ތިން ދުވަސް ފަހުން ލަންދޫ ބޯޓް ފެން މައްޗަށް

ނ. އަތޮޅުގެ ތިން ރަށެއްގެ މުދާ ހިފައިގެން ދަތުރުކުރާ "ލަންދޫ ބޯޓް" ދިޔަވެ މުދަލާއެކު އަޑިއަށް ދިއުމުން ދޯނި ފެން މައްޗަށް ނެގުމަށް އެމްއެންޑީއެފްގެ ޑައިވަރުންނާއި ލަންދޫ އަދި ގާފަރު ރައްޔިތުން ވަނީ މިދިޔަ ތިން ދުވަހު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ބޯޓް ފެން މައްޗަށް ނެގުނީ ކަމަރާ -- ބޯޑްގެ ގެގަނޑު -- ވަކިކޮށްލައިގެންނެވެ. އޭގެ ފަހުން ބެލޫން ޖަހާ ބޯޓް ވަނީ ފެން މައްޗަށް ނަގާފައެވެ.

"ލަންދޫ ބޯޓް" ފެން މައްޗަށް ނެގުން --

މިދިޔަ މަހުގެ 31 ވަނަ ދުވަހު އަޑިއަށް ދިޔަ "ލަންދޫ ބޯޓް" ފެން މައްޗަށް ނަގައިފި އެވެ.

ނ. އަތޮޅުގެ ތިން ރަށެއްގެ މުދާ ހިފައިގެން ދަތުރުކުރާ "ލަންދޫ ބޯޓް" ދިޔަވެ މުދަލާއެކު އަޑިއަށް ދިއުމުން ދޯނި ފެން މައްޗަށް ނެގުމަށް އެމްއެންޑީއެފްގެ ޑައިވަރުންނާއި ލަންދޫ އަދި ގާފަރު ރައްޔިތުން ވަނީ މިދިޔަ ތިން ދުވަހު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ބޯޓް ފެން މައްޗަށް ނެގުނީ ކަމަރާ -- ބޯޑްގެ ގެގަނޑު -- ވަކިކޮށްލައިގެންނެވެ. އޭގެ ފަހުން ބެލޫން ޖަހާ ބޯޓް ވަނީ ފެން މައްޗަށް ނަގާފައެވެ.

އަދި އެެހެން ދޯންޏެއްގައި ކަފު ޖަހައިގެން ގާފަރު ފަޅަށް ވެއްދުމުގެ މަަަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ބޯޓް ފެންމައްޗަށް ނެގުމުގެ މަސައްކަތަށް ލަންދޫ އިން 60 މީހުން ވަނީ ގާފަރަށް އައިސްފައެވެ. އެ މީހުންގެ ކެއުމާއި އެހެނިހެން ކަންކަމުގައި އެހީތެރިވެދީ ގާފަރު ރައްޔިތުން ވަނީ ނަމޫނާ ދައްކާފައެވެ. މަސްވެރި އުޅަނދު ފަހަރު ގިނަ / މަސްވެރީން ގިނަ ގާފަރުގެ އެއްވެސް ދޯންޏެއް އަދު މަހަށްވެސް ނުފުރައެވެ.

މަސްވެރި އުޅަނދުތަކާއި / މަސްވެރީން ހަރަކާތްތެރިވީ ބޯޓް ފުން ކުރުމުގެ މަސައްކަތުގައެވެ.

ލަންދޫ ބޯޓް އަޑިއަށް ދިޔައިރު އޭގައި ތިން މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށް ދޯނީގެ ވެރި ފަރާތުން ބުނެއެވެ. ނަމަވެސް ސަލާމަތް ކުރެވޭ ވަރުވީ ވަރަށް މަދު އަދަދެއްގެ މުދަލެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.