ތަރައްގީގެ މަޝްރޫއުތަކުގެ 60 ޕަސެންޓް އެމްޓީސީސީ ގައި

އެމްޓީސީސީ އިން މި އަހަރުގެ މެއިގެ ނިޔަލަށް 1.1 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ. މިއީ މިހާރު އެންމެ ވަރުގަދަ އެސްއޯއީ އެވެ.

ސަރުކާރުގެ އެންމެ ވަރުގަދަ ކުންފުނި އެމްޓީސީސީން ރަށެއްގައި މަސައްކަތް ކުރަނީ -- އެމްޓީސީސީ

ރާއްޖޭގައި މިހާރު ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ 60 ޕަސެންޓު މަސައްކަތް ހިންގަނީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީ އިންނެވެ. 

ސަރުކާރުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ހިންގާ ތަރައްގީގެ މަސައްކަތްތަކުގެ 60 ޕަސެންޓު މަސައްކަތް ކުރަން ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. އެ ކުންފުނިވެފައިވަނީ ސަރުކާރުގެ މަޝްރޫއުތައް ޑައިރެކްޓް ބިޑިން އުސޫލުން އެންމެ ގިނަ މަސައްކަތް ހަވާލުކޮށް ކުރަމުންދާ ކުންފުންޏެވެ. 

އެމްޓީސީސީ އިން 2021 ވަނަ އަހަރު ބިޑްކޮށްފައިވަނީ 10 މަޝްރޫއެވެ. މި މަޝްރޫއުތަކުގެ އަގަކީ 350 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރު 20 މަޝްރޫއެއް އަދި މި އަހަރުގެ މެއިގެ ނިޔަލަށް ވެސް 20 މަޝްރޫއެއް ބިޑްކޮށްގެން އެ ކުންފުނިން ނަގާފައިވެ އެވެ. 

އެމްޓީސީސީގެ މުވައްޒަފުންތަކެއް : ތަމްރީން ކުރަން އިސްކަން ދޭ

އެމްޓީސީސީ ޑައިރެކްޓް އެވޯޑް ކުރި އަދަދު

  •  2021 ވަނަ އަހަރު - 55 މަަޝްރޫއު | އަގު 2.2 ބިލިއަން ރުފިޔާ
  •  2022 ވަނަ އަހަރު - 47 މަޝްރޫއު | 2.4 ބިލިއަން ރުފިޔާ
  •  2023 މެއިގެ ނިޔަލަށް - 33 މަޝްރޫއު | 1.1 ބިލިއަން ރުފިޔާ

ބިޑްކޮށްގެން އެވޯޑްކުރި މަޝްރޫއުތަކަށްވުރެ އެ ކުންފުންޏަށް ގިނައިން ހަވާލުވެފައިވަނީ ޑައިރެކްޓް އެވޯޑް ކުރި މަޝްރޫއުތަކެވެ. 

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ދައުލަތުގެ ފިސްކަލް ހާލަތު އަންގައިދޭ ރިޕޯޓުގައިވާ ގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭން ބައެއް ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަށް އެވޯޑް ކުރެވިފައިވަނީ ދައުލަތަށް އެންމެ ރަނގަޅު އަގުގައި ތޯ ސުވާލު އުފެދިދާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެއް ކޮންޓްރެކްޓަރަކަށް ސަރުކާރުގެ މަޝްރޫއުތައް ހިންގަން ހަވާލު ކުރާއިރު ކޮންޓްރެކްޓަރުގެ ކެޕޭސިޓީ ހުރި މިންވަރަށްވުރެ އިތުރަށް ހަވާލު ކުރުމުގެ ސަބަބުން ތާވަލަށް މަސައްކަތް ކުރިއަށް ގެންދަން ލަސްތަކެއް ދިމާވެ އެ މަޝްރޫއުގެ ސަބަބުން ލިބެން އޮންނަ އިގްތިސޯދީ މަންފާ ލިބެން ލަސްވެގެންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ. 

އެމްޓީސީސީ - އެމްޓީސީސީއިން ވަނީ މި ފަސް އަހަރު އެ ކުންފުނީގެ ކެޕޭސިޓީ އިތުރުކުރަން ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށް ކެޕޭސިޓީ އިތުރުކޮށްފަ އެވެ. މިހާރު އެ ކުންފުންޏަކީ އެއްފަހަރާ ހަ ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާވަރުގެ ގާބިލް ކުންފުންޏެކެވެ. މި އަހަރު އެ ކުންފުނިން 150 މަޝްރޫއެއް ހަވާލުވެ ގިނަ މަޝްރޫއުތައް ނިންމާފައިވެ އެވެ.

ކޮމެންޓް

1
450
ކުޑޭ
10 months ago

ފެނަކަ ކަހަލަ ތަންތަން ހިންގަން ގާބިލް މީހުން ލާފަ ތިބޭނަމަ މިގޮތަށް ކުރިއަރައިގެން ދާނެ. އެމްޓީސީސީ އަކީ ހަމަ މިސާލެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.