އޭދަފުށީގައި އެމްއައިބީ ސޭލްސް ސެންޓަރެއް

މި ސާވިސް ސެންޓަރުގައި ފައިސާ ޖަމާކުރާ ކައުންޓަރުތަކެއް ނުހުންނާނެ އެވެ. އެކައުންޓް ހުޅުވުމުގެ ހިދުމަތް އޮންލައިންކޮށް ލިބޭއިރު، އިންޓަނެޓް ބޭންކިން ގެ ހިދުމަތްވެސް އަމިއްލައަށް ރަޖިސްޓްރީ ކޮއްލެވޭނެ އެވެ.

އޭދަފުށީގައި އެމްއައިބީގެ ސާވިސް ސެންޓަރު ހުޅުވަނީ --

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ބ. އަތޮޅު ސޭލްސް ސެންޓަރު އެ އަތޮޅުގެ ވެރިކަން ކުރާ ރަށް، އޭދަފުށީގައި ހުޅުވައިފި އެވެ.

އެރަށުގައި މި ސެންޓަރު ހުޅުއްވައިދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު އާއި ބ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަފްރާހް އެވެ.

މި ސެންޓަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްދޭ ސެންޓަރެކެވެ. އެތަނުން އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނަގައި ޖަމާކުރެވޭނެ އެވެ.

މި ސޭލްސް ސެންޓަރުގައި ފައިސާ ޖަމާކުރާ ކައުންޓަރުތަކެއް ނުހުންނާނެ އެވެ. އެކައުންޓް ހުޅުވުމުގެ ހިދުމަތް އޮންލައިންކޮށް ލިބޭއިރު، އިންޓަނެޓް ބޭންކިން ގެ ހިދުމަތްވެސް އަމިއްލައަށް ރަޖިސްޓްރީ ކޮއްލެވޭނެ އެވެ.

އެމްއައިބީ އިން ބުނީ އެހެން ނަމަވެސް، އެކި ހިދުމަތްތަކަށް މުވަޒަފުންގެ އެހީ ހޯދޭނެ ކަމަށެވެ. އަދި، އެމްއައިބީގެ ފައިނޭންސިން ހިދުމަތް ހޯދުމަށް ދެން މި ހިސާބުގެ ރައްޔިތުން މާލެ އަންނަން ނުޖެހޭނެ ކަން ވެސް ފާހަގަކުރި އެވެ.

އެމްއައިބީ އިން ބުނީ މިފަދަ ޒަމާނީ ބްރާންޗްތައް ދާދި އަވަހަށް އދ މަހިބަދޫ އަދި ލާމު ގަމުގައި ހުޅުވާނެ ކަމަށެވެ. ކުރިއަށް އޮތް އަހަރުވެސް މިފަދަ ޒަމާނީ ބްރާންޗްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވުމުގެ މަސައްކަތް އެބޭންކުން މިހާރު ވެސް ކުރަމުންދާކަން ވެސް ފާހަގަކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.