މެޑަމް ފަޒުނާއާ މެޑަމް ސާޖިދާ ބައްދަލު ކުރައްވައިފި

ފަސްޓްލޭޑީ މެޑަމް ފަޒުނާ އަހުމަދު އިސްވެ މިއަދު ވަނީ އަލަށް ފަސްޓްލޭޑީއަކަށް ދެން ވެވަޑައިގަންނަވާނީ މެޑަމް ސާޖިދާ މުހައްމައަށް ދައުވަތު ދެއްވާ ބައްދަލު ކުރައްވާފަ އެވެ.

މެޑަމް ފަޒުނާއި އާއި މެޑަމް ސާޖިދާ މިއަދު ބައްދަލު ކުރައްވަނީ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، އަދި ރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހުމަދު އާއި، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހަައްމަދު މިއަދު ބައްދަލު ކުރައްވައިފި އެވެ. 

ރައީސުލްޖުމްހުރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގައި މެޑަމް ފަޒުނާ އާއި މެޑަމް ސާޖިދާ ބައްދަކު ކުރެއްވީ ފަސްޓްލޭޑީ ފަޒުނާ، އަންނަ ނޮވެމްބަރު މަހުގެ 17 އިގެ ފަހުން ރާއްޖޭގެ ފަސްޓްލޭޑީއަކަށް ވެވަޑައިގަންނަވާނެ މެޑަމް ސާޖިދާ މުހައްމަދަށް ދައުވަތު ދެއްވައިގެނެވެ.

މެޑަމް ފަޒުނާ މިއަދު ވިދާޅުވީ މިހާރު ކުރިޔަށްދާ އެއް ސަރުކާރުން އަނެއް ސަރުކާރަށް ނަގުލުވުމުގެ ޓްރާންސިޝަން މަރުހަލާގައި އެކަމަނާގެ ފުރިހަމަ އެއްބާރުލެއްވުން މެޑަމް ސާޖިދާއަށް އެންމެ ފުރިހަމައަށް ދެއްވާނެ ކަމަށެވެ. 

އަދި އެކަމަނާގެ އިހުލާސްތެރި ދުއާއަކީ ދިވެހި ރާއްޖޭގައި އަލަށް އުފެދޭ ވެރިކަމުގެ ދަށުގައި ދިވެހި ރާއްޖެއާއި ދިވެހިންނަށް އަމާންކަމާއި ފާގަތިކަން ލިބިގެން ދިއުން ކަމަށެވެ. 

ކޮމެންޓް

1
450
ބިންޔާ މުހައްމަދު
11 months ago

ވަރަށް ރީތި ނަމޫނާ މިސާލެއްމީ. ލޯބި 2 މެޑަމް ތި އީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.