ރާއްޖެއައި އިންޑިއާ ފަތުރުވެރިން: ފަސް އަހަރުން މިލިއަނަކާ ގާތަށް

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް އިތުރު ވާނެ އެވެ. އެފަދަ ބައެއް ކަންކަން ކުރެވެން ވެސް އެބަހުއްޓެވެ.

މިދިއަ އަހަރު ރާއްޖެ އައި 1.6 މިލިއަން ވަނަ ޓޫރިސްޓް، އިންޑިއާގެ ތޭޖާސް ސަންޖޭ އޭނާގެ އަންހެންނާއެކު ރާއްޖޭގެ ވީއައިއޭގައި

ރާއްޖޭގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތަކުގައި ފަހަކަށް އައިސް ހުރިހާ ގޮތަކުން ވެސް އިންޑިއާ ކުރި ހޯދަ އެވެ. ހިސާބު ފޮތް ދައްކާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން އޮކްޓޫބަރު 5، 2023 އާ ހަމައަށް ފަތުރުވެރިންގެ ގޮތު ޗުއްޓީއަށް ރާއްޖެއަށް އައި އިންޑިއާ ފަތުރުވެރިންގެ އަދަދު 0.91 މިލިއަން، ގާތްގަނޑަކަށް އެއް މިލިއަނާ އަރާ ހަމަ ކުރެ އެވެ.

އިންޑިއާ ފަތުރުވެރިންގެ ނަމްބަރު

  •  2019 - 1،66،030 ފަތުރުވެރިން
  •  2020 - 62،960 ފަތުރުވެރިން
  •  2021 - 2،91،787 ފަތުރުވެރިން
  •  2022 - 2،41،382 ފަތުރުވެރިން
  •  2023 - 1،51،310 ފަތުރުވެރިން (އޮކްޓޯބަރު 4 ގެ ނިޔަލަށް)

އިންޑިއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ ޓްރެންޑްތަކަށް ބަލާއިރު 2023 ނިމޭއިރު، ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު އެއް މިލިއަން ހުރަސް ކުރާނެ އެވެ. 

ރާއްޖޭގެ އަވަށްޓެރި އިންޑިއާއަކީ 2019 ވަނަ އަހަރު ދެ ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން ލިބުނު މާކެޓެވެ. އަދި އިންޑިއާއަކީ މި ވޭތު ވެގެން ދިޔަ 2020 ވަނަ އަހަރާއި 2021 އާއި 2022 ވަނަ އަހަރުތަކުގައި ރާއްޖޭގެ އެއް ވަނަ ޓޫރިސްޓް މާކެޓްގައި އޮތެވެ. މި އަހަރު މިހާތަނަށް އާއިރު 150،000 އަށް ވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، އިންޑިއާ އޮތީ ތިން ވަނައިގަ އެވެ. އަދި ޓްރެންޑް ހުރި ގޮތުން އިންޑިއާއަކީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިސްޓް މާކެޓެވެ. 

އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަންނަނީ - އެއް ކަމަކީ ދެ ގައުމުގެ ވައިގެ ގުޅުންތައް ރަނގަޅަށް އޮވެފައި ދުވާލަކު ގިނަ އަދަދެއްގެ ފްލައިޓްތަކާއި ގުޅާލެވިފައިވާ އިންޑިއާގެ ސިޓީތައް އިތުރުވުމެވެ. އަނެއްކޮޅު ކޮވިޑްގެ ދަތީގެ ތެރޭގައި ގިނަ ގައުމުތަކުން ބޯޑަރު ބަންދުކޮށް ބޭރަށް ދަތުރު ކުރުން ހުއްޓާލި ވަގުތު، އިންޑިއާ އާއި ރާއްޖޭން އަވައްޓެރިންގެ "އެއާ ބަބުލް" އެއް ގާއިމް ކުރުމުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ޝެޑިއުލް ފްލައިޓްތައް އެޅޭ ގޮތް ވުމެވެ.

އޯގަސްޓް، 2020 އިން ފެށިގެން ފެބްރުއަރީ، 2022 އާ "އެއާ ބަބުލް" އޮތެވެ. އަދި 2022 ވަނަ އަހަރުގެ މާޗް މަހު އިންޑިއާ އާއި ރާއްޖޭން އޯޕަން ސްކައިސް އެރޭންޖްމަންޓަކަށް ދިއުމުން ދެއުމުގެ ވައިގެ ގުޅުމަށް ރަނގަޅެއް ވެގެން ދިޔަ އެވެ. 

އަނެއް ކަމަކީ އެމްއެމްޕީއާރްސީ އާއި ރާއްޖޭގެ ޓޫރިޒަމް އޯގަނައިޒޭޝަންތަކާއި މުޅި އެ އިންޑަސްޓްރީން ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް އިސްތިހާރު ކުރަން ކުރާ މަސައްކަތްތައް ފުޅާ ކުރުމުގެ ސަބަބުން އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް އިސްތިހާރުވެފައި ވުމެވެ. އެ ގޮތުން އިންޑިއާ މާކެޓަށް އަމާޒުކޮށް ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި ރޯޑް ޝޯތަކާއި ޓޫރިޒަމް މާޓްތަކުގައި ބައިވެރިވުމާއި ރާއްޖެ ޕްރޮމޯޓް ކުރި އެވެ. އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް އިތުރު ވާނެ އެވެ. އެފަދަ ބައެއް ކަންކަން ކުރެވެން ވެސް އެބަހުއްޓެވެ. 

  • 1.އެމްއެމްޕީއާރުސީ އާއި މަޓީ އާއި މަޓާޓޯ އާއި އެންއެޗްޖީއޭއެމާއި އެންބީއޭއެމް ފަދަ އެސޯސިއޭޝަންތަކުގެ ހަރަކާތްތަކާއި އިސްނެގުން ފުޅާ ކުރުން
  • 2.އިންޑިއާގައި ފަތުރުވެރިކަން އިސްތިހާރު ނުކުރެވި ހުރި ސިޓީތައް އަދި އިންޑިއާގެ ޓިއާ 1 އަދި ޓިއާ 2 ސިޓީތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުން
  • 3.ރާއްޖޭގެ އާ ޓޫރިސްޓް މަންޒިލްތައް އިންޑިއާގެ ފަތުރުވެރިންނަށް ހާމަކުރުން
  • 4.ގެސްޓްހައުސް، ހޯމް ސްޓޭ، އުތުރާއި ދެކުނުގެ ޖަޒީރާ ރަަށްތައް، ސްޕޯޓްސް އަދި ވޯޓާ އެޑްވެންޗާ ޓޫރިޒަމް މަންޒިލެއް ގޮތުގައި ޕްރޮމޯޓްކުރުން
  • 5.އިންޑިއާ މީހުންގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެކްސް، އެފްބީ، އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ސްޕޭސް ބޭނުންކުރުން
  • 6.އިންޑިއާގެ ކޯޕަރޭޓް އިވެންޓްސް އަދި ސްޕޯޓްސް އިވެންޓްސް ފަދަ ރަސްމިއްޔާތުތައް ރާއްޖޭގައި ބޭވުމަށް ޝައުގުވެރި ކުރުވުން
  • 7.އިންޑިއާގެ ބޮޑެތި ކައިވެނި ޕާޓީތަކަށް ވެޑިން ސްޕޮޓެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުން
  • 8.ބޮލީވުޑް އާއި ސޮޕް އޮޕެރާސް ޕްރޮޑަކްޝަން ހައުސްތައް ޝޫޓް ކުރަން ރާއްޖެ އައުމަށް ޝައުގުވެރި ކުރުވުން
  • 9.ދޮގު މައުލޫމާތު ދިނުމުގެ ކެމްޕޭންގެ ރައްދުގައި ރާއްޖޭގައި އިންޑިއާއާ ބެހޭ ގޮތުން ފެކްޓް ބޭސްޑް ނެރެޓިވް ޕްރޮމޯޓް ކުރުން

އިންޑިއާ ފަތުރުވެރިންގެ ޓްރެންޑް ފެންނަ ގޮތް

އިންޑިއާގެ ފަތުރުވެރިންގެ ދަތުރު ކުރުމާއި ހަރަދުތައް ކުރުމުގެ ޓްރެންޑްތަކަށް ބަލައި ޓޫރިޒަމް ކޮންސަލްޓެންސީ އައިޕީކޭ އިންޓަނޭޝަނަލް ބުނާ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާ ވާނީ އޭޝިއާގެ އައުޓްބައުންޑް ފަތުރުވެރިންގެ އެންމެ ބޮޑު ސޯސް މާކެޓަށެވެ. އަދި އިންޑިއާގެ އިމިގްރޭޝަނުން ބުނާ ގޮތުގައި 2022 ވަނަ އަހަރުގެ ޖެނުއަރީ އާއި ނޮވެމްބަރު އާ ދެމެދު 18 މިލިއަން އިންޑިއާގެ މީހުން ވަނީ ބޭރަށް ދަތުރު ކޮށްފަ އެވެ. އޭގެ ތެރެއިން 7.2 މިލިއަނަށްވުރެ ގިނަ މީހުން ދަތުރު ކޮށްފައިވަ ނީ ފަތުރުވެރިންގެ ގޮތު އެވެ.

އޭޕްރީލް 2022 އާއި ފެބްރުއަރީ މަހާއި ދެމެދު 12.51 ބިލިއަން މީހުން ވަނީ އިންޑިއާއިން ބޭރަށް ދަތުރު ކޮށްފަ އެވެ.

ސެންޓަ ފޯ އޭޝިއާ ޕެސިފިކް އޭވިއޭޝަން އަދި އެކްސްޕީޑިއާ ގްރޫޕުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް ގައުމުން ބޭރުގައި ޗުއްޓީ ހޭދަކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު ތިންގުނައަށް އިތުރުވުން ކައިރި އެވެ.

އައުޓްބައުންޑް ޓްރެވަލަށް ޑިމާންޑް ބޮޑުވަމުން ދައްކައިދެނީ ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ތަޖުރިބާތައް ހޯދަން މަގުފަހިވެ، އިންޑިއާގެ މެދުފަންތި އާއި ޒުވާނުންގެ އާބާދީގައި ކުރިއަރަމުން އަންނަ އުންމީދުތަކާއި މާލީ ގާބިލްކަން އިތުރުވަމުން ދިއުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.