"ނަފްސާނީ ދުޅަހެޔޮކަމަކީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އަސާސް"

ކޮންފަރެންސްގައި، ފަޒުނާ ވަނީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.

ފަސްޓްލޭޑީ ފަޒުނާ އަހުމަދު

ނަފްސާނީ ދުޅަހެޔޮ ކަމަކީ ސެކަންޑަރީ ކަންބޮޑުވުމެއްނޫން ކަމަށާއި، އެއީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސްކަމުގައި ފަސްޓްލޭޑީ ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ވިލާ ނޯޓިކާގައި ބޭއްވި "އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.  

ކޮންފަރެންސް ފެށުމުގެ ގޮތުން، އެ ކަމަނާ ދެއްކެވި ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަން ގަބޫލު ކުރުމަކީ، ހުޅުވާލެވިފައިވާ މަޝްވަރާތަކަށް މަގުފަހި ކޮށްދޭ ކަމެއްކަމަށާއި، އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭ ފަރާތްތަކާއި، ސިއްހީ ހިދުމަތްތެރިންނާއި ފަރުދުން ވެސް ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް މުޖުތަމައަށް ބާރުއެޅޭނެ ކަމަށެވެ.

ކޮންފަރެންސްގެ ޝިއާރުގެ މައްޗަށް އެކަމަނާ އަދި ވިދާޅުވީ "ޗޭންޖިން ކަރަންޓްސް: ފޯމިން ކަނެކްޝަންސް" އަކީ އަބަދުވެސް ބަދަލުވަމުންދާ މުހިންމު ޝިއާރެއް ކަމަށެވެ. ހުރިހާ ބަދަލެއް ކޮންޓްރޯލް ނުކުރެވޭ އިރު، ސިޔާސީ ވިސްނުމާއި ޑޭޓާ ލިބުމާއި ކެޕޭސިޓީ އާއި ގުޅިގެން ނުފޫޒު ފޯރުވާ، ޖަވާބުތައް ބައްޓަން ކުރެވިދާނެ ކަމަށެވެ.

ކޮންފަރެންސްގައި، ފަޒުނާ ވަނީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފަ އެވެ. 

ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ސިޔާސީ ވިސްނުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ގައުމީ މަރުކަޒު އުފައްދާފައިވާ ކަމަށާއި އޭގެ ސަބަބުން އިން ޕޭޝަންޓް ސައިކޭޓްރީގެ ހިދުމަތްފުޅާވެ، ތެރަޕިއުޓިކް ހިދުމަތްތަކަށް އާސަންދަ ކަވަރޭޖް އިތުރު ކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއްގެ ތެރެއިން ފިޒިކަލް ފިޓްނަސް އާއި ކުޅިވަރު ކުރިއެރުވުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ޖީއޭޕީ ތަމްރީނު އިތުރު ކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މަތީ ތައުލީމުގެ ސްކޮލާޝިޕްތައް ފޯރުކޮށްދިނުމާއި، މާލެ ސަރަހައްދުން ބޭރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފުޅާކުރުން ހިމެނޭ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.