އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމްއާ އެކެޑަމީގެ އިސް ވެރީންނާއި އިންތިގާލީ ކޮމެޓީން ބައްދަލު ކުރީ މީގެ ފަސް ދުވަސް ކުރީންނެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތްވަރު ސާފު ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދިވެހި ބަހުގެ އެކެޑަމީ އަކީ ހެރިޓޭޖް މިނިސްޓްރީގެ ބެލެނިވެރި ކަމުގައި އޮންނަ އިދާރާ އެކެވެ. ނަމަވެސް އެއީ ސިޔާސީ ނުފޫޒުން އެއްކިބާގެ އިލްމީ މަސައްކަތްތަކަށް ހާއްސަ އިދާރާ އެކެވެ.
އިންތިގާލީ އޮފީހުން އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ގާނޫނީ ނިޒާމްގެ ތެރޭގައި ހާއްސަ ގާނޫނެއްގެ ދަށުން އުފެއްދިފައި ހުންނަ މުސްތަގިއްލު އިލްމީ މަސައްކަތްތައް ކުރުމަށް އުފެއްދިފައި ހުންނަ ބައެއް އިދާރާތަކަށް ސިޔާސީ ނުފޫޒު ވަދެފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އެކަމުގެ ސަބަބުން އެ އިދާރާތަކަށް މަސައްކަތްތައް ހިންގުމަށް ދަތިވެފައިވާ ކަމަށް ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން މިނިސްޓަރު ޔުމްނާ ވަނީ ދިވެހި ބަހުގެ އެކެޑެމީއަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާ އެކެޑެމީ ހިނގަމުން އައިސްފައި ވާނީ ގާނޫނީ ވެރީންގެ ދަށުން ކަމަށް ވިދާޅުވެފައެވެ.
"ސިޔާސީ ވެރިއެއް ނުވެސް ހުންނާނެ. ނަމަވެސް އެކެޑެމީ އޮންނަނީ މިނިސްޓްރީގެ ދަށުން ހިނގާ އިދާރާ އެއްގެ ގޮތުގައި މެންޑޭޓު ކުރައްވާފައި،"
ޔުމްނާ ވިދާޅުވީ އެ އިދާރާއިން ޖަވާބު ދާރީ ވާންޖެހޭ ވަޒީރަކީ އޭނާ ކަމުން އެކެޑެމީގެ ކަންކަން ހިނގާ ގޮތް އެނގެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ޔުމްނާގެ ވާހަކަތަކާއި ގުޅިގެން ފާޑުކިޔުން އަމާޒުވުމުން އިތުރު ޓްވީޓެއް ކުރައްވާ ވިދާޅުވީ ކަންކަން މިހާރު އޮތް ހިސާބުން އެެހެން ބައެއް ވާހަކަތައް ވެސް ވިދާޅުވާން ޖެހިވަޑައިގެންފައިވާ ކަމަށެވެ.
އިންތިގާލީ ކަންކަން ކުރިއަށް ގެންދަން ޕާމަނަންޓް ސެކެޓްރީއާ ހަވާލުކޮށްފައި ވަނިކޮށް އޭނާއަށް ވެސް ނޭންގި އަދި އެކަމަނާ އަށް ވެސް ނޭންގި އެކެޑަމީގެ އިސް ބޭފުޅުން އިންތިގާލީ ކޮމެޓީއާ ބައްދަލުކޮށްފައިވާކަން ފާހަގަކޮށް ޔުމްނާ ވަނީ އެ ބައްދަލުކުރެއްވުމުން ވެސް އެކެޑަމީއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް މިންވަރު ސާފު ކަމަށެވެ.
އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމްއާ އެކެޑަމީގެ އިސް ވެރީންނާއި އިންތިގާލީ ކޮމެޓީން ބައްދަލު ކުރީ މީގެ ފަސް ދުވަސް ކުރީންނެވެ.
ޑރ.އަޝްރަފަށްވުރެ ބޮޑު ސިޔާސީ މީހަކު މިޤައުމުގައި އުޅޭތޯ؟
މަޤާމެއްގެ ބޭނުމުގައި ތާކުންތާކުނުޖެހޭ ޓްވީޓް ކުރަން ފެށުމަކީ ލަދުވެތިކަމެއް ފޯރުވި ނުފޫޒެއްފޯރުވީ މިނިސްޓަރުންނާއި ތަންތަނަށް ލާފަތިބި ވެރިން.