"އަޅުގަނޑު ކޮށްފައިވާ ހަލާލު މަސައްކަތުން ނޫނީ އަޅުގަނޑާއި އަނބި ދަރީންގެ އަރުތެރެ ނުވާނެ ކަން އަބަދުވެސް މި އަންނަނީ ޔަގީން ކުރަމުންނެވެ،"
ކުންފުނީގެ މުހިންމު ލިޔެކިޔުމެއް ނައްތާލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވާހަކަ ދައްކަވައިފި އެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފަ އެވެ.
އެ ވީޑިއޯއިން ފެންނަނީ ސިނާއީ ރަށް، ތިލަފުށީގެ އެފްއެސްއެމްގެ ޖެޓީ ކައިރީގައި ކޮންކްރީޓް ގަށާ މެޝިނަކަށް އެފްއެސްއެމްގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް އަޅައި ގަށާލައި އެ ލިޔުންތައް ނައްތައިލާ މަންޒަރެވެ.
އެކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކަަށް ރައްދު ދެއްވާ ގަސަމް މިރޭ ވިދާޅުވީ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލުމާއި ގުޅިގެން އެއީ އޭނާ ކޮށްފައިވާ ނުރަނގަޅު ކަންތައްތަކެއް ކަމަަށް ދައްކަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަަށެވެ. އެ ތުހުމަތުތައް ދޮގުކޮށް ގަސަމް ވަނީ އޭނާ ހުރީ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީގައި ކަމަަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ކޮށްފައިވާ ހަލާލު މަސައްކަތުން ނޫނީ އަޅުގަނޑާއި އަނބި ދަރީންގެ އަރުތެރެ ނުވާނެ ކަން އަބަދުވެސް މި އަންނަނީ ޔަގީން ކުރަމުންނެވެ،"
ގަސަމް ވިދާޅުވީ އެފްއެސްއެމް ގައި އޭނާ ކޮށްފައިވާ ކޮންމެ މަސައްކަތެއް ކޮށްފައިވާނީ ކުންފުނީގެ ކުރިއެރުމަށް ކަމަށެވެ. ފޮރުވަން ޖެހޭ ޖާއިޒު މަންފާ އެއް ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ލިޔެކިޔުން ނައްތާ ނުލަން ބުނެފަ އޮއްވާ ކީއްކުރަންތޯ ނައްތާލީ؟އެއީވެސް ކޮންކުރީޓް ގަށާ މެށިނަކަށް އަޅާފަ.އަޑީގަ ހުރެގެން ޖަރީމާ ހިންގަނީ
ރީތިކޮށް ކުރެވެން އޮތަ ކަމެއް ހުތުރު ކޮށްލީމަ ދެން ކުރެވެނީ ތުހުމަތު.
"އަޅުގަނޑު ކޮށްފައިވާ ހަލާލު މަސައްކަތުން ނޫނީ އަޅުގަނޑާއި އަނބި ދަރީންގެ އަރުތެރެ ނުވާނެ ކަން އަބަދުވެސް މި އަންނަނީ ޔަގީން ކުރަމުންނެވެ،" ހާދަ އަސަރުގަދަ ރީތި ބަސްކޮޅެކެ. ގަސަމް އަކީ އިހްލާސްތެރި މީހެއް. އިނގޭތީ މިބުނީ