މުހިންމު ލިޔެކިޔުމެއް ނައްތާލާފައެއް ނުވާނެ: އެފްއެސްއެމް

އެފްއެސްއެމް އިން ބުނި ގޮތުގައި ކުންފުނީގެ މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތާލާފައި ނުވާނެ އެވެ. ނަމަވެސް ގިނަ ދުވަސްވެފައި ހުންނަ، ކުންފުންޏަށް އިތުރަށް ބޭނުން ނުވާ ބައެއް ލިޔުންތައް ކުންފުނިން ނައްތާލަމުންދާ ކަމަށެވެ.

ކުންފުނީގެ މުހިންމު ލިޔެކިޔުމެއް ނައްތާލާފައި ނުވާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފި އެވެ.

ބަޔާނެއް ނެރެ އެ ކުންފުނިން އެހެން ބުނީ އާ ސަރުކާރު އައުމުގެ ޓްރާންސިޝަން މަރުހަލާ ކުރިއަށްދާ މި ދަނޑިވަޅުގައި ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ލިޔެކިޔުންތައް ނައްތާލަން މަސައްކަތް ކުރާކަމުގެ އަޑު ފެތުރިފައި ވަނިކޮށް އިއްޔެ ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފަ އެވެ.

އެ ވީޑިއޯއިން ފެންނަނީ ސިނާއީ ރަށް، ތިލަފުށީގެ އެފްއެސްއެމްގެ ޖެޓީ ކައިރީގައި ކޮންކްރީޓް ގަށާ މެޝިނަކަށް އެފްއެސްއެމްގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް އަޅައި ގަށާލައި އެ ލިޔުންތައް ނައްތައިލާ މަންޒަރެވެ.

އެފްއެސްއެމް އިން ބުނި ގޮތުގައި ކުންފުނީގެ މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތާލާފައި ނުވާނެ އެވެ. ނަމަވެސް ގިނަ ދުވަސްވެފައި ހުންނަ، ކުންފުންޏަށް އިތުރަށް ބޭނުން ނުވާ ބައެއް ލިޔުންތައް ކުންފުނިން ނައްތާލަމުންދާ ކަމަށެވެ.

މިހާރު އާންމުވެފައިވާ ވީޑިއޯއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ. އަދި ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ މަރުހަބާ ކިޔާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.