އޮމާން ވިސާއާ ގުޅޭ ބަޔާން ޑިލީޓް ކުރި ސަބަބު ސާފުކޮށްދީފި

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އޮމާންއަށް ދަރުތުކުރާ ދިވެހީން މި ޝަރުތުތައް ފުރިހަމަ ނުވާނަމަ ދުރާލާ ވިސާ ނަގައިގެން ދަތުރު ކުރުމަށް ވަނީ އެދިފައެވެ.

މިއަދު އޮތް ކެބިނެޓް ބައްދަލްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަދެވަޑައިގަންނަވަނީ

އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ދެ ހަފުތާގެ މުއްދަތަށް އޮން-އެރައިވަލް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމި ކަމަށް ދިވެހި ސަރުކާރުގެ ފޮރިން މިނިސްޓްރީން ހާމަކޮށް އެ މިނިސްްޓްރީން ނެރުނު ބަޔާން ނެގި ސަބަބު ސާފުކޮށްދީ ބަޔާނެއް ނެރެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށް އިއުލާނު ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އޮމާން ހިމެނޭ ކަމަށް ބުނެފައި ވަނިކޮށް އޮމާނަށް ދަތުރު ކުރި ދިވެއްސަކަށް އެ ގައުމަށް އެތެރެ ނުވެވި އެނބުރި ރާއްޖެ އަންނަން ވަނީ ޖެހިފައެވެ.

އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ދެ ހަފުތާގެ މުއްދަތަށް އޮން-އެރައިވަލް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމި ކަމަށް ދިވެހި ސަރުކާރުގެ ފޮރިން މިނިސްޓްރީން ހާމަ ކުރީ މި އަހަރުގެ މާޗް 23 ގަ އެވެ. ނަމަވެސް އޭރު އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ޝާއިއު ކުރި ހަބަރު ވެސް މިހާރު ވަނީ ވެބްސައިޓުން ނަގާފަ އެވެ. 

އެ މައްސަލާގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ފޮރިން މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ މާޗް 30 ގައި ނެރުނު ނޫސްބަޔާނު ގައި ދީފައިވާ މައުލޫމާތު ތަކަކީ އެ ވަގުތު އޮމާން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދެއްވާފައިވާ ރަސްމީ މައުލޫމާތު ކަމަށެވެ.

ނަމަވެސް އެއަށް ފަހު އެ މިނިސްޓްރީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޮމާން އަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ ބައެއް ޝަރުތެއް ފުރިހަމަ ވުމުން ކަމަށެވެ. އެއީ؛

  •  އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ގައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ، ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން
  •  އެއިން ގައުމެއްގެ ރަށްވެހިކަން އޮތުން
  •  ހޮޓެލް ބުކިން ދެކޮޅު ޓިކެޓް
  •  ހެލްތު އިންޝޫރަންސް އޮތުން

އެ މިނިސްޓްރީން އެހެން ބުނި ނަމަވެސް އެކަން އާންމުންނަށް އަންގަން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. އަދި އެ ބަޔާން ޑިލީޓް ކުރިކަން އެނގުނީ ވެސް ދިވެއްސަކަށް އޮމާނަށް އެތެރެނުވެވުމުން އޭނާ އަމިއްލައަށް އެކަން ބަލާ އާންމުންގެ ސަމާލު ކަމަށް އެކަން ގެނައުމުންނެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އޮމާންއަށް ދަރުތުކުރާ ދިވެހީން މި ޝަރުތުތައް ފުރިހަމަ ނުވާނަމަ ދުރާލާ ވިސާ ނަގައިގެން ދަތުރު ކުރުމަށް ވަނީ އެދިފައެވެ. އަދި ބުނީ އޮމާން އަށް ދަތުރު ކުރާ ދިވެހިންނަށް އެއްވެސް ޝަރުތަކާ ނުލާ އޮން-އެރައިވަލް ވިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ގޮތުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ މިނިސްޓްރީން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އޮމާނަށް އެތެރެ ނުވެވުނު ދިވެހި މީހާ ބުނެފައި ވަނީ ޕާމާނުގެ ހޮޓަލަކަށް ކުރިއާލާ ނަން ރިފަންޑަބަލް ބުކިން ހައްދައިގެން ދަތުރު ކުރުމުން އެ ގައުމަށް އެތެރެ ނުވެވި 12 ގަޑިއިރު ވަންދެން އޮމާން އެއާޕޯޓްގައި ބެހެއްޓުމަށް ފަހު އަނބުރާ ރާއްޖެ ފޮނުވާލިކަމަށެވެ. އަދި ބުނެފައިވަނީ އެކަމުގައި އޭނާ އެހީއަށް އެދި ސައުދީ އާއި އިނގިރޭސި ވިލާތާއި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅުމުން އޭނާއަށް އަޅައި ނުލި ކަމަށެވެ.

ކޮމެންޓް

1
450
ކުއްތާ ސާހިދު
11 months ago

ތިފެންނަން ފެށީ ޞާހިދު އޮޅުވާލުން ތައް! ނަސީބެއްނު ވެރިކަން ވައްޓާލެވުނު ކަން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.