މެލޭޝިއާގައި މަދަނީ އަބްދުﷲ ބަންދު ކޮށްފި

ހައްޔަރުގައި މިވަގުތު ހުރި ނަމަވެސް އޭނާ އެ ބަންދުން ވީއްލައި އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ފޮނުވާލާނެ ކަމަށް ވެއެވެ.

އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ): އޭނާ މޭލޭޝިއާއަށް ދިއުމުން ވަނީ ހިފަހައްޓާފައި

ޕީޕީއެމާއި ޕީއެންސީގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާ އިމިގްރޭޝަނުން ހިފަހައްޓަައި ހައްޔަރަށް ނަގައިފި އެވެ.

އޭނާ އަކީ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރި ސިޔާސީ މީހެކެވެ. ފަހަކަށް އައިސް އޭން ފެންނަނީ ޕީޕީއެމަށް ތާއީދުކޮށް ކޮންޓެންޓެ ގެނެސްދޭ ޓީވީ ޗެނަލް، ޗެނަލް 13 އިން ގެނެސްދޭ ސިޔާސީ ޕްރޮގްރާމްތަކުންނެވެ.

މަދަނީ އަބްދުﷲ ހިފަހައްޓާ ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކުރީ ކީވެގެން ކަމެއް ނޭނގެ އެވެ. އެކަމަކު ބައެއް މިޑިއާ ރިޕޯޓްތަކުން އެނގިފައިވާ ގޮތުގައި މެލޭޝިއާ އިމިގްރޭަޝަނުން އޭނާ ހިފެއްހެޓީ އެ އިދާރާގެ "ބްލެކް ލިސްޓެއް" ގައި އޭނާގެ ނަން އޮވެގެނެވެ. 

އަބްދުﷲ އާ ހަވާލާދީ ބުނާ ގޮތުން އޭނާ ހިފެހެއްޓީ މިހާރުގެ ސަރުކާރުން ތައްޔާރު ކޮށްފައި އޮންނަ ބްލެކް ލިސްޓެއްގައި އޭނާ ހިމަނާފައި އޮވެގެނެވެ. 

އަބްދުﷲ އަކީ ޗެނަލް 13 އިގެ ޕްރޮގްރާމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާ މީހެކެވެ. އޭނާ އެ ބަންދުން ވީއްލައި މިއަދު ރާއްޖެއަށް ފޮނުވާލާ ކަމަށް ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.