ޝިއާގެ މަރުގެ މައްސަލައަކީ ފުލުހުން މައުލޫމާތު އާންމު ނުކޮށް ހިފަހައްޓަމުންދާ މައްސަލައެކެވެ. މި މައްސަލައިގައި މިއަދުވެސް އެ އިދާރާއިން ވާހަކަ ދެއްކީ "ޝިއާގެ އޮޓޮޕްސީގެ ހަބަރެއް ނެތް" ކަމަށް ހިމަނާ މިދިޔަ ނުވަ އަހަރު ތެރޭ ފުލުސް ތަހުގީގަށް ހެދި ޕޯސްޓްމޯޓަމްތަކުގެ ތަފްސީލު ހިމަނައި "މި" ނޫހުން މިއަދު ރިޕޯޓެއް ޝާއިއު ކުރުމުންނެވެ.
ހ. ޝީރީނު ވިލާގެ ނުވަނަ ބުރީގެ އެޕާޓްމަންޓެއްގައި ބޮލާއި ހަތަރެސްފައި ބުރުކޮށްލައި މަރާލި ޝިއާއު މުހައްމަދު ސައީދު 22، ގެ މަރުގެ މައްސަލާގައި އާންމުންނަށް މައުލޫމާތު ހާމަ ނުކޮށް ތަހުގީގު ނިންމާލައި މައްސާލަ ޝަރީއަތަށް ފޮނުވައިދޭން އެދި ޕީޖީއަށް ހުށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ޝިއާގެ މަރުގެ މައްސަލައަކީ މި ފަހުން ފުލުހުން އެންމެ ބޮޑަށް މައުލޫމާތު އާންމު ނުކޮށް ހިފަހައްޓަމުންދާ މައްސަލައެކެވެ. މި މައްސަލައިގައި މިއަދުވެސް އެ އިދާރާއިން ވާހަކަ ދެއްކީ "ޝިއާގެ އޮޓޮޕްސީގެ ހަބަރެއް ނެތް" ކަމަށް ހިމަނާ މިދިޔަ ނުވަ އަހަރު ތެރޭ ފުލުސް ތަހުގީގަށް ހެދި ޕޯސްޓްމޯޓަމްތަކުގެ ތަފްސީލު ހިމަނާ "މި" ނޫހުން މިއަދު ރިޕޯޓެއް އާންމު ކުރުމުންނެވެ.
ފުލުހުން ދެންމެ ބުނީ ޝިއާގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް އޮގަސްޓް 17 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ. އަދި ފޮރެންސިކް ތަހުލީލުތައް ކުރިއަށްދާ ކަމަށެވެ.
"މުޅީ މައްސަލައިގެ ތަހުގީގު ނިންމާ ޝަރީއަތަށް ހުށައެޅުމުގެ މަސައްކަތް ކުރިއަށްދާ ވާހަކަވެސް ދަންނަވަން،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖްގައި ވެއެވެ.
ޝީރީނު ވިލާ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މާރާލީ މިދިއަ އޯގަސްޓަ މަހުގެ 7 ވަނަ ދުވަހު އެވެ. ޝިއާއު މަރުގެ ހަގީގަތަށް ވާސިލުވުމަށް ޕޯސްޓްމޯޓަމެއް ހަދައި އޮޓޮޕްސީ ރިޕޯޓެއް ހޯދަން އިންޑިއާއަށް ފޮނުވީ އޯގަސްޓް 11 ވަނަ ދުވަހު އެވެ. ޕޯސްޓްް މޯޓަމް ހަދައިގެން މާލެނައި ކަމަށް ބުނެފައި ވަނީ އޯގަސްޓް 14 ވަނަ ދުވަހު އެވެ.
ޝިއާއުގެ މަރުގެ ތުހުމަތަށް ފުލުހުން ވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ އަލީ ޝާހިލް، 23، އެވެ. އޭނާ ހުރީ ހައްޔަރު ކޮށްފައެވެ. މި މައްސަލައިގެ މައުލޫމާތު ހާމަކުރަން ނޫސްވެރީންގެ ބައްދަލްވުމެއް ބޭއްވީ އެންމެ ފަހަރަކު އެވެ. އެ ބައްދަލްވުމުގައި ވެސް އަލީ ޝާހިލް ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާ ކުށަށް އޭނާ އިންކާރު ކުރާ ކަމަށް ބުނުން ފިޔަވައި އެހެން އެއްވެސް ވާހަކައެއް ފުލުހުން ނުބުންޏެވެ.
ޝިއާއުގެ މަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގި އެންމެ ރަހުމްކުޑަ ގަތުލެކެވެ. މީހެއްގެ އަތާއި ފައި އަދި ބޯ ބުރިކޮށް މަރާލި ކަމެއް ތާރީހުން ފެންނާކަށް ނެތެވެ.