ފިޗުގެ ބުނުމެއް - ރިޒާވްގައި ތިން މަހުގެ ޑޮލަރު ހުންނަން ޖެހޭ ހުރީ އެންމެ މަހެއް

ފިޗުން ވަނީ ރާއްޖޭގެ ދަރަނީގެ މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެސްޑީއެފްގައި ހުރީ 30 މިލިއަން ޑޮލަރުކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ ކްރެޑިން ރޭޓިން ހަދާފައިވާ ފިޗް : ރޭޓިން މަތިކުރަން ޖެހޭ
  •  ފިޗުން ވަނީ ރާއްޖޭގެ ސޮވްރިން ކްރެޑިން ރޭޓިން ނެގެޓިވްގައި ދަމަހައްޓާފައި

ރާއްޖޭގެ އިގްތިސޯދުގެ ހާލަތު ބަލައި އެންމެ ފަހުން ފިޗުން ދިނީ ރާއްޖެއަށް "ބީ ނެގެޓިވް" އެވެ. މިފަހަރުގެ ރޭޓިން ނެރުނުއިރު ރާއްޖޭގެ މި ރޭޓިން ދައްކޮށް ނުވަތަ މަތިކޮށްފައެއް ނުވެ އެވެ. އެކަމަކު ހަމަ މިގޮތުގައި ދެމެހެއްޓީ އެވެ. ދަމަހައްޓަން ނެރުނު ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އެއް ކަމަކީ ރާއްޖޭގެ ރިޒާވް ދަަށް ކަމެވެ. ރިޒާވްގައި ހުރީ 1.1 މަހުގެ ޒަރޫރީ މުދާ އިމްޕޯޓް ކުރެވޭ ވަރުގެ ފައިސާ އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ރާއްޖެއަށް އިންވެސްޓްމަންޓް ފަހި ކުރަން ރޭޓް ކުރި ފުރަތަމަ ދުނިޔޭގެ ކްރެޑިޓް ރޭޓުން އެޖެންސީ ކަމަށްވާ ފިޗު ނެރުނު ރޭޓިންގެ ލިސްޓުގައި މި އަހަރު ވެސް ރާއްޖެއަށް ދީފައިވަނީ "ބީ ނެގެޓިވް" ރޭޓިން އެވެ. މިއީ މި ރޭޓިން ޖައްސަ ޖައްސައިގެން ދެ އަހަރު ދެމެހެއްޓުމެކެވެ. ރޭޓިންގައި ދެމެހެއްޓުމުގައި މި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ބުނެފައިވެ އެވެ. މި އަހަރު ރާއްޖޭގެ އިގްތިސޯދު 7.2 ޕަސެންޓަށް ކުރިއެރުމެއްގައި ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. 

މިއާއެކު ފިޗުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަގުގައި ކުރިމަތިވާނެ މައްސަލަތަކެއް ވެސް ފާހަގަ ކުރި އެވެ. މީގެތެރޭން އެއް ކަމަކީ ރާއްޖޭގެ ރިޒާވްއަށް އަންނަ ހީނަރު ކަމެވެ. އެ އެޖެންސީ ބުނެފައިވާ ގޮތުގައި އިމްޕޯޓަށް ބަރޯސާވާ މި ގައުމުގެ ރިޒާވް މަތިވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ރިޒާވް ބޭންކާއެކު ހެދި 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕަށް 100 މިލިއަން ޑޮލަރު ދެއްކުމުން ރިޒާވް 16.6 ދަށްވެ 694 މިލިއަން ޑޮލަރަށް ވަނީ ތިރިވެފަ އެވެ. އެހެންވެ މިހާރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 1.1 މަހުގެ އިމްޕޯޓުގެ ފައިސާ އެވެ. ހުންނަން ޖެހެނީ ތިން މަހާއި ފަސް މަހުގެ އިމްޕޯޓުގެ ފައިސާ އެވެ. 

ފިޗުން ފާހަގަ ކޮށްފައިވާ އަނެއް މައްސަލައަކީ ރާއްޖޭގެ ބޭރުގެ ދަރަނި މަތިވުމެވެ. އެ އެޖެންސީ އަންދާޒާ ކުރާ ގޮތުގައި މި ކަމަކީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއަށް މައްސަލައަކަށް ވާނެ އެވެ. ދަރަނި ދެއްކުމުގައި މައްސަލައަކަށް ވާނެ އެވެ. 

ސަރުކާރުގެ ބޭރުގެ ދަރަންޏަށް އަންނަ އަހަރު  232 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާ) އަދި ޕަބްލިކް ގެރެންޓީ ދަރަނި ހިމަނައިގެން 298 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. ރިޒާވް ދަށްވުމަކީ މިކަމަށް ކުރިމަތިވާނެ ގޮންޖެހުމަކަށްވާނެ އެވެ. އަދި ސޮވަރިންގެ އެކްސްޓަނަލް ޑެޓްގެ ގޮތުގައި 2025 ވަނަ އަހަރު އިތުރަށް 363 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.5 ބިލިއަން ރުފިޔާ) ދައްކަން ޖެހޭއިރު 2026 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކެއް އަނބުރާ ދެއްކުން ހިމެނޭ ގޮތަށް 887 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ. 

އިތުރަށް ބުނެފައިވާ ގޮތުގައި ލޯނު ދެއްކުމުގެ ކެޕޭސިޓީ އުފެއްދުމަށް ހަދާފައިވާ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކުރީ 474 މިލިއަން ޑޮލަރާ އެއްވަރެއްގެ އަދަކަށް ދިވެހި ފައިސާ އެވެ. މި ފަންޑުގައި ޑޮލަރުގެ ގޮތުގައި ހުރީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރަށެވެ. 

ފިޗުގެ ރާއްޖޭ ރޭޓިން ތާރީހު

  • 15، މެއި 2017 : ބީ ޕޮޒިޓިވް
  • 15 މެއި 208 : ބީ ޕޮޒިޓިވް
  • 8، މެއި 2019 : ބީ ޕޮޒިޓިވް
  • 20، މެއި 2020 : ބީ ނެގެޓިވް
  • 5، ނޮވެމްބަރު 2020 : ސީސީސީ
  • 28، އޮކްޓޫބަރު 2021 : ބީ މައިނަސް
  • 13، އޮކްޓޫބަރު 2022 : ބީ ނެގެޓިވް
  • 9، އޮކްޓޫބަރު 2023 : ބީނެގެޓިވް

ފިޗުގެ އިތުރުން މޫޑީސް އިން ވެސް ރާއްޖެއަށް ސޮވްރިން ކްރެޓީވް ރޭޓް ކުރެ އެވެ. އެންމެ ފަހުން ރާއްޖޭގެ ރޭޓިން ދީފައި ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު އެވެ. އެފަހަރު ދީފައިވަނީ "ބީ މައިނަސް" ސްޓޭބަލް އެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.