މަޖިލީހުގެ މާލޭގެ ދާއިރާއަކަށް މުއިއްޒު ކުރިމަތިލައްވަނީ

އޭނާއަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދައުރުގައި 17 އަހަރު ދުވަހުގެ މަސައްކަތުން ހަދައި ދައުލަތުގެ ހުރިހާ ބާރެއް ރައީސް މައުމޫނަށް އޮންނަ ގޮތަށް ފާސް ކުރި ނޫ ގާނޫނު އަސާސީ ފާސް ކުރަން ވޯޓް ނުދެއްވި ދެ މެންބަރުންގެ ތެރެއިން އެކެކެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލެއްވުމަށް، ކުރިން  ދެ ފަހަރެއްގެ މަތީން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތިލަދުންމަތީ ދެކުނު ބުރި / ހއ. ގެ މެންބަރުކަން ކުރެއްވެވި އަހުމަދު މުއިއްޒު މަސައްކަތް ފައްޓަވައިފި އެވެ. 

ގާނޫނީ ވަކީލު / ބާ ކައުންސިލްގެ މެންބަރު އަދި ކުރީގެ ޖިނާއީ ކޯޓްގެ އިސް ގާޒީ ކަމާއި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާއި ބަންޑާރަ ނައިބު އޮފީހުގެ އިސް ގިނަ މަގާމުތަކެއް ފުރުއްވެވުމާއެކު ދައުލަތަށް ގިނަ ހިދުމަތްތަކެއް ވެސް ކޮށްދެއްވާފައިވާ މުއިއްޒު މިއަދު ވިދާޅުވީ "ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ ދާއިރާއެއްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން" ކަމަށެވެ. 

އެހެން ނަމަވެސް "މަޖިލީސް 20" ގައި އޭނާ ކުރިމަތިލައްވަނީ މާލޭގެ ކޮން ދާއިރާއަކަށް ކަމެއް ވިދާޅެއް ނުވެއެވެ. އޭނާ އަކީ ޕާޓީ ފިކުރާ ދުރުގައި އުޅުއްވަވާ ބޭފުޅެކެވެ. އޭނާ ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ މިނިވަން މެންބަރެއްގެ ގޮތުގަ އެވެ. 

ހއ. ހަތިފުއްޓަށް ނިސްބަތްވެ ވަޑައިގަންނަވާ މުއިއްޒަކީ މާލޭޝިއާ އާއި މޯލްޓާއިން ކިޔަވާ ވިދާޅުވި ބޭފުޅެކެވެ. އަދި އޭނާއަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދައުރުގައި 17 އަހަރު ދުވަހަށް ދިގު ދަންމާލައިގެން ހަދައި ދައުލަތުގެ ހުރިހާ ބާރެއް ރައީސް މައުމޫނަށް އޮންނަ ގޮތަށް ފާސް ކުރި ނޫ ގާނޫނު އަސާސީ ފާސް ކުރަން ވޯޓް ނުދެއްވި ދެ މެންބަރުންގެ ތެރެއިން އެކެކެވެ. އޭނާއާއެކު ދެން ނޫ ގާނޫނުއަސާސީއަށް ވޯޓް ނުދެއްވީ މާލޭ މެންބަރު އެކްސްރޭ އަހުމަދު އާތިފެވެ.

މުއިއްޒުގެ ބައްޕާފުޅާއި ކާފާފުޅަކީ ވެސް ރައްުޔިތުންގެ މަޖިލީހުގައި ފާހަގަ ކޮށްލެވުުނު އަދި ސަރުކާރުތައް ޖަވާބުދާރީ ކުރުވާން އަޑު އުފުއްލެވި ދެ ބޭފުޅުނެވެ. މުއިއްޒުގެ ކޮއްކޯފުޅު އަބްދުﷲ މުއިއްޒު ބަންޑާރަ ނައިބުކަން ކުރެއްވެވި އިރު މުއިއްޒު ހުންނެވީ ޕީޖީގެ މަގާމުގަ އެވެ. 

ނޫސްވެރި ކަމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ދެއްވައި އަދި "އައްޑުވަސް" މަޖައްލާ ސިޔާސީ މަޖައްލާއެއްގެ ގޮތުގައި ހިންގެވި މުއިއްޒު ފަހަކަށް އައިސް އެންމެ ބޮޑަށް ފާހަގަ ވެފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ދައުލަތަށް ގެއްލިފައިވާ ފައިސާ އާއި އެ ފައިސާގައި ޖެހުނު ވަގުންނަށް އަދަބު ނުދެވޭތީ އަޑު އުފުއްލަވާތީ އެވެ. 

ކޮމެންޓް

1
450
ނަންނަ
1 year ago

މުޅި ގައުމުގަ ހުރިހާ ތާކު މުއިޒް. ދެން ކީކޭ ކިޔާނީ. މަ ހީކުރީ ރައީސްކަން ދޫކޮށްލީ ކަމަށް. ފޮޓޯ ފެނުނީމަ މި ކިޔާލީ ވެސް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.