އެމްއައިޓީޑީސީ | ޔޮޓު ރެލީގައިޖެހި އާމްދަނީ އޮޔާ ގޮސްފައި

މި ކުންފުނި އުފެއްދިއިރު 20 މުވައްޒަފުން ތިބި ނަމަވެސް މިހާރު ތިބީ 12 މުވައްޒަފުންނެވެ. ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް ކުންފުންޏަށް ލިބޭ ފައިސާގެ 59 ޕަސެންޓް ހަރަދު ކުރަމުން ގެންދެ އެވެ.

އެމްއައިޓީޑީސީގެ އެމްޑީ މުހައްމަދު ރާއިދު

މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުފެއްދި މަގުސަދަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރާށެވެ. ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި މި ކުންފުނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ބަދަލުވުމާއެކު ކުންފުންޏަށް ވަން މެނޭޖުމަންޓުން ވަރަށް "ފޮނި" ވާހަކަ ދައްކާފައި އެއްކަމެއް ވެސް ނުކުރެވުނެވެ.  އެހެން ފޮނި ކަނޑާން ތިބެފައި ފެށީ، ޔޮޓް މޯލްޑިވްސް ޔޮޓް ރެލީ އެވެ. ބޮޑު ހަރަދުކޮށްގެން ފެށި މި ރޭހުން ކޮންމެ ވެސް އާމްދަނީއެއް ކޮންމެ އަހަރަކު ވެސް ހޯދަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ބަލާނަމަ އެ ކުންފުނީގެ އާމްދަނީ އޮޔާ ގޮސްފައި ވަނީ މި ޔޮޓު ރޭހަކާ ހެދި އެވެ. އަނެއްކޮޅުން އެއްވެސް ކަމަށް ނުކޮށް ތިބާ ސަރުކާރު މި ދަނީ ބަދަލުވާށެވެ. އާ. ބަޔަކު ގޮސް ވަންނަ އިރު އެތަން އޮންނާނީ އަތްލާން ނުކެރޭ ވަރަށް ހަލާކުވެފަ އެވެ. 

މެދުފަންތީގެ ޓޫރިޒަމް ތަރައްގީ ކުރަން އުފެއްދި އެމްއައިޓީޑީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ޔޮޓް ރެލީއިން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން އެ ކުންފުނީގެ އާމްދަނީއަށް ވަނީ ހީނަރުކަން އައިސްފަ އެވެ. ކުންފުންޏަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 1.12 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ތިން މަހު ލިބުނީ 0.81 މިލިއަން ރުފިޔާ އެވެ. މިއީ އާމްދަނީ 28 ޕަސެންޓަށް ދަށްވެފައި ވުމެވެ.  

އާމްދަނީ ދަަށްވުމުގެ ސަބަބަކީ އެމްއައިޓީޑީސީން "ސަވާދީއްތަ" ދަތުރުގެ ނަމުގައި ބާއްވަމުން އަންނަ ޔޮޓު ރެލީއިން ލިބުނު އާމްދަނީ މި އަހަރު ބޮޑު ތަނުން ދަށްވުމެވެ. 

ބަޖެޓުން ފައިސާ ޕަންޕުކުރާ ކުންފުންޏެއް - އެމްއައިޓީޑީސީއަކީ ސެލްފް އެފިޝެންޓް ކުންފުންޏެއް ނޫނެވެ. މިއީ ކޮންމެ އަހަރަކު ބަޖެޓުން ފައިސާ ޕަންޕު ކުރަން ޖެހޭ ކުންފުންޏެކެވެ.

މި ކުންފުނި އުފެއްދިއިރު 20 މުވައްޒަފުން ތިބި ނަމަވެސް މިހާރު ތިބީ 12 މުވައްޒަފުންނެވެ. ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް ކުންފުންޏަށް ލިބޭ ފައިސާގެ 59 ޕަސެންޓް ހަރަދު ކުރަމުން ގެންދެ އެވެ. 

އެމްއައިޓީޑީސީގެ އެހެން މައުލޫމާތު

  •  ކުންފުނީގެ އެސެޓް - 156 މިލިއަން
  •  ފުރަތަމަ ކުއާޓަރުގައި 15.42 މިލިއަން ރުފިޔާގެ ލޯނު
  •  ޖުމްލަ ދަރަނި - 251.09 މިލިއަން
  •  އާމްދަނީ ލިބެނީ ރެންޓުންނާއި އިވެންޓުން
  •  އާމްދަނީގެ 92 ޕަސެންޓް އިވެންޓު ބާއްވައިގެން
  •  މި ކުއާޓަރުގައި 1.50 މިލިއަންގެ ގެއްލުން
  •  ކުންފުނީގެ ކޭޝް ބެލެންސް 15 ޕަސެންޓް ދަށް
އެމްއައިޓީޑީސީގެ ވިޔަފާރި - އެމްއައިޓީސީއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޓަގްރޭޑެޓް ޓޫރިޒަމް ތަރައްގީ ކުރަން އުފެއްދި ކުންފުންޏެވެ. މި ކުންފުނިން ލ. ބަރެސްދޫ އާއި ކ. ކާށިދޫގައި މިފަދަ ޓޫރިޒަމް ވިޔަފާރިތައް ހިންގުމުގެ މަޝްރޫއުތަކެއް ފެށި އެވެ. އަދި އެގޮތުން ބަރެސްދޫގައި ޓޫރިޒަމް މަޝްރޫއު ފަށަން ޕްރޮޕަޓީތައް ވިއްކައި ފައިސާވެސް ނެގި އެވެ. ނަމަވެސް އެކަން ކުރިއަށް ގޮސްފައެއް ނުވެ އެވެ. ކުންފުނީގެ ކުރީގެ މެނޭޖުމަންޓަށް ހިޔާނާތުގެ ތުހުމަތުތަކެއް ކޮށް އެ ކުންފުނީގެ އެކައުންޓް ވެސް ފްރީޒް ކުރި އެވެ. އެ ވެރިކަން ބަދަލުވެ މި ވެރިކަމުގައި މި ކުންފުނި ކޮޅަށް ޖަހައި އާ މޮޑެލެއްގައި ވިޔަފާރި ހިންގާނެ ކަމަށް އާ މެނޭޖުމަންޓުން ބުންޏެވެ. އެކަމަކު ފަސް އަހަރު ވެގެން ދިޔައިރު ވެސް ޔޮޓު ރޭހެއް ބޭއްވުންނޫން ކަމެއް ނުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.