ކަނޑުތައް ވެސް ކަނޑުތައް ގަދަވާނެ އެވެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ވެސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ އެދިފަ އެވެ.
ރާއްޖޭގެ އުތުރާއި މެދު އަތޮޅުތަކަށް މިއަދު ވެސް ވިއްސާރަ ކުރާނެ އެވެ.
މީޓިއޮރޮލޮޖިކަލް ސާވިސް މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާ ކުރާ މޫސުމީ ބުލެޓިން ބުނާ ގޮތުން އުތުރާއި މެދުގެ ހިސާބުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައި ގަދަވާނެ އެވެ.
މިއަދު އިރު އޮއްސުމާ ހަމައަށް ވައި ހުންނާނީ އިރު ދެކުނާއި ދެކުނުން ކަމަށްވާއިރު އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.
ކަނޑުތައް ވެސް ކަނޑުތައް ގަދަވާނެ އެވެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ވެސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ އެދިފަ އެވެ.