"މަޑުކޮށްލި ވަގުތު ބޮން ގޮވައި ޒަހަމްވި، ރުޅިވެރިކަމެއް ނެތް"

މި ހާދިސާއާ ގުޅިގެން މަދަނީ ދައުވާއެއް ނުކުރީ ދައުލަތުން ތުހުމަތު ކުރެވޭ މީހުންނާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުން ދާތީ ކަމަށް އޭނާ ބުންޏެވެ. އަދި، އެއިން އެއްވެސް މީހަކަށް އެއްވެސް ރުޅިވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ.

ނަޝީދަށް ހަމަލާދިން މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތުގެ މިއަދުގެ މަޖިލީސް --

މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ބޮމުގެ ހަމަލާގައި ޒަހަމްވި މީހަކު މިއަދު ޝަރީއަތުގައި ހެކިބަސް ދީފި އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހުނަކީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދާއި، މއ. ފޭރުގެ މުޖާޒް އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ކޮށްފައިވާ އަށް މީހުންނާ ދެކޮޅަށް ހެކިބަސް ދެމުން މިއަދު މީހަކު ބުނީ، އެދުވަސްވަރަކީ ކޮވިޑް-19 އާއި ގުޅިގެން ކާފިއު އިއުލާނު ކޮށްފައިވާ ދުވަސްކޮޅެއް ކަމުން އޭނާ ދުއްވަމުން ދިޔައީ ރައްޓިއްސަކާއެކު އަވަހަށް ގެއަށް ދިއުމަށް ކަމަށެވެ.

މަޖީދީމަގުން މާފަންނާވީ ކޮޅަށް ދުއްވާފައި ދިޔަ ވަގުތު ރައީސް ނަޝީދު ގެކޮޅުން ނުކުމެ ވަޑައިގެން ކާރަށް އަރުއްވަން ވަޑައިގަންނަވާ މަންޒަރު ފެނުނު ކަމަށާއި، އެހެންވެ ސައިކަލު މަޑުކޮށްލީ ކަމަށް އޭނާ ބުންޏެވެ. ސައިކަލު މަޑުކޮށްލީ އިސް ބޭފުޅަކު ވަޑައިގަންނަވާތީ އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ބުންޏެވެ.

ބޮމުގެ ހާދިސާގައި އޭނާ ވެސް ޒަހަމްވީ އެވެ. އޭނާ ކިޔައިދިން ގޮތުގައި ފުރާނައަށް ނުރައްކާވާފަދަ އަނިޔާއެއް ނުލިބުނީ ލޭޒާ ފުކެއް ސީދާ އޭނާގެ ހަށިގަނޑަށް ނުވަނުމުންނެވެ. އެކަމަކު އޭނާ ލައިގެން ހުރި ގަމީސް ފޫއަޅުވާލާފައި ހުރިކަމަށް ބުންޏެވެ. ލިބުނު އަނިޔާގެ ފަރުވާއަށް ތިން މަސް ދުވަސް ނެގި ކަމަށާއި، ލިބުނު އަނިޔާގެ ބަދަލު ހޯދަން މަދަނީ ދައުވާ ކުރެވޭނެ ކަމަށް ފުލުހުން ލަފާދިން ކަމަށް ބުންޏެވެ.

އޭނާއާ ބައެއް ވަކީލުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ބުނީ، އޭނާއަށް އެ އަނިޔާ ލިބުނީ އެތަނުގައި އިއްތިފާގަކުން މަޑުކޮށްލެވުމުން ކަމަށެވެ. މި ހާދިސާއާ ގުޅިގެން މަދަނީ ދައުވާއެއް ނުކުރީ ދައުލަތުން ތުހުމަތު ކުރެވޭ މީހުންނާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުން ދާތީ ކަމަށް އޭނާ ބުންޏެވެ. އަދި ބުނީ އެއިން އެއްވެސް މީހަކަށް އެއްވެސް ރުޅިވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ.

އޭނާ ވާހަކަދައްކަމުން ބުނެފައި ވަނީ މިކުޑަ މުޖުތަމައުގައި މަސައްކަތް ކުރަންވީ މިފަދަ ކަންކަން ތަކުރާރުވެ ނުދިޔުމަށް ކަމަށް ވެސް ބުންޏެވެ.

މިއަދު ދެން ހެކިބަސް ދީފައި ވަނީ ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން އެ ސަރަހައްދު ބެލެހެއްޓި ފުލުހުންގެ އޮފިސަރެކެވެ. އޭނާގެ ދައުރަކީ އޭޑީކޭ ސަރަހައްދުގައި އެއްވެސް ކަމެއް ހިނގިޔަ ނުދިނުމެވެ. އޭނާ ހެކިބަސް ދެމުން އެފަދަ އެއްވެސް ކަމެއް އެ ސަރަހައްދުގައި ހިނގާފައިވާކަން ފާހަގަކޮށްފަ އެވެ.

މިއަދުގެ މަޖިލީހުގައި ތިން ހެކިވެރިންގެ ހެކިބަސް ނަގަން ތާވަލު ކުރިޔަސް އެކަކު ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އޭނާ ފޯނު ނުނަގާ ކަމަށާއި ކޯޓަށް ވަކި އެއްޗެއް ނާންގާކަން ގާޒީ ސޮފްވަތު ހަބީބް ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ. އަދި އެމަހުގެ 27 އަދި 29 ވަނަ ދުވަހު ވެސް އަޑުއެހުން ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.