މޭ 6 ހަމަލާ: "ޝަރީއަތް އަވަސް ކުރާކަށް ކޯޓުން މަސައްކަތެއް ނުކުރާނަން"

"މި މައްސަލަ އަވަސް ކުރުމަށް ވަކި ހާއްސަ މަސައްކަތެއް އަޅުގަނޑު ނުކުރާނަން. އެއީ މި މައްސަލަ ނޫނަސް އެހެން މައްސަލަތައް ވެސް ވަރަށް ބޮޑަށް ލަސްވެފަ ވަނީ،" ގާޒީ ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ މީހުން ކްރިމިނަލް ކޯޓުގައި --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތް އަވަސް ކުރަން މަސައްކަތް ނުކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ސަފްވަތު ހަބީބް ވިދާޅުވެއްޖެ އެވެ.

މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތް މިއަދު ވަނީ ވަރަށް ގިނަ ދުވަހަށްފަހު ބާއްވާފަ އެވެ. މިއަދުގެ އަޑުއެހުމުގައި ކުރިއަށް ދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

ޝަރީއަތް ފަށަމުން ގާޒީ ވިދާޅުވީ މިއަހަރު ނުވަ އަޑުއެހުމެއް ތާވަލު ކުރި ނަމަވެސް، މިއަދުގެ އަޑުއެހުމާއެކު ބޭއްވުނީ ހަ އަޑުއެހުން ކަމަށެވެ. ޝަރީއަތްތައް ލަސްވަނީ ކޯޓުގެ ޖާގައިގެ ދަތިކަން އޮތް ގޮތުން ކަމަށް ވިދާޅުވި އެވެ.

"މި މައްސަލަ އަވަސް ކުރުމަށް ވަކި ހާއްސަ މަސައްކަތެއް އަޅުގަނޑު ނުކުރާނަން. އެއީ މި މައްސަލަ ނޫނަސް އެހެން މައްސަލަތައް ވެސް ވަރަށް ބޮޑަށް ލަސްވެފަ ވަނީ،" ގާޒީ ވިދާޅުވި އެވެ.

ނަމަވެސް، އަންނަ މަހަށް މި މައްސަލައިގެ ތިން އަޑުއެހުމެއް ތާވަލުކޮށްފައިވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެއީ އަންނަ މަހުގެ 23، 27 އަދި 29 ވަނަ ދުވަހެވެ.

މީގެ ކުރިން ތާވަލުކުރި އަޑުއެހުންތައް ކެންސަލް ކުރަން ޖެހުނު ސަބަބުތައް ވެސް ގާޒީ ވިދާޅުވެދެއްވި އެވެ. އެގޮތުން ދިފާއީ ވަކީލުންނަށް ވަގުތު ފުށުއަރާތީ އާއި ކޯޓުގެ ބައެއް އިވެންޓްތައް ހުރި ގޮތުން ކަން ގާޒީ ފާހަގަކުރެއްވި އެވެ.

ފަހުން ގާޒީ ވަނީ ހޮނިހިރު ދުވަހު ޝަރީއަތް ބޭއްވުމަށް ވަކީލުން އިއުތިރާޒް ނުކުރާނަމަ މައްސަލަ އަވަސް ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ބައެއް ދިފާއީ ވަކީލުން އެގޮތަށް ރުހުނު ނަމަވެސް ބައެއް ވަކީލުން ވަނީ އަމިއްލަ ކަންކަން ހުރި ގޮތުން ދަތިވާނެކަން ފާހަގަކުރައްވާފަ އެވެ. އެކަމަކު އަންނަ މަހަށް ތާވަލު ކުރި އަޑުއެހުންތަކަށް ވަޑައިގެންނެވޭނެ ކަމަށް ހުރިހާ ބޭފުޅުން ވެސް ފާހަގަކުރެއްވި އެވެ.

މި މައްސަލަ ލަސްވަމުން ދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، މި މައްސަލައިގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި އިނގިރޭސި ވިލާތުގެ މަންދޫބު އައްބާސް ފާއިޒް ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މައްސަލަ ލަސްވެގެން ދިއުމަކީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.