ޖޭއެސްސީން ހުށައެޅި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދަނީ ބަލަމުންނެވެ. މިއަދު އޮތް އެ ކޮމެޓީގެ ބައްދަލްވުމުގައި މައްސަލައާ ގުޅިގެން ގާޒީ އަލީ އާދަމަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދި ކަމުގެ ތުހުމަތު އޮތް އެ ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މައްސަލައާގައި އަލީ އާދަމަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ނިންމައިފި އެވެ.
ޖޭއެސްސީން ހުށައެޅި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދަނީ ބަލަމުންނެވެ. މިއަދު އޮތް އެ ކޮމެޓީގެ ބައްދަލްވުމުގައި މައްސަލައާ ގުޅިގެން ގާޒީ އަލީ އާދަމަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. އެކަމަށް ހުށައެޅީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ. އެ ހުށައެޅުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ތާއީދުކޮށް ކޮމެޓީގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
ޖޭއެސްސީން ކުރީން ބުނި ގޮތުގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލަ އެ ކޯޓުގައި ހިނގަމުންދަނިކޮށް، އެ ގަޒިއްޔާ ބަލަމުންދިޔަ އިސް މެޖިސްޓްރޭޓް އަލީ އާދަމް، ދައުވާގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށްފައިވެއެވެ. އަދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ރަހްމަތްތެރިކަން ބާއްވަން ހުށަހަޅާފައި ވެއެވެ.
ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން ތަހުގީގަށް ލިބިފައިވާ ސްކްރީން ޝޮޓްތަކުންނާއި ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.
ޖޭއެސްސީން ބުނި ގޮތުގައި އިސްމެޖިސްޓްރޭޓް އަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު އިސްމެޖިސްޓްރޭޓް އަލީ އާދަމް މަސައްކަތް ކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެން އެ ޚަސްމު އެ ވަގުތު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާ ކަމަށެވެ.
ވަރިވަންދެން ކެތްކޮއްލިނަމަ. މިހާރު ތިވީގޮތުން މަރިޔަނބު ގެއްލި ކަތިވަޅިވެސް ގެއްލެނީނު. ގާޒީން ނަކީ އެންމެ އަބުރުވެރި އެއްބައެއް، އާންމުން ކުރިމަތީގައި އިހުތިރާމް ގެއްލޭ ކަންކަން ނުކުރުމަށް ދެންތިބި މިފަދަ މީހުންނަށް ނަސޭހަތްތެރިވަން.