ދިވެއްސަކަށް އޮމާނަށް އެތެރެ ނުވެވުނު މައްސަލައެއް

އެ މީހާ ބުނެފައިވަނީ އެ މައްސަލަ އޭނާއަށް ދިމާވުމުން އެހީއަށް އެދެން ސައުދީ އާއި އިނގިރޭސި ވިލާތާއި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅުމުން އޭނާއަށް އަޅައި ނުލި ކަމަށެވެ.

އޮމާނަށް ދަތުރު ކުރި ދިވެއްސަކަށް އެ ގައުމަށް އެތެރެ ނުވެވި އެނބުރި ރާއްޖެ އަންނަން ޖެހިއްޖެ އެވެ. 

މި މައްސަލަ އެ މީހާއަށް ދިމާވި އިރު އޮމާނަމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށް އިއުލާނު ކޮށްފައިވާ ގައުމެކެވެ.

އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ދެ ހަފުތާގެ މުއްދަތަށް އޮން-އެރައިވަލް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމި ކަމަށް ދިވެހި ސަރުކާރުގެ ފޮރިން މިނިސްޓްރީން ހާމަ ކުރީ މި އަހަރުގެ މާޗް 23 ގަ އެވެ. އޭރު އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ޝާއިއު ކުރި ހަބަރު ވެސް މިހާރު ވަނީ ވެބްސައިޓުން ނަގާފަ އެވެ. 

އެހެން އިއުލާންކޮށްފައި އޮއްވާ އާއިލާއާއެކު އޮމާނަށް ދަތުރުކުރި ދިވެއްސަކަށް އެ ގައުމަށް އެތެރެ ނުވެވި އަނބުރާ އަންނަން ޖެހިގެން މިހާރު ވަނީ އެ މައްސަލަ ފެންމަތިވެފަ އެވެ. އެ މީހާ ވަނީ އެކްސްގައި އެކަން ހާމަކޮށް ޕޯސްޓެއްކޮށްފަ އެވެ. ބުނެފައި ވަނީ ޕމާނުގެ ހޮޓަލަކަށް ކުރިއާލާ ނަން ރިފަންޑަބަލް ބުކިން ހައްދައިގެން ދަތުރު ކުރުމުން އެ ގައުމަށް އެތެރެ ނުވެވި 12 ގަޑިއިރު ވަންދެން އޮމާން އެއާޕޯޓްގައި ބެހެއްޓުމަށް ފަހު  އަނބުރާ ރާއްޖެ ފޮނުވާލިކަމަށެވެ.

އެ މީހާ ބުނެފައިވަނީ އެކަމުގައި އޭނާ އެހީއަށް އެދި ސައުދީ އާއި އިނގިރޭސި ވިލާތާއި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅުމުން އޭނާއަށް އަޅައި ނުލި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުގެ ބަހެއް އަދި ނެތެވެ.

ކޮމެންޓް

1
450
ބްރޯ
11 months ago

ފޮނި ކަނޑަންވެގެން ރައްޔިތުންނަށް ޢޮޅުވާލީ ދޯ އޮމާނަށް ދެވޭ ކިޔާފަ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.