަތު ހުޅުވާލުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވިކި ހުސްވެފައިވެފައިވާ ކަމަށެވެ.
މިއަދު ވިނަރެސް ފްލެޓްތައް ޕޯޓަލް މެދުވެރިކޮށް ފްލެޓް ވިއްކަން ހުޅުވާލީ މިއަދު ހެނދުނު 10:00 ޖެހި އިރު އެވެ. ނަމަވެސް ބައިގަޑިއިރުގެ ތެރޭގައި ހުރިހާ ފްލެޓެއް ވިކި ނިމިއްޖެ އެވެ.
ވިނަރެސް ފްލެޓްތަކަކީ ހިޔާ މަޝްރޫއުގައި އާބަންކޯ އިން ހިންގި، އެއްވެސް މައްސަލައެއް ކުރިމަތި ނުވާ ފްލެޓްތަކެކެވެ. އެ މަޝްރޫއުގައި 10 ޓަވަރު ހިމެނެ އެވެ. އަދި ވިނަރެސްއަކީ މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިޔާގެ ތެރެއިން ކުރިޔަށް ގެންދިޔަ ބައެކެވެ.
ވިނަރެސް ފްލެޓްތަކުގައި ހިމެނެނީ 13 ބުރީގެ 10 ޓަވަރެވެ. ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ.
ވިނަރެސް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ. އަދި ހިޔާ ފްލެޓްތަކުން ފްލެޓް ދޫކޮށްލި މީހުނާއި، ސީލައިފާއި ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު މީހުން ހިމެނެ އެވެ.
މަށަށް މައްސަލަ އަކީ ވިއްކަން ޖެހީމަ. ދޭންބޭނުން މީހުންނަށް ދިންނަމަ އިއުލާން ނުކޮށް. އެހެންޏަ، ޕޯޓަލް އަށް ނުވަދެވެ ވިކިއްޖެ އޯ. ހުރިހާ ކަމެއް އެޗްޑީސީ ބޮޑުންގެ ޖީބަށް ބޮޑުވާނެހެން