ކަމަދޫ ބަނދަރު މަސައްކަތުގެ އަޕްޑޭޓް ދީފި

އެމްޓީސީސީން ބުނި ގޮތުގައި ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއުގެ މަސައްކަތުގެ 78 ޕަސެންޓް މިހާރު ފުރިހަމަ ކޮށްފަ އެވެ.

ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ އަޕްޑޭޓްއެއް އެމްޓީސީސީން ދީފި އެވެ.  

އެ ކުންފުނިން ބުނި ގޮތުގައި އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ހަތަރުވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފަ އެވެ. އަދި ޖެޓީ ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. 

އެ ކުންފުނިން ބުނީ ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއުގެ މަސައްކަތުގެ 78 ޕަސެންޓް މިހާރު ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

ކިހާ ބޮޑު މަސައްކަތެއް؟

އެމްޓީސީސީން ބުނި ގޮތުގައި ކަމަދޫގެ މި މަސައްކަތަކީ 51.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

މި މަސައްކަތުގައި 30،122 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި 187 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 402 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ދެ ރޭމްޕް ހެދުމާއި، 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 1،810 އަކް މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ރިންގް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.